Support Us

އަސެލް އާއި ކަމީލާ ފޮޓޯ ސެޝަނެއްގައި

އަލްބީނޯ ދެބެންގެ އާދަޔާ ޚިލާފު ރީތި ކަމުން ދުނިޔެ ސިއްސުވާލައިފި

ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮންމެ ތިން ހާސް މީހަކުން އެކަކު އަލްބީނޯ މީހެއްގެ ގޮތުގައި އުފަންވުމުގެ ފުރުސަތު އޮތް ނަމަވެސް އަނެއްބައި ގައުމުތަކުގައި އެ ފުރުސަތު އޮންނާނީ ކޮންމެ ވިހި ހާހަކުން އެކަކަށެވެ. ނަމަވެސް ކަޒަކިސްތާނުގެ މި އަންހެން ދެބެން ވަނީ މިކަމަށް ގޮންޖަހާލައިފައެވެ. ބާރަ އަހަރުގެ ތަފާތަކާއެކު އުފަަންވެފައިވާ އަސެލް އާއި ކަމީލާ ނިސްބަތްވަނީ އެއް އާއިލާ އަކަށެވެ.

ކަމީލާގެ އުމުރަކީ ދެ އަހަރެވެ. އޭނާގެ ދައްތަ އަސެލްގެ އުމުރުން 14 އަހަރެވެ. އެ އާއިލާގައި ދެން ހުންނަނީ އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ.

އަސެލް އާއި ކަމީލާ ފޮޓޯ ސެޝަނެއްގައި

ގިނަ މީހުންނަށް އަލްބީނޯ އަކީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށާއި އަދި އެ ދެ ކުދިންނަކީ އަލްބީނޯ ކުދިންނަށް ވުމުން މީހުން ހައިރާންވާ ކަމަށް އަސެލް ބުންޏެވެ.

އަސެލް އުފަންވީއިރު ހުރި ސިފަ ފެނުމުން އޭނާގެ މަންމަ، އައިމަން ސާކިޓޯފް އިތުރުން ޑޮކްޓަރުން ވެސް ތިބީ ހައިރާންވެފައެވެ. އަސެލްގެ ބައްޕަ އަކަށް ވާނީ ރަޝިޔާ ނަސްލުގެ މީހެއް ކަމަށް ޝައްކުކޮށް އަޑުފެތުރި އެވެ.

އަސެލް އާއި ކަމީލާ ފޮޓޯ ސެޝަނެއްގައި

އަސެލް މޮޑެލް ކުރުމުގެ ދާއިރާ އަށް ނިކުތީ އުމުރުން 10 އަހަރުގައެވެ. ކަމީލާއާއެކު އާއިލީ ފޮޓޯތައް ޚިއްސާ ކުރަން ފެށުމުން މިހާރު ފުރާވަރަށް އަރާފައިވާ އަސެލް ވަނީ އިތުރަށް މަޝްހޫރުވެފައެވެ. މިހާރު އޭނާގެ 33 ހާސް ފޮލޯވަރުން އެބަތިއްބެވެ.

"ދޮށީ ދަރިފުޅަށް ބަލިވެ އިންއިރު ޖެނެޓިކްސް އަކީ އެހާ ބޮޑަށް ކުރިއަރައިފައިވާ އެއްޗެއް ނޫން. މިހާރު ކުރިއަރަމުން އަންނަނީ،" އަސެލްގެ މަންމަ ބުންޏެވެ. "ޑޮކްޓަރުން ވެސް ވަރަށް ހައިރާންވި. އެ މީހުން ހީކުރީ އެއީ ރަޝިޔާ ކުއްޖެއް ކަމަށް. އަހަރެން ދެން މައުލޫމާތު އެއްކުރަންފެށީ. އަހަންނަށް ފަހުން އެނގުނީ އެއީ އަލްބީނޯކަން. ފުރަތަމަކޮޅު އެންމެނަށް ލިބުނީ ބޮޑު ޝޮކެއް. ހަދާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގުނު."

އައިމަން އަށް ފަހުން އެނގުނު ގޮތުގައި އެ މީހުންގެ ދަރިފަސްކޮޅުގައި ވެސް އަލްބީނޯ ކުދިން އުޅުނެވެ.

އަލްބީނޯ ކުދިން އުޅެންޖެހެނީ އަވިން ހަންގަނޑު ސަލާމަތް ކޮށްގެންނެވެ. އަވިގަދައިރު ބޭރަށް ދާނަމަ ސަން ސްކްރީން ލުމުގެ އިތުރުން ކުޑަ އާއި ބޮލުގައި އަޅާ އެއްޗެއް ބޭނުންކުރެ އެވެ.

އަސެލް އާއި ކަމީލާ ފޮޓޯ ސެޝަނެއްގައި

އަސެލް އެންމެ ފުރަތަމަ ދިޔައީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްކޫލަކަށެވެ. ނަމަވެސް ފަހުން އާދައިގެ ސްކޫލަކަށް ބަދަލުކުރި އެވެ.

"އަސެލް އަކީ ކިޔަވަން މޮޅު ކުއްޖެއް،" އަސެލްގެ މަންމަ ބުންޏެވެ. "އެހެން ކުދިންނާ މާބޮޑު ތަފާތެއް ނުހުރޭ. ހަމައެކަނި އިސްތަށިގަނޑާއި އެސްފިޔަ އާއި ލޮލާއި ހަމުގެ ކުލަ ތަފާތީ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *