Support Us

ނިޔުކްލިއަރު އެއްބަސްވުމަށް އިޙްތިރާމު ކުރުމަށް ހުޅަނގުގެ 4 ބާރުން އީރާނަށް ގޮވައިލައިފި

ނުރައްކާތެރި ޙާލަތަކަށް ދިޔުމުގެ ކުރިން ނިޔުކްލިއަރ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރާން އަލުން ފެށުމަށް ހުޅަނގު ހަތަރު ބާރުން އީރާނަށް ރޭ ގޮވައިލައިފިއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތާއި ޖަރްމަނުގެ ޒަޢީމުން ރޯމުގައި ރޭ ބައްދަލު ކުރެއްވުމަށްފަހު ހާމަކުރެއްވި ގޮތުގައި އެބޭފުޅުން އުންމީދު ކުރައްވަނީ ވާހަކަދައްކައިގެން މި މަސްއަލައަށް ޙައްލެއް ފެންނާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ބައިޑަނާއި ޖަރްމަނުގެ މުސްތަޝާރާ މަރްކަލާއި ފަރަންސޭސި ރައީސް މެކަރޯނާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ނެރުއްވި ގުޅިފައިވާ ބަޔާން ބުނާގޮތުގައި "އީރާނުން ރާސްތާ ބަދަލުކޮށްފިނަމަ މިއީ ކުރެވިދާނެ ކަމެކެވެ."

ރޯމް ބައްދަލުވުމުގެ ހަވާސާމަތީގައި ހަތަރު ޒަޢީމުން ރޯމްގައި ރޭ ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ބަޔާނުގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީއަށް މި ފުރްޞަތުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ކުރެއްވުމަށް ގޮވައިލެއްވިއެވެ. ވާހަކަދެއްކުންތައް ރަނގަޅު ނިޔަތެއްގައި ފެށިއްޖެނަމަ އަވަސް ނަތީޖާއަކާ ހަމައަށް ދެވިދާނެކަމަށް މި ބޭފުޅުން ވިދާޅުވިއެވެ.

ވިއެނާގައި ބޭއްވުނު ވާހަކަދެއްކުމުގެ ހަ ބުރުން ވަނީ އަމާޒަށް ވާޞިލުނުވެވިފައެވެ.

ހުޅަނގުގެ ހަތަރު ޒަޢީމުން ވިދާޅުވިއެވެ. "މަސްއަލަ އިތުރަށް ހޫނުވެގެން ދިޔުން މަނާކުރުމަށް ލިބިފައިވާ އަމާން މަގަކީ ވާހަކަދައްކައިގެން މަސްއަލަ ޙައްލު ކުރުމެވެ. މަސްއަލަ އިތުރަށް ހޫނުވެގެން ދިޔުމަކީ އެއްވެސް ޤައުމެއްގެ މަޞްލަޙަތު ނިޔާކުރާ ކަމެއްނޫނެވެ. "

ނިޔުކްލިއަރ އެއްބަސްވުމަށް ޢަމަލު ކުރުން އީރާނުން ހުއްޓައިލީ 2018ގައި ރައީސް ޓްރަމްޕް މި އެއްބަސްވުމުން އެމެރިކާ ބޭރަށް ލެއްވުމުންނެވެ. އެމެރިކާ މި އެއްބަސްވުމުން ވަކިވުމުން އީރާނުން ވަނީ އެ ޤައުމުގައި ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް އަލުން ފަށައިފައެވެ.

ޖަރްމަނުގެ މުސްތަޝާރާ މަރކްލް ހާމަކުރެއްވިގޮތުގައި އީރާނުން ޔޫރޭނިއަމް މުއްސަނދި ކުރަން ފެށުމަކީ އެކަމާމެދު ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެކަމަނާ ވިދާޅުވިއެވެ. "އަހަރެމެންގެ އެދުމަކީ ވާހަކަދެއްމުގެ މޭޒުދޮށަށް އީރާނު އައުމެވެ. ވާހަކަދެއްކުންތައް ހުއްޓިފައި އޮތުމަކީ އަހުރެމެން ކަންބޮޑުވާ ކަމެކެވެ."

ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ބޭއްވޭ ވާހަކަދެއްކުންތަކުގައި ބައިވެރިވާ އީރާނު ވަފްދުގެ ރައީސް ވިދާޅުވާގޮތުގައި ވާހަކަދެއްކުންތައް ނޮވެންބަރު މަހުގެ ފަހުކޮޅުގައި ފެށޭނެއެވެ.

މި ވާހަކަދެއްކުންތައް ފެށޭނީ ކޮންއިރަކުންތޯ ނޫސްވެރިއަކު ރައީސް ބައިޑްނަށް ދެންނެވުމުން ވިދާޅުވިއެވެ. "އެއީ ފަށަން ހަމަޖެހިފައިވާ ކަމެކެވެ."
އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ސިޔާސަތު އެކައްޗަކަށް ހަދައިފިނަމަ މަސްއަލައަށް ވަރަށް އަވަހަށް ޙައްލެއް ގެނެވިދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި އެންމެ ރަނގަޅު ޙައްލަކަށް ވާނީ ސިޔާސީ ޙައްލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް