Support Us

ތުރްކީ މަޖިލީހުގެ ސެކްރެޓޭރިއެޓް ޢިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު

"ނުރަ ތުނބުޅިވެރީން"ގެ މޭޒުގައި ތުރްކީ ތަމްސީލުކުރައްވާ މަންދޫބުކަމަށް ކުރީގެ ބޮޑުވަޒީރު ޔިލްދިރިމް

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާން "ނުރަ ތުނބުޅި ވެރީންގެ" މޭޒުގައި ތުރްކީ ތަމްސީލު ކުރެއްވުމަށް ތުރްކީގެ ކުރީގެ ބޮޑު ވަޒީރު ބިން ޢަލީ ޔިލްދިރިމް މިއަދު އިސްކުރައްވައިފިއެވެ.

"ނުރަ ތުނބުޅި ވެރީންގެ މޭޒަކީ" ކުރީ ޒަމާނުގައި ތުރްކީގެ ޢިލްމުވެރީންނާއި ޙިކްމަތްތެރީން ކަންކަމާމެދު ބަޙުސް ކުރެއްވުމަށް ޓަކައި ބައްދަލު ކުރައްވަވާ އުޅުއްވި ތަނަށް ދެވިފައިވާ ތާރީޚީ ނަމެވެ. މި މޭޒު ދޮށުގައި ކަންތައްތަކާމެދު ބަޙުސް ކުރައްވާ ބޭފުޅުންނަކީ ޢުމުރުން ދުވަސްވީ ތަޖްރިބާކާރު ބޭފުޅުން ކަމުގައި ވާތީ އެ ބޭބޭފުޅުންގެ ތުނބުޅިފުޅުތަކުގައި ނުރަ ހުންނާތީ މި ނަން ދެވުނީއެވެ.

ރައީސް އުރްދުގާން މި ކަން އިޢުލާން ކުރެއްވީ ތުރްކީ ބަހުން ވާހަކަ ދައްކާ ޤައުމުތަކުގެ އެއްބާރު ލުމުގެ މަޖިލިސް (ތުރްކީ މަޖިލިސް) ގެ ސަމިޓް ބައްދަލުވުން ހުޅުއްވާ ދެއްވުމަށް ފަހުގައެވެ. މިއީ މި ސަމިޓްގެ އަށް ވަނަ ބައްދަލުވުމެވެ. މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ޒަޢީމުން ހުކުރުދުވަހު އިސްތަންބޯލުގެ "މިނިވަންކަމާއި ދީމުޤްރާޠީ ޖަޒީރާ" އަށް ވަނީ ވަޑައިގެންފައެވެ. ތުރްކީގެ މަޖިލިސް ނަމުން ނަންދެވިފައިވާ މި ޖަމްޢިއްޔާގެ މެންބަރުންނަކީ އަޒަރްބައިޖާނާއި ކަޒަޚިސްތާނާއި އުޒްބަކިސްތާނާއި ތުރްކުމާނިސްތާނާއި ކިރްކީޒިޔާއާއި ތުރްކީއެވެ. މި ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މި ޤައުމުތަކުގެ ރައީސުން މި ޖަޒީރާއަށް އިއްޔެ ވަޑައިގަތުމުން މި ބޭފުޅުންނަށް މަރްޙަބާ ދެންނެވީ ތުރްކީގެ ނައިބު ރައީސް ފުއާދު އަޤްޠާއި އާއި ވެރިކަން ކުރާ ޢަދާލަތާއި ތަރައްޤީ ޕާޓީގެ ނައިބާ ރައީސް ޖެމްދަމް ޤުއްރާ އަޞްލާނެވެ.

ވިސްނުންތޫނު ސަހަރުތައް

އިސްތަންބޯލުގައި ބޭއްވޭ މި ސަމިޓްގެ މިއަހަރުގެ ޝިޢާރަކީ "ސުމޭކީ ޒަމާނުގައި ފެހި ފުނޫނިއްޔާތާއި ވިސްނުން ތޫނު ސަހަރުތައް" އެވެ.

މި ސަމިޓްގައި އަޒަރްބައިޖާނުގެ ރައީސް އިލްހާމު ޢަލީޠޯފު އާއި، ކަޒަޚިސްތާނުގެ ރައީސް ޤާސިމު ޖޫ މަރްތު ތޫޤާޔީފައި އާއި، ކިރްކީޒިޔާގެ ރައީސް ޞަދްރު ޖަބަރޯފާއި، އުޒްބަކިސްތާނުގެ ރައީސް ޝައުކަތު މީރު ޟިޔާޔީފް އާއި ތުރްކިސްތާނުގެ ރައީސް ޤުރްބާން ޤޫލީ ޕީރުދީ މުޙައްމަދޯފުގެ އިތުރަށް ހަންގެރީގެ ބޮޑުވަޒީރު ވިކްޓަރ އުރްބަން (މުރާޤިބު މެންބަރެއް)ގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ތަޖްރިބާކާރު ބޭފުޅެއް

ތުރްކީ ނޫސް އޭޖެންސީ ރައީސް އުރްދުގާނާ ޙަވާލާދީ ބުނިގޮތުގައި ބިން ޢަލީ ބެކް ޔިލްދިރިމަކީ ޢިލްމުވެރި ތަޖްރިބާކާރު ބޭފުޅެކެވެ. އޭނާގެ ފަރާތްޕުޅުން މަޖިލީހަށް ބޮޑެތި ޚިދްމަތްތަކެއް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށް އުރްދުގާން ވިދާޅުވިއެވެ. މި މަޖިލީހުގައި ތިއްބަވާނީ ކޮންމެ ޤައުމަކުން މަންދޫބެކެވެ. ތުރްކީ އުންމަތުގެ މަސްއަލަތަކާ ބެހޭގޮތުން މި މަޖިލީހުގައި ފޯވަހިކޮށް މަޝްވަރާކޮށް ކަންތައްތައް ނިންމޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް