Support Us

ހަތިޔާރުއެޅި ޝީޢީ ދެ ޖަމާޢާތެއް ޢިރާޤުގައި އުވާލައިފި

ޢިރާޤުގެ ޝީޢީ ޒަޢީމެއް ކަމުގައިވާ މުޤްތަދާ އައްޞަދްރުގެ ގޮވައިލެއްވުމަކަށް އިޖާބަ ދިނުމުގެ ގޮތުން ޢިރާޤުގެ ޙިޒްބުﷲ ޖަމާޢަތުން އެ ޖަމާޢަތަށް ތަބާވާ ހަތިޔާރު ޖަމާޢަތެއް އުވާލައިފި ކަމަށް އެ ޖަމާޢަތުން މިއަދު ބުނެފިއެވެ. މިކަމާ ވިދިގެން މުޤްތަދާ އައްޞަދްރު ވެސް ވަނީ އޭނާއަށް ތަބާވާ ހަތިޔާރުއެޅި ޖަމާޢަތެއް މިއަދު އުވާލައްވައިފައެވެ.

ޙިޒްބުﷲގެ އަމްނާބެހޭ މަސްއޫލުވެރިޔާ އަބޫ ޢަލީ ޢަސްކަރީ ކުރެއްވި ޓްވީޓެއް ބުނާގޮތުގައި "ޙިޒްބުﷲ ޖަމާޢަތުގެ ދަށުގައި އޮތް އައްދިފާޢުއް ޝަޢުބީ ޖަމާޢަތް މިއަދު އުވާލުމަށް އެ ޖަމާޢަތުގެ ޒަޢާމަތުން ނިންމައިފިއެވެ. އެ ޖަމާޢަތުގެ މަރްކަޒު ބަންދުކުރުމަށާއި އެ ޖަމާޢަތުގެ އެންމެހާ ޙަރަކާތްތައް މިއަދުން ފެށިގެން ހުއްޓައިލުމަށް ވެސް ޙިޒްބުﷲގެ ވެރީން ނިންމެވިއެވެ."

އަލްޢަސްކަރީ ވިދާޅުވިގޮތުގައި އުވާލެވުނު ބާރު އެ ޖަމާޢަތުގެ ހަތިޔާރުތަކާއެކު ދެން އޮންނާނީ އަލްޙަޝްދުއް ޝައުބީގެ ބެލުމުގެ ދަށުގައެވެ.
އޭނާ ހާމަކުރެއްވިގޮތުގައި ޙިޒްބުﷲ އިން މި ފިޔަވަޅު އެޅީ ރަޙްމަތްތެރި ފަރާތަކުން މި ކަމަށް އެދުމުންނެވެ. މި ރަޙްމަތްތެރި ފަރާތަކީ ޢިރާޤުގެ ޝީޢީ ބާރުގަދަ ޒަޢީމު މުޤްތަދާ އައްޞަދްރެވެ.

ޢިރާޤުގެ ޙިޒްބުﷲ ޖަމާޢަތުން "އައްދިފާޢުލް މަދަނީ" ޖަމާޢަތް 2014ގައި އުފައްދާފައި ވަނީ  ދާޢިޝް" ޖަމާޢަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް