Support Us

ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ރައީސް ޝީއަށް ތާރީޚީ ޒަޢީމުކަން އަރުވައިފި

ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން އެ ޤައުމުގެ ރައީސް ޝީ ޖިން ޕިންގއާ ބެހޭގޮތުން ތާރީޚީ ޤަރާރެއް ނެރެފިއެވެ. އިނގިރޭސިވިލާތުގެ ގާރޑިއަން ދުވަހު ނޫސް ބުނާގޮތުގައި މި ޤަރާރުގައި ޤައުމުގެ ޒުވާންކަން އައުކޮށްދިނުމުގައި ރައީސް ޝީ ކުޅުއްވަމުންގެންދަވާ ދައުރަށް ވަރަށް ތާރީފުކޮށްފައި ވެއެވެ.

މިއީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސަތޭކަ އަހަރުގެ ޢުމުރުގައި ފާސްކުރި މިފަދަ ތިންވަނަ ތާރީޚީ ޤަރާރެވެ. މީގެ ކުރިން މި ފަދަ ދެ ޤަރާރެއް ނެރެފައިވަނީ 1949ގައި ޗައިނާގެ ވެރިކަމަށް ކޮމިއުނިސްޓް ޕާޓީ ގެންނެވި ޒަޢީމު މައޮ ޓްސި ޓޮންގާއި މިދިޔަ ސައްތައިގެ އަށްޑިހައިގެ ތެރޭގައި ޗައިނާއަށް އިޞްލާޙުތައް ގެންނަވައި އިޤްތިޞާދީ މާރިދަކަށް ހެއްދެވި ޑޮން ޝައޮ ޕިންގް އާ ބެހޭގޮތުންނެވެ.

ތާރީޚީ އަރުތަތަކެއް

ކޮމިއުނިސްޓް ޕާޓީން ނެރުނު ޤަރާރުގެ ރަސްމީ މުލައްޚަޞް ބުނާގޮތުގައި ޝީގެ ޒަޢާމަތުގެ ދަށުގައި ޗައިނާއަށް ވަނީ ތާރީޚީ އަރުތަތަކެއް ޙާޞިލު ކުރެވިފައެވެ. އަދި ޤައުމަށް ވަނީ ތާރީޚީ ބަދަލުތަކެއް އައިސްފައެވެ. މި ޤަރާރުގައި މައޮ ޓްސި ޓޮންގާއި ޑޮންގް ޝައޮ ޕިންގްގެ ޒަޢާމަތުގެ ދަށުގައި ޗައިނާއަށް ލިބިފައިވާ ތަރައްޤީއާއި ފާގަތިކަމާއި ބޮޑު ބާރަކަށް ވުމުގެ އަރުތަތައް ފާހަގަކޮށް އެ ދެ ޒަޢީމުންނަށް ތާރީފުގެ ބަސްތައް ބަރުތީލަކޮށްފައިވެއެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި މި ޤަރާރު ފަރުމާކޮށްފައި ވަނީ ރައީސް ޝީގެ މަޤާމާއި ދަރަޖަ ޗައިނާގެ ޒަޢީމު މައޮގެ ދަރަޖައާއި މަޤާމާ ހަމައަށް އުފުއްލުމަށާއި ޝީގެ ކުރިމަގު އަމާންކޮށްދިނުމަށް ޓަކައެވެ. އަދި 2018ވަނަ އަހަރު ކޮމިއުނިސްޓް ޕާޓީން ވަނީ ޝީގެ ރިޔާސީ މުއްދަތު ވަކި މުއްދަތެއް ކަނޑަނާޅައި އައުކޮށްދީފައެވެ. ކޮމިއުނިސްޓް ޕާޓީގެ ބަޔާން ބުނާގޮތުގައި ޝީއަކީ މަރްކަޒީ ކޮމެޓީއާއި ޕާޓީގެ ބޮޑު ޖަވާހިރެކެވެ. ޤައުމުގެ ތަރައްޤީ ކުރިއަށް ގެންދިޔުމަށާއި ޗައިނާއަށް ދިރުން ދިނުމަށް ޓަކައި ޝީގެ މަޤާމު ހަރުދަނާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ވިއެނާ ޔުނިވަރސިޓީގައި ޗައިނާގެ ކޮމްޔުނިސްޓް ޕާޓީއާ ބެހޭ މާއްދާ ކިޔަވާދެއްވާ މުޙާޟިރު ލިންގް ލީ ވިދާޅުވާގޮތުގައި މި ޤަރާރުގެ ބޭނުމަކީ ޝީގެ ޒަޢާމަތުގައި ޗައިނާ ހޯދާފައިވާ ކުރިއެރުންތައް ޗައިނާގެ ރައްޔިތުންގެ ބޮލަށް ވެއްދުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް