Support Us

ރަޝިޔާގެ ރައީސް ޕޫޓިން އަދި އެމެރިކާގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރ ބިލް ބަރންޒް (ވ)

އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ކުއްލި ގޮތަކަށް މޮސްކޯއަށް ވަޑައިގެންފި

އެމެރިކާގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރ ބިލް ބަރންޒް ރައީސް ބައިޑްންގެ އެދިވަޑައިގަތުމަކަށް މޮސްކޯއަށް ކުއްލި ދަތުރުފުޅެއް މިދިޔަ ހަފުތާގައި ކުރައްވާފައިވާ ކަމަށް ސީއެންއެނުން ބުނެފިއެވެ. އޭނާ މޮސްކޯއަށް ވަޑައިގަތީ ޔުކްރޭން ސަރަޙައްދު ކައިރީގައި ރަޝިޔާގެ ޢަސްކަރީ ބާރުތައް ވަރުގަދަކުރަމުން ގެންދާތި އެމެރިކާ އެކަމާމެދު ކަންބޮޑުވާކަން ރައީސް ޕޫޓިނަށް ދެންނެވުމަށް ޓަކައެވެ. އަދި ރަޝިޔާއިން އެ ކަން ކުރަމުން ދަނީ ކޮން ނިޔަތެއްގައިތޯ އޮޅުންފިލުއްވުމަށް ޓަކައެވެ.

ރައީސް ޕޫޓިންގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި ވާހަކަދެއްކުންތަކެއް ބޭއްވުނެވެ. ސީއެންއެންގެ ރިޕޯޓް ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭންގެ މަސްއަލައިގެތެރެއަށް މާ ފުޅައު ގޮތެއްގައި ވަދެދާނެތީ ވޮޝިންގްޓަން ކަންބޮޑުވެއެވެ.

މި ރިޕޯޓް ބުނާގޮތުގައި ވޮޝިންގްޓަން ދެކޭ ގޮތުގައި މިއީ "ވަރަށް ސީރިޔަސް" މަސްއަލައެއް ކަމަށް ރައީސް ބައިޑްން ދެކެވަޑައިގަންނަވައެވެ. އެއީ "އަރައިގަތުމަކަށް" ނުވަތަ "ވަދެގަތުމެއް ކަމަށް" ނުބެލުން ވާނީ "ގަމާރު" ކަމެއް ކަމަށް ވޮޝިންގްޓަން ދެކެއެވެ.

މޮސްކޯގައި ބޭއްވުނު ވާހަކަދެއްކުންތަކާ ބެހޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޕޫޓިންގެ ތަރްޖަމާނު ބިސްކޯފް ފޯނުން ވިދާޅުވިއެވެ. "ވާހަކަދެކެވުނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކާއި ސަރަޙައްދީ އަރާރުންތަކާއި ޑިޕްލޮމެޓިކް ޙާލަތާ ބެހޭގޮތުންނެވެ." އިތުރަށް ވިދާޅުވިއެވެ. "ސައިބަރާނީ ސަލާމަތާއި އަމްނާ ބެހޭގޮތުން ބަހުސް ކުރެވުނެވެ."

ސީއެންއެނަށް ޚަބަރު ދިން ފަރާތްތަކުން މި މަސްއަލައާމެދު ދެކެނީ ތަފާތު ނަޒަރުތަކަކުންނެވެ. ބައެއް މަޞްދަރުތައް ބުނާގޮތުގައި ރަޝިޔާއިން އެތާނގައި ތައްޔާރުވަމުން ދަނީ ޢަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށެވެ. އަނެއްބައި މަޞްދަރުތައް ދެކޭގޮތުގައި ރަޝިޔާގެ ޢަމަލަކީ ޔުކްރޭން ބިރުގެންނެވުމެވެ.

ޔުކްރޭންގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި މިއީ "އެ ސަރަޙައްދު ނުތަނަވަސްކަން" މަތީގައި ބެއްވުމަށް ކުރަމުންދާ ކަމެކެވެ. މި ކަމުގެ ބޭނުމަކީ "ސިޔާސީ ފިއްތުންތައް" އިތުރު ކުރުމެވެ.

އެމެރިކާގެ ދެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ނެގިފައިވާ ފޮޓޯތަކުން ފެންނަނީ ރަޝިޔާގެ ޓޭންކްތަކާއި ބޮޑު ބަޑިތައް ރަޝިޔާގެ ބްލަންޔާ ސަހަރު ކައިރިއަށް ޖަމާކޮށްފައިވާ ތަނެވެ. ރައީސް ބައިޑްން އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ މޮސްކޯއަށް ފޮނުއްވީ މަސްރަޙު އިތުރަށް ހޫނުވިޔަ ނުދިނުމަށް ޓަކައެވެ. އެމެރިކާއިން ރަޝިޔާގެ ޙަރަކާތްތައް ވަރަށް ކައިރިން ބަލަމުންދާކަން އެންގެވުމަށް ޓަކައެވެ.

ބަރންޒް ވިދާޅުވިގޮތުގައި ރަޝިޔާއިން ޔޫރަޕަށް އެތެރެ ކުރާ ގޭހަކީ ވެސް އެމެރިކާ އެކަމާމެދު ކަންބޮޑުވާ ކަމެކެވެ. މި ގޭސް ޔޫރަޕަށް ފިއްތުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިފާނެތީއެވެ. ފިނި މޫސުމުގައި ޔޫރަޕަށް ގޭސް ވަރަށް ބޮޑަށް ބޭނުން ވާނެއެވެ.





މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް