ރަޝިޔާގެ ކަސްޓަމުން މިއަދު ޝާއިޢު ކުރި ރިޕޯޓެއް ބުނާގޮތުގައި ސިއްރު ޖަހާފައި (SSSS) ބޭރު ކުރި މުދާ މި އަހަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ރަޝިޔާގެ ކަސްޓަމުން ސިއްރު ޖަހާފައި ބޭރުކޮށްފައިވާ މުދަލުގެ ތެރޭގައި ހިމެނެނީ ހަތިޔާރާއި ޢަސްކަރީ ސާމާނާއި ވަޒަނާއި ޢަސްކަރީ މަތިންދާބޯޓުފަހަރާއި ނިޔުކްލިއަރ މައިދާނުގައި ބޭނުންކުރެވޭ އުފެއްދުންތަކެވެ.
ސިއްރު މުދާ އެންމެ ގިނައިން ބޭރުކޮށްފައިވާ 10 ޤައުމުގެ ތެރޭގައި ނޭޓޯގެ ހަ ޤައުމެއް ހިމެނޭކަމަށް މި ރިޕޯޓު ބުނެއެވެ. މި ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި ޗެކް ޖުމްހޫރިއްޔާއާއި ޖަރްމަނާއި އިނގިރޭސިވިލާތް ހިމެނެއެވެ.
މި ރިޕޯޓް ބުނާގޮތުގައި މި އަހަރުގެ ސެޕްޓެންބަރާ ހަމައަށް ދިޔައިރު ރަޝިޔާއިން ސިއްރު މުދާ އެންމެ ގިނައިން އެތެރެކޮށްފައިވަނީ ޖަޒާއިރުންނެވެ. އެއީ 985 މިލިއަން ޑޮލަރުގެ މުދަލެވެ. ދެވަނަ ޤައުމަކީ އެމެރިކާއެވެ. އެމެރިކާއިން 841 މިލިއަން ޑޮލަރުގެ ސިއްރު މުދާ ރަޝިޔާއިން ގަނެފައި ވެއެވެ. ތިންވަނައަށް އެންމެ ގިނައިން ސިއްރު މުދާ ގަނެފައިވަނީ ޗެކް ޖުމްހޫރިއްޔާއިންނެވެ. ޗެކް ޖުމްހޫރިއްޔާއިން ގަނެފައިވާ މުދަލުގެ އަގަކީ 706 މިލިއަން ޑޮލަރެވެ. މި ލިސްޓގައި ހިމެނޭ ހަތަރުވަނަ ޤައުމަކީ ޗައިނާއެވެ. ޗައިނާއިން ގަނެފައިވާ ސިއްރު މުދަލުގެ މިންވަރަކީ 645 މިލިއަން ޑޮލަރެވެ. ފަސްވަނަ ޤައުމަކީ އިންޑިއާއެވެ. އިންޑިޔާއިން ގަނެފައިވާ ސިއްރު މުދަލުގެ ޖުމުލަ އަގަކީ 608 މިލިޔަނެވެ. ހަވަނައަށް އެންމެ ގިނައިން ސިއްރު މުދާ ގަނެފައިވާ ޤައުމަކީ އިމާރާތެވެ. އިމާރާތުން 596 މިލިއަން ޑޮލަރުގެ ސިއްރު މުދާ ގަނެފައި ވެއެވެ.



advertisment