Support Us

ފަރަންސޭސި ވިލާތަށްވުރެ ވަފާތެރިކަން ބޮޑު އެކުވެރިއެއް ނެތް: ބައިޑްން

އަޑިންދާބޯޓުގެ މަސްއަލައަށްފަހު އެމެރިކާގެ ރައީސް ބައިޑްން ފަރަންސޭސި ރައީސް މެކަރޯނާ ރޭ ބައްދަލު ކުރައްވައިފިއެވެ. މި ދެބޭފުޅުން ބައްދަލު ކުރެއްވީ އިޓަލީގައި ބޭއްވެމުންދާ 20 ޖަމާޢަތުގެ ސަމިޓްގެ ހަވާސާމަތީގައެވެ. މި ބައްދަލުވުމަށްފަހު ބައިޑްން ވިދާޅުވި ގޮތުގައި ފަރަންސޭސި ވިލާތަށް ވުރެ ވަފާތެރިކަން ބޮޑު އެކުވެރިއެއް އެމެރިކާއަށް ލިބިގެން ނުވެއެވެ.

ރައީސް ބައިޑްން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ފަރަންސޭސި ވިލާތާއެކު އެމެރިކާއަށް އެއްބާރުލުން ޤާއިމު ނުކުރެވޭނެ ތަނެއް މި ދުނިޔެ މައްޗަކު ނެތެވެ. "ރައީސް ބައިޑްން ސިފަކުރެއްވި ގޮތުގައި އަޑިންދާބޯޓުގެ މަސްއަލައިގައި ފަރަންސޭސިވިލާތާއެކު ކުރެވިފައިވާ މުޢާމަލާތަކީ "މޮޔަ" މުޢާމަލާތެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ.

އެމެރިކާއާއި އޮސްޓްރޭލިޔާއާއި އިނިގިރޭސިވިލާތުން އަޑިންދާބޯޓާ ބެހޭގޮތުން ޤާއިމުކުރި އެއްބާރުލުމުގެ ސަބަބުން އޮސްޓްރޭލިޔާއާއި ފަރަންސޭސިވިލާތާ ދެމެދުގައި އަޑިންދާބޯޓާ ބެހޭގޮތުން 2016ގައި ހަދާފައިވާ އެއްބަސްވުން ވަނީ ޢަމަލީގޮތުން ކެންސަލްވެފައެވެ.

ރައީސް ބައިޑްން އިޝާރަތް ކުރެއްވިގޮތުގައި އޮސްޓްރޭލިޔާއާއެކު ހެދިފައިވާ އެއްބަސްވުން ފުރިހަމަނުކުރާނެކަން މިހާރު ވާނީ ފަރަންސޭސި ވިލާތަށް އަންގަވައިފައެވެ.

ބައިޑްން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެންނަށް ކުރެވުނު ކަމަކީ "ލިޔާޤަތްތެރި" ކަމެއްނޫނެވެ. ސާފު ޞަރީޙުކޮށް ބުނާނަމަ ބުނަން ޖެހޭނީ ފަރަންސޭސިވިލާތަކީ އަހުރެމެން ވަރަށް ޤަދަރު ކުރާ ބައިވެރިއެކެވެ. އެ ޤައުމަކީ އެ ޤައުމުގެ ޒާތުގައި ވެސް ބާރެކެވެ.

ކުރިމަގަށް މުހިއްމު

މި ބައްދަލުވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މެކަރޯން ވިދާޅުވިއެވެ. "މި ބައްދަލުވުމަކީ ވަރަށް މުހިއްމު ބައްދަލުވުމެކެވެ. އެއީ ކުރިމަގަށް ޓަކައި ޟަރޫރީ ކަމެކެވެ."

މެކަރޯން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނޫސްވެރީންނަށް ވިދާޅުވިއެވެ. "އިތުބާރުކުރުމަކީ ލޯތްބާ އެއްފަދަ އެއްޗެކެވެ. ފާޅުކުރާ ބަސްތައް  ރަނގަޅުވާން ޖެހޭނެއެވެ. އެހެނަސް އެންމެ މުހިއްމު ކަމަކީ ދަލީލެވެ."

ރައީސް ބައިޑްނާއި ރައީސް މެކަރޯންގެ ސަމިޓް ބޭއްވުނީ ވެޓިކަން ސިޓީގައި ހުންނަ ފަރަންސޭސި އެންބެސީގައި 20 ޖަމާޢަތުގެ ބައްދަލުވުންތައް ފެށުމުގެ ކުރިންނެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހާއި 31ވަނަ ދުވަހުއެވެ.

މި ބައްދަލުވުމަށްފަހު ރައީސް ބައިޑްން ވަޑައިގަންނަވާނީ ގްލާސްގޯގައި ބޭއްވޭ މޫސުމާބެހޭ ސަމިޓަށެވެ. މި ސަމިޓް ފެށޭނީ 1 ނޮވެންބަރުގައެވެ. ގްލާސްގޯ ބައްދަލުވުމަކީ 124 ޤައުމުގެ ބޮޑު މަހާސިންތާއެކެވެ. މި ބައްދަލުވުމުގެ އަސާސީ މަޤްޞަދަކީ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހިތްވަރުދީ އެ ޚިޔާލު ވަރުގަދަކޮށް ޢަމަލީ މައިދާނަށް ނެރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް