Support Us

ކުއްލިއަކަށް ފެންނާނީ ޗައިނާގެ ނިޔުކްލިއަރ ޙަމަލާއެއް އެމެރިކާއަށް ދޭތަން

ކޮންމެވެސް ދުވަހަކުން ޗައިނާއިން އެމެރިކާއަށް ނިޔުކްލިއަރ ޙަމަލާއެއް ދޭތަން ފެނިދާނެ ކަމަށް އެމެރިކާގެ ޖެނެރަލަކު 17 ނޮވެންބަރުގައި ވިދާޅުވެއްޖެއެވެ.

އޭނާ މި ބަޔާން ދެއްވީ އެމެރިކާގެ ސީބީއެސް ނިވުޒްއިން ދުނިޔެ ވަށައި ބުރުޖެހި ޗައިނާގެ މިސައިލަކާ ބެހޭގޮތުން ނެރުނު ރިޕޯޓަކަށް ކޮމެންޓު ކުރައްވަމުންނެވެ. މި މިސައިލް ޗައިނާއިން އަރުވާފައި ވަނީ މިދިޔަ ހޫނު މޫސުމުގައެވެ.

އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފުގެ ނައިބު ޖެނެރަލް ޖޯން ހެޓިން ސީބީއެސްއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މި މިސައިލް ދުނިޔެ ވަށައި ދަތުރުކުރަމުން ގޮސް އުޅަނދެއް އުދުއްސައިލިއެވެ. އެއީ އަޑަށްވުރެ ބާރަށް ދަތުރު ކުރި އުޅަނދެކެވެ. މި އުޅަނދު އަނބުރާ ޗައިނާއަށް ދިޔައެވެ. އަދި މި އުޅަނދުން ޗައިނާގެ އެތެރޭގައި ހުރި އަމާޒުފަތްގަނޑަކަށް ޙަމަލާދިނެވެ. މިއީ ކާމިޔާބު ތަޖްރިބާ އެކެވެ."

އެމެރިކާގެ މި ޖެނެރަލް ހާމަކުރެއްވިގޮތުގައި ޗައިނާއިން ދަނީ އެ ޤައުމުގެ ޢަސްކަރިއްޔާގެ ބާރު " ޙައިރާންވާ ފަދަ އަވަސް ބާރު ދުވެއްޔެއްގައި " ބިނާކުރަމުން ތަރައްޤީ ކުރަމުންނެވެ. މި ބާރުމިނުގައި ޗައިނާ ދާނަމަ ކޮންމެވެސް ދުވަހަކުން ޗައިނާއިން އެމެރިކާއަށް ނިޔުކްލިއަރ ޙަމަލާއެއް ދިނުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

ޖެނެރަލް ހެޓިން ވިދާޅުވިއެވެ. "މި ފަދަ ބާރެއް އެ މީހުން ބިނާކުރަމުން މި ދަނީ ކީއްވެގެން ހެއްޔެވެ؟" އޭނާ އިތުރަށް ވިދާޅުވިއެވެ. "އެމީހުން އެ ތަރައްޤީ ކުރަމުން ދަނީ ހަތިޔާރެކެވެ. އޭގެ ބޭނުން ހަތިޔާރެއްގައި ގޮތުގައި ކުރެވިދާނެއެވެ."

ނިޔުކްލިއަރ މައިދާނުގައި ބޮޑެތި ބާރުތަކުގެ ވާދަވެރިކަން
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ބުނާގޮތުގައި ޗައިނާއިން ދަނީ އެ ޤައުމުގެ ހަތިޔާރުގެ ކޮށާރު ބިޔަކުރަމުންނެވެ. މި ދަހަރު ނިމުމުގެ ކުރިން ޗައިނާގެ މި ކޮށާރުގައި ނިޔުކްލިއަރ 1000 ބޯ އޮންނާނެއެވެ.އެމެރިކާގެ ހަތިޔާރުގެ ކޮށާރުގައި 3750 ނިޔުކްލިއަރ ބޯ އެބަ އޮތެވެ. އެހެންކަމުން ޗައިނާގެ ކޮށާރަކީ ގުރުކޮށާރެކެވެ.
އެމެރިކާއިން ކުރަމުންދާ ތުހްމަތުތައް ނަފީ ކުރަމުން ޗައިނާ ބުނިގޮތުގައި އެ ޤައުމުން އަޑަށްވުރެ ބާރަށް ދަތުރު ކުރާ މިސައިލެއްގެ ތަޖްރިބާކޮށްފައެއް ނުވާނެއެވެ.

އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްޒް މި ދިޔަ އޮކްޓޫބަރުމަހު ހާމަކުރި ރިޕޯޓެއް ބުނާގޮތުގައި ވަރަށް ތިރި ހިސާބަކުން ދަތުރުކުރި ޗައިނާގެ މިސައިލަކުން ވަނީ އަޑަށްވުރެ ބާރަށް ދަތުރު ކުރާ އުޅަނދެއް އުދުއްސާލައިފައެވެ. ނަޒަރީގޮތުން ވިސްނާނަމަ މި އުޅަނދަށް އެމެރިކާގެ ދިފާޢީ ނިޒާމާ ފިލައިގެން ގޮސް އެމެރިކާގެ އަމާޒުތަކަށް ޙަމަލާ ދެވިދާނެއެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަސްއޫލުވެރީން ވަނީ ޗައިނާގެ ޢަސްކަރިއްޔާ ތަރައްޤީވަމުންދާ ދުވެލީގެ ބާރުމިނާމެދު ވަރަށް ބޮޑަށް ޙައިރާންވެ ވަޑައިގެންފައެވެ.
ރަޝިޔާއާއި ޗައިނާއިން އަޑަށްވުރެ ބާރަށް ދަތުރު ކުރާ މިސައިލްތައް ތަރައްޤީ ކުރަމުންދާތީ އެކަމާމެދު އެމެރިކާ ވަރަށް ކަންބޮޑުވެއެވެ. އެމެރިކާއިން މި ހުސްވި މަހު އަޑަށްވުރެ ބާރަށް ދަތުރު ކުރާ މިސައިލެއް ތަޖްރިބާ ކޮށްފައި ވެއެވެ. އެހެނަސް މި ތަޖްރިބާ ވަނީ ނާކާމިޔާބު ވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް