Support Us

ބައިޑްން- ޕޫޓިންގެ ވީޑިއޯ ބައްދަލުވުމެއް އަންގާރަ ދުވަހު

ކްރެމްލިނާއި އެމެރިކާގެ ޚަބަރުތައް ބުނާގޮތުގައި ރައީސް ޕޫޓިނާއި ރައީސް ބައިޑްންގެ ބައްދަލުކުރެއްވުމެއް މި އަންނަ އަންގާރަ ދުވަހު ހަވީރުގެ ވަގުތެއްގައި ބޭއްވޭނެއެވެ. މި ބައްދަލުވުމުގައި އެންމެ އިސްކަން ދެވޭނީ ޔުކްރޭނުގެ މަސްއަލައަށެވެ. އެހެން ނަމަވެސް އެ ދެ ޤައުމުގެ ދެމެދުގައި ދެބަސްވުން ހުރި މުހިއްމު މަސްއަލަތަކާމެދުގައި ވެސް ދެ ރައީސުން ބަހުސް ކުރައްވާނެއެވެ.

ކްރެމްލިނާ ޙަވާލާދީ ރޮއިޓަރޒް ބުނާގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައި ހުރި ތަފާތު މަސްއަލަތަކާ ބެހޭގޮތުން ދެ ރައީސުން ވާހަކަފުޅު ދައްކަވާނެއެވެ. އަދި މި ދިޔަ ޖޫންމަހު ޖެނީވާގައި ދެ ރައީސުން އެއްބަސްވެ ވަޑައިގެންނެވި ކަންތައްތައް ތަންފީޒު ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.
ކްރެމްލިންގެ ތަރްޖަމާނު ޑިމިޓްރީ ބިސްކޯފް ހާމަކުރެއްވިގޮތުގައި ދެ ރައީސުންގެ ބައްދަލުކުރެއްވުމުގެ މުއްދަތު ކަނޑައަޅުއްވާނީ ހަމަ އެ ދެ ރައީސުންނެވެ. އޭނާ ހާމަކުރެއްވިގޮތުގައި ދެ ރައީސުންގެ ބައްދަލު ކުރެއްވުން އޮންނާނީ ހަވީރުގެ ވަގުތެއްގައެވެ. އެހެނަސް އޭނާ މި ބައްދަލުވުން އޮންނާނެ ވަކި ގަޑިއެއް ވިދާޅެއް ނުވެއެވެ.

އެމެރިކާގެ ބިރުތައް

އެމެރިކާއިން ބުނާގޮތުގައި މި ސަމިޓްގެ އެންމެ އިސް މައުޟޫޢަކަށް ވާނީ ޔުކްރޭނެވެ. ރަޝިޔާއިން ޔުކްރޭން ސަރަޙައްދު ކައިރިއަށް ސިފައިން ޖަމާކުރަމުންދާތީ އެމެރިކާ އެ ކަމާމެދު ވަރަށް ކަންބޮޑުވެއެވެ. ދެ ރައީސުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ އިތުރު މަސްއަލަތަކުގެ ތެރޭގައި ސައިބަރާނީ މަސްއަލަތަކާއި ސަރަޙައްދީ މަސްއަލަތައް ހިމެނެއެވެ. މި ބައްދަލު ކުރެއްވުމުގައި ޔުކްރޭންގެ ސިޔާދަތަށާއި އެ ޤައުމުގެ ބިމުގެ ސަލާމަތަށް ވޮޝިންގްޓަނުން ތާއީދުކުރާ ކަމަށާއި އެ ކަންކަމުގައި ވޮޝިންގްޓަނުން ކިޔީފަށް ވާގިވެރިވާނެކަން ރައީސް ބައިޑްން ހާމަކުރައްވާނެއެވެ.

ރޫސީ ރައީސްގެ އެހީތެރިއެއް ކަމުގައިވާ ޔޫރީ އޮޝްކޯފް ހާމަކުރެއްވި ގޮތުގައި ދެ ޒަޢިމުން މަޝްވަރާކުރައްވާނީ އެ ދެ ޤައުމުގެ ދެމެދުގައި ހުރި ހިތްހަމަނުޖެހޭ ގުޅުންތަކާ ބެހޭގޮތުންނާއި ބައިނަލްއަޤްވާމީ އެޖެންޑާގައި ހުރި މުހިއްމު މަސްއަލަތަކާމެދުއެވެ. އޭގެތެރޭގައި އަފްޣާނިސްތާނުގެ މަސްއަލައާއި އީރާނު ފައިލާއި ޔުކްރޭންގެ މަސްއަލައާއި ލީބިޔާއާއި ސޫރިޔާގެ ޙާލަތު ހިމެނޭނެއެވެ.

ރަޝިޔާއިން ޔުކްރޭނަށް ހަމަލާ ދޭން އުޅޭ ވާހަކަތައް ރަޝިޔާއިން ނަފީކުރޭ

ރަޝިޔާގެ ކޮމޭރު ސޭންޓް ދުވަހު ނޫސް އިއްޔެ ބުނިގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާކަމަށް އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރާ ވާހަކަތައް ރަޝިޔާގެ ޚާރިޖިއްޔާއިން ދޮގު ކުރެއެވެ. މި ނޫސް ބުނިގޮތުގައި އެމެރިކާއިން މަސައްކަތްކުރަނީ ދޭތެރެޖައްސައިގެން މޮސްކޯގެ ބޮލުގައި ޒިންމާތަކެއް އަޅުވާށެވެ. އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ވަރަށް ވަރުގަދަ ޙަމަލާއެއް ދިނުމަށް އެބަ ތައްޔާރުވެއެވެ. މި ޙަމަލާގައި ރަޝިޔާ އިން 175ހާސް ސިފައިން ބޭނުން ކުރާނެއެވެ.

ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ޒަޚަރޯފް ވިދާޅުވިގޮތުގައި ޔުކްރޭނުގެ މަސްއަލަ ނުބައިވަމުން ފާވަމުންދާކަމަށް ބުނަނީ ވޮޝިންގްޓަނުންނެވެ. މިއީ އެމެރިކާއިން އަރުވާ އަޑެއްކަމަށް އޭނާ ތުހްމަތު ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް