Support Us

ބައިޑްން-ޝީގެ 3 ގަޑިއިރުގެ ސަމިޓް ތާރީފުގެ ބަސްފުޅުތަކާއި އިންޒާރުގެ މެސެޖުތައް

ދުނިޔޭގައި އަރާރުމެއް އުފެދުނަނުދީ ސުލްޙަމަސަލަސްކަންމަތީ ދުނިޔެ ބޭއްވުމުގެ ޒިންމާއަކީ އެމެރިކާއާއި ޗައިނާގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަން ރައީސް ބައިޑްނާއި ރައީސް ޝީ މިއަދުގެ ސަމިޓްގައި ކަށަވަރުކޮށް ދެއްވައިފިއެވެ.

ޚަބަރު ފަތުރާ އެމެރިކާ ވަސީލަތްތައް ބުނިގޮތުގައި ރައީސް ޝީ ސިފަކުރެއްވި ގޮތުގައި ރައީސް ބައިޑްނަކީ "ޒަމާންވީ ރަޙްމަތްތެރިއެ"ކެވެ. ދުނިޔެއާ ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލު ކުރުމަށް ޓަކައި ދެ ފަރާތުގެ ގުޅުންތަކާއި އެއްބާރުލުންތައް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށް ރައީސް ޝީ ވިދާޅުވިއެވެ.

ޚަބަރު ފަތުރާ ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ބުނާގޮތުގައި ރައީސް ޝީ ރައީސް ބައިޑްނާއެކު ވާހަކަފުޅު ދައްކަވާފައި ވަނީ ވަރަށް ސާފު ޞަރީޙަކޮށްނެވެ. ޚާއްޞަކޮށް ޓައިވާނުގެ މަސްއަލައިގައި ޗައިނާ ދެކޭގޮތް ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވިއެވެ. ޗައިނާއިން އިންޒާރު ކުރި ގޮތުގައި މި މަސްއަލައިގައި ޗައިނާއިން "ކަނޑައި ވައްޓައިލާނެ ފިޔަވަޅުތަކެއް" އަޅާނެއެވެ.

ތަރްޙީބު ބަދަލު ކުރުން

ވައިޓް ހައުސްގެ ރޫޒްވެލްޓް މާލަމުގައި އިންނަވައިގެން ރައީސް ބައިޑްން ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެ މީހުންނަކީ ރަސްމީ ބަޔެއްނޫނެވެ. އެހެނަސް މިތާނގައި ރަސްމީކޮށް ބައްދަލުވުން ފަށަން އެބަ ޖެހެއެވެ." މިހެން ވިދާޅުވުމުން ރައީސް ޝީގެ މޫނުފުޅުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ. ބައިޑްން ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކަކީ، އޭގެ އަސަރު ވަރަށް ބޮޑު ގުޅުންތަކެކެވެ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ދެ ޤައުމަކަށް ނޫނެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ވެސް މެއެވެ."

ސަމިޓް ފަށްޓަވަމުން ބައިޑްން ވިދާޅުވިގޮތުގައި ދުނިޔޭގެ އެންމެ އިސް ދެ ޒަޢީމުންގެ ހައިސިއްޔަތުން އެ ދެބޭފުޅުންގެ އިސްތަށިފުޅުގައި ޒިންމާތަކެއް އެޅިފައި ވެއެވެ. އެމެރިކާއާ ޗައިނާއާ ދެމެދުގައިވާ ނުތަނަވަސް ގުޅުމުގެ ސަބަބުން ހުޅުވިފައިވާ އަރާރުމަކާ ދިމާއަށް ގޯޅި އެޅިޔަ ނުދީ ހިފެހެއްޓުމަކީ އެ ދެ ބޭފުޅުންގެ މަސްއޫލިއްޔަތެއްކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ.

ރައީސް ޝީ ތަރްޖަމާނެއް މެދުވެރިކުރައްވާ ވިދާޅުވިއެވެ. "ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ހައިސިއްޔަތުންނާއި ސަލާމަތީ މަޖިލީހުގެ ދާއިމީ ދެ މެންބަރުންގެ ހައިސިއްޔަތުން ޗައިނާއާ އެމެރިކާއާ ދެމެދުގައި އެއްބާރުލުންތައް ވަނީ އިތުރުކުރާން ޖެހިފައެވެ. ގުޅުންތައް ވަނީ ދަމަހައްޓާން ޖެހިފައެވެ."
ޗައިނާގެ ރަސްމީ މީޑިޔާ ހާމަކުރިގޮތުގައި ރައީސް ޝީ ޖިންގް ޕިންގް އެމެރިކާގެ ރައީސް ޖޯ ބައިޑްނަށް ދެންނެވިއެވެ. "ޓައިވާނުގެ މިނިވަންކަމަށް ތާއީދު ކުރާ ފަރާތްތަކުން ރަތް ރޮނގު ހުރަސްކޮށް ހިނގައްޖެނަމަ ޗައިނާއަށް ކަނޑައި ވައްޓާލާން ޖެހޭފަދަ ފިޔަވަޅުތަކެއް އަޅަން މަޖުބުރުވެގެން ހިނގައިދާނެއެވެ."

ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންޚުވާ މިއަދު ހެދުނުގެ ސަމިޓް ބައްދަލުވުން ސިފަ ކުރިގޮތުގައި އެއީ "ވަރަށް ޞަރީޙަ، ވަރަށް ބިނާކުރަނިވި ވަރަށް މަތިވަރު ރަނގަޅު" ބައްދަލުކުރެއްވުމެކެވެ.

ހުރިހާ ފައިލްތަކަކާމެދު ބަޙުސް ކުރެވުނު

ވައިޓް ހައުސުން ހާމަކުރިގޮތުގައި ރައީސް ބައިޑްނާއި ޗައިނާގެ ރައީސް ޝީ ޓިބެޓްގެ މަސްއަލައާއި ހޮންގްކޮންގް މަސްއަލައާއި ޝިންޖިއެންގް މަސްއަލައާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ތިން ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ސަމިޓްގެ ކުރީ ކޮޅުގައި ނޫސްވެރީން ބައިވެރިވިއެވެ. މި ދެ ޤައުމުގެ ދެމެދުގައި ދެބަސްވުން އުފެދިފައި ހުރި އެތައް މަސްއަލަތަކަކާ މެދު މި ސަމިޓްގައ މަޝްވަރާކުރެވުނެވެ. އޭގެތެރޭގައި ކޮރޯނާ ވައިރަހުގެ އަޞްލު އުފެދުމާއި ވާދަވެރި ވިޔަފާރީގެ އުޞޫލުތަކާއި ޗައިނާގެ ނިޔުކްލިއަރ ހަތިޔާރުގެ ކޮށާރު ބޮޑުވަމުން ދިޔުމުގެ މަސްއަލައާއި ޗައިނާއިން ޓައިވާނަށް ފިއްތުންތައް އިތުރު ކުރަމުންދާ މަސްއަލަ ހިމެނެއެވެ. އެމެރިކާ އަތުން ޗައިނާ ގަންނަން ޖެހޭ މުދަލާއި ޚިދްމަތުގެ މަސްއަލަވެސް މީގެތެރޭގައި ހިމެނުނެވެ. އެމެރިކާ ތުހްމަތު ކުރާ ގޮތުގައި އެމެރިކާ އަތުން 200 ބިލިއަން ޑޮލަރުގެ މުދަލާއި ޚިދްމަތް ޗައިނާއިން އަދި ނުގަނެ އެބަ އޮތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް