ޓައިވާނުގެ ކުރިމަގު ކަނޑައެޅުމުގައި ޗައިނާ އާއި އެމެރިކާއާ ދެމެދުގައި ކުރިމަތިލުމެއް ހިނގައިފާނެ ކަމަށް ޗައިނާގެ ރަސްމީ މީޑިއާއިން ބުނެފިއެވެ. މި ކުރިމަތިލުން ވެގެން ދާނީ "މަރު ނުވަތަ ޙަޔާތަށް" ކަމަށް މީޑިއާއިން ސިފަކުރިއެވެ.
އެމެރިކާގެ ނިވްސްވީކް މަޖައްލާ ނޮވެންބަރު 6ގައި ބުނިގޮތުގައި ޓައިވާނުގެ ސަބަބުން ވޮޝިންޓަނާއި ބޭޖިންގާ ދެމެދުގައިވާ ޖައްވު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެ ހަލަބޮލި ވެފައެވެ.
ޗައިނާގެ ކޮމްޔުނިސްޓް ޕާޓީން ހިންގާ ދުވަހު ނޫސް The Global Times ގެ އެޑިޓޯރިއަލް ބުނާގޮތުގައި ޗައިނާގެ ކަނޑުގެ ބާރުތައް "ފުޅައުވަމުން" ދާތީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ވަޒީރު ކާރލޮސް ޑެލް ޓްރޯ މި ދިޔަ ހަފުތާގައި ވަނީ ކަންބޮޑުވުން ހާމަ ކުރައްވައިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ގަދަ ބާރުން ޓައިވާން ހިފުމަށް ޗައިނާއިން ޙަރަކާތްތެރިވެދާނެއެވެ. ޑެލް ޓޯރޯއަށް ވަޒީރުކަން ލިބިވަޑައިގަތީ މި ދިޔަ އޮގަސްޓް މަހުގައެވެ. ވަޒީރުކަމުގެ ހުވާކުރެއްވުމަށް ފަހު ހާމަކުރެއްވި ގޮތުގައި އެމެރިކާއަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާއެވެ.
ޗައިނާގެ ބިންތައް އެއް ދައުލަތަކަށް ހެދުން
ޗައިނާގެ ކޮމްޔުނިސްޓް ޕާޓީގެ މި ނޫސް ބުނިގޮތުގައި އެމެރިކާއިން ކިތަންމެ ވަރަށް ބިރު ދެއްކިއަސް ޗައިނާގެ ބިންތައް އެއް ދައުލަތަކަށް ވެގެންދާނެ ކަން އެމެރިކާއަށް ވިސްނައިދޭން އެބަޖެހެއެވެ. މި ނޫސް ބުނިގޮތުގައި "އެއް ދައުލަތަކަށް ހެދުމުގެ މަސައްކަތަށް ހުރަސްއެޅުމަކީ އަސާސީ ކުރިމަތިލުމެކެވެ."
މި ނޫސް ބުނިގޮތުގައި އެމެރިކާއާ ދެކޮޅަށް ހަތިޔާރުގެ ވާދަވެރިކަމެއްގެ" ތެރެއަށް ވަންނާކަށް ބޭޖިންގެއް ނޭދެއެވެ. އެހެނަސް ޗައިނާގެ "ވާދަވެރީންނާ ހަނގުރާމަ ކުރުމުގެ ޤާބިލުކަން" ބޭޖިންގަށް ލިބިގެންވެއެވެ.



advertisment