އިޓަލީވިލާތުގެ އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު ފްރެންޗެސްކޯ މޮރިއޭރޯ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެ މިއަދު މާލެ އަތުވެއްޖެއެވެ.
ރޯމާ އާއި ނަޕޯލީ އަށް ވެސް ކުޅުނު މޮރިއޭރޯ، 52، ގައުމީ ޓީމާ މި ހަވާލުވީ އެއް އަހަރު ދުވަހުގެ އެގްރީމަންޓެއްގެ ދަށުންނެވެ.
ވޯލްޑްކަޕް 1998 ގައި ވާދަކުރި އިޓަލީ ޓީމުގައި ހިމެނުނު މޮރިއޭރޯ މިއަދު ހެނދުނު ރާއްޖެ އައިސް އެފް.އޭ.އޭ އެމަށް ޒިޔާރާތްކޮށް ބައެއް އިސް އޮފިޝަލުންނާ ވަނީ ބައްދަލުކޮށްފައެވެ.
އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވަނީ މޮރިއޭރޯ އަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވައިފައެވެ.
It’s an honor to introduce our new National senior Men’s Head Coach Mr. Francesco Moriero.
Welcome to the Maldives, Coach 🙏🏽 pic.twitter.com/arUxI2TtVJ
— Bassam Adeel Jaleel (@bassam_jaleeI) October 21, 2021
ބައްސާމް ވިދާޅުވީ ދިވެހި ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވިކަން އިއުލާންކުރެއްވުމަކީ ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ.
މޮރިއޭރޯ އެންމެ ފަހުން ކޯޗުކޮށްދީފައި ވަނީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގައެވެ. މިއީ ގައުމީ ޓީމެއްގެ ކޯޗުކަމާ އޭނާ ހަވާލުވި ފުރަތަމަ ފަހަރެވެ.