Support Us

ދައުޙާ އެއްބަސްވުމަށް ޢަމަލުކޮށްފިނަމަ އައު ޞަފްޙާއެއް ހުޅުވިގެން ދާނެ: އަފްޣާން ޚާރިޖީ ވަޒީރު

އެމެރިކާއާ އަފްޣާނިސްތާނާ ދެމެދުގައި އައު ޞަފްޙާއެއް ހުޅުވަން ބޭނުންނަމަ ދައުޙާ އެއްބަސްވުން އަވަހަށް ތަންފީޒު ކުރުމަށް އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީ އެމެރިކާގެ ކޮންގްރެސްއަށް ގޮވައިލައްވައފިއެވެ. އޭނާ މި ކަމަށް ގޮވައިލެއްވީ މިއަދު ކޮންގްރެސް އަށް ފޮނުވި ހުޅުވާލެވިފައިވާ ސިޓީފުޅެއްގައެވެ.

އޭނާ މި ސިޓީފުޅުގައި އަފްޣާނިސްތާނުގެ ޤައުމީ ބޭންކްގެ ރިޒަރވް ގަނޑުކޮށްފައި އޮތް އޮތުން ބާޠިލު ކުރުމަށާއި އެ ޤައުމުގެ މަސްއަލަ ނިމުމަކަށް ގެނައުމަށް ޓަކައި އީޖާބީ ފިޔަވަޅުތަކެއް އެޅުމަށް ކޮންގްރެސް އަށް ގޮވައިލެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ދައުޙާ އެއްބަސްވުން ތަންފީޒު ކޮށްފިނަމަ އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކަށް އައު ޞަފްޙާއެއް ހުޅުވައިލެވިދާނެއެވެ. އޭނާގެ މި ސިޓީފުޅުގައި ވިދާޅުވިގޮތުގައި މި އެއްބަސްވުމަށްފަހު އަފްޣާނިސްތާނުގައި ހިނގި އެއްވެސް ކުރިމަތިލުމެއްގައި ޠާލިބާނުންގެ ބައިވެރިވުމެއް ނޯންނާނެއެވެ.
އޭނާ ވިދާޅުވިއެވެ. "އަފްޣާނިސްތާނުގައި ހަނގުރާމަ ހިނގަމުން ދިޔަ ނަމަވެސް 2011 ން ފެށިގެން ޠާލިބާނުން ވަނީ އެމެރިކާގެ ތިން ރައީސުންނާއެކު ވާހަކަދެއްކުންތައް ބާއްވައިފައެވެ."

އޭނާ ވިދާޅުވިގޮތުގައި އެމެރިކާއިން އަފްޣާނިސްތާނުގެ ޤައުމީ ބޭންކްގެ ރިޒަރވް ގަނޑުކޮށްފައި ބާއްވާބޭއްވުމަކީ ދައުޙާ އެއްބަސްވުމާ އަރާރުންވާ ކަމެކެވެ. އަފްޣާނިސްތާނަށް މާލީ އަދަބުތައް ދީގެން އެއްވެސް މަސްއަލައެއް ޙައްލު ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވިގޮތުގައި އެއީ އެމެރިކާގެ ރައްޔިތުންގެ މަޞްލަޙަތު ނިޔާކުރާ ކަމެއް ވެސް ނޫނެވެ.
އޭނާ މި ސިޓީފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. " އެމެރިކާއާއި ބައިނަލްއަޤްވާމީ މުޖްތަމަޢު ޖެހިލުންވާޖެހިލުންވުން ޠާލިބާނުންނަށް މޭރުންވެއެވެ. އެހެންކަމުން އިތުބާރު ބިނާކުރުމަށް ޓަކައި ދެ ފަރާތުން ވެސް އީޖާބީ ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއެވެ.

މުއްތަޤީ ވިދާޅުވިގޮތުގައި މިއަދުގެ ޙާލަތުގެ ސަބަބުން އަފްޣާން ރައްޔިތުންގެ ބުރަތަކާއި ގިލަންތައް ދާނީ އިތުރުވަމުންނެވެ. އެކަމުގެ ސަބަބުން އިތުރުވާނީ ބޭރަށް ހިޖްރަކުރާ ހިޖްރަކުރުންތަކެވެ. އަފްޣާނިސްތާނުގެ އިންސާނީ ޙާލަތާއި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ޓަކައި އެމެރިކާއިން އިސްވެ ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް މުއްތަޤީ ވިދާޅުވިއެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅައިފައިވާ ޚާއްޞަ މަންދޫބު ތޯމަސް ވެސްޓް ނޫސްވެރީންނާ ބައްދަލު ކުރައްވާ ހޯމަދުވަހު ވިދާޅުވި ގޮތުގައި ޠާލިބާނުން ގުޅުން ރަނގަޅު ކުރަން އެދުނަސް އެއީ ހަމައެކަނި ވޮޝިންގްޓަންގެ އަތުގައި އޮތް ކަމެއްނޫނެވެ. އޭނާ ވިދާޅުވިއެވެ. "އަވަށްޓެރި ޤައުމުތަކާއެކު އަމަންއަމާންކަން ޤާއިމު ކުރުމަށް ޠާލިބާނުން މަސައްކަތް ކުރަން ވާނެއެވެ."

ވެސްޓް ހާމަކުރެއްވި ގޮތުގައި އަފްޣާނިސްތާނުގެ ޙާލަތު ކުރީގެ ޙާލަތަށް ގެންދިޔުމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ޓަކައި ވަރަށް ކައިރި މުސްތަޤްބަލެއްގައި ޕާކިސްތާނަށާއި ރަޝިޔާއަށާއި އިންޑިއާއަށް އޭނާ ދަތުރުފުޅެއް ކުރައްވާނެއެވެ. އަދި އޭނާ ހާމަކުރެއްވި ގޮތުގައި ޠާލިބާނުންނާއެކު ވާހަކަ ދެއްކުމުގެ އައު ބުރެއް ވަރަށް އަވަހަށް ފެށޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް