Support Us

އދ. އިން ޙަމާސާއެކު މުޢާމަލާތު ކުރަމުންދާނެ

ޣައްޒާގައި ޙަމާސް ޖަމާޢަތާއެކު އދން މުޢާމަލާތު ކުރަމުންދާނެ ކަމަށް ބުނެފިއެވެ. އދން މި ކަން ހާމަކުރީ އިނގިރޭސިވިލާތުން ޙަމާސް ޖަމާޢަތް ނިރުބަވެރި ޖަމާޢަތެއް ކަމަށް ނިންމައި ޙަމާސާއެކު މުޢާމަލާތު ކުރާ މީހުންނާއި ފަރާތްތައް ކުށްވެރިވާނެ ކަމަށް ބުނާ ޤާނޫނެއް ފާސްކުރުމުންނެވެ.

އދ.ގެ އަމީންޢާންމުގެ ތަރްޖަމާން ސްޓެފާން ޑޮޖާރެކް ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިގޮތުގައި "ބޭނުން ޖެހޭ ކޮންމެ ވަގުތެއްގައި އަހުރެމެން ޣައްޒާގެ އިދާރިއްޔަތާއެކު މުޢަމަލާތު ކުރުން ކުރިއަށް ގެންދެވޭނެއެވެ. މި ކަމުގައި ގޮތެއް ނިންމުން އަހުރެމެން ދޫކޮށްލާނީ މެންބަރު ޤައުމުތަކަށެވެ."

އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރާ ޕްރިޓީ ޕެޓްލް ހާމަކުރެއްވިގޮތުގައި ޙަމާސް ޖަމާޢާތަކީ ނިރުބަވެރި ޖަމާޢަތެއް ކަމަށް ކަނޑައަޅާ ޤާނޫނެއް ވަރަށް އަވަހަށް ފާސްކުރެވޭނެއެވެ. މި ޤާނޫނުގެ ސަބަބުން އިނގިރޭސިވިލާތުގައި އެ ޖަމާޢަތުގެ އެއްވެސް ޙަރަކާތެއް އެއްވެސް ސިފައެއްގައި ނުހިންގޭނެއެވެ.ޕެޓްލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. "މިއަދު އަޅުގަނޑުމެން ޙަމާސް މަނާކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފީމެވެ. އަޅުގަނޑުމެންގެ ސަރުކާރަކީ ޙައްދުފަހަނަޅާ ދިޔުމުގެ ޙަރަކާތްތަކާއި ނިރުބަވެރި ޙަރަކާތްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ކަށަވެތިވެފައިވާ ސަރުކާރެކެވެ."

އިނގިރޭސި ދާޚިލިއްޔާގެ ޤަރާރު ބުނާގޮތުގައި މަނާކުރެވިފައިވާ ޖަމާޢަތެއްގެ ދިދައެއް ޔުނިފޯރމެއް ރަމްޒެއް ބޭނުން ކުރުމަކީ ޖިނާއީ ކުށެކެވެ. އެހެންކަމުން ފާޅުގައި ޙަމާސް ޖަމާޢަތަށް ތާއީދުކުރުމަށް ޓަކައި އެއްވެސް ޢިބާރާތެއް ބޭނުން ކުރުމަކީ ނުވަތަ އެ ޖަމާޢާތުގެ ދިދަ އުފުލުމަކީ ނުވަތަ އެ ޖަމާޢަތަށް ތާއީދުކުރުމަށް ބައްދަލުވުމެއް ބޭއްވުމަކީ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލެވޭނެ ކުށެކެވެ.

ފަލަސްޠީނުން ކުށްވެރި ކުރޭ

އިނގިރޭސިވިލާތުގެ މި ޤަރާރު ފަލަސްޠީނުގެ ޖަމާޢަތްތަކުން ވަރަށް ހަރުކަށި ޢިބާރާތްތަކުން ކުށްވެރި ކުރިއެވެ. ފަލަސްޠީނުގެ އިސްލާމީ ޖިހާދު ސިފަކުރި ގޮތުގައި "މިއީ ވަރަށް ޢަދާވަތްތެރި އަނިޔާވެރި" ޤަރާރެކެވެ.

ފަލަސްޠީނު މިނިވަންކުރުމަށް މަސައްކަތް ކުރާ ޕޮޕިއުލަރ ފްރޮންޓް ބުނިގޮތުގައި "މިއީ ފަލަސްޠީނުގެ ޖިހާދަށް އަމާޒުކޮށް ނެރެފައިވާ" ޤަރާރެކެވެ. މި ފްރޮންޓުން ބުނިގޮތުގައި މިއިން އެނގެނީ އިނގިރޭސިވިލާތަކީ ފަލަސްޠީނު ރައްޔިތުންގެ ޢަދާވަތްތެރިއެއް ކަމެވެ. މި ފްރޮންޓުން އިނގިރޭސިވިލާތަށް މި ޤަރާރު އުވައިލުމަށް ގޮވައިލިއެވެ. މިއީ އސްރާއީލަށް ތާއީދު ކުރުމަށް ޓަކައި އެޅި ފިޔަވަޅެއްކަމަށް ވެސް މި ފްރޮންޓުން ބުންޏެވެ.

ފަސްޠީނުގެ މުބާދަރާ ޙަރަކާތް ސިފަ ކުރިގޮތުގައި މިއީ "ބޮރިސް ޖޯންސަންގެ ސަރުކާރު އިސްރާއީލު ސަރުކާރަށް ތާއިދު ކުރާ މިންވަރު ހާމަކޮށްދޭ އަނިޔާވެރި ޤަރާރެކެވެ." މިއީ އިސްރާއީލުގެ ހައްދުފަހަނަޅައިދިޔުމުގެ ހަރުކަށި ސިޔާސަތަށް ތާއީދު ކުރުމެއް ކަމަށް ވެސް މުބާދަރާއިން ބުންޏެވެ. މެދުއިރުމަތީގައި ޢަދްލުވެރި ޞުލްޙައެއް ޤާއިމުކުރުމަށް ތަނަވަސްވެފައިވާ ފުރްޞަތު މި ޤަރާރުގެ ސަބަބުން ފުނޑުފުނޑުވެގެން ހިނގައްޖެ ކަމަށް ވެސް މި ޙަރަކާތުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *