Support Us

23 އަހަރުންދަށުގެ ގައުމީ ޓީމާ ހަވާލުވާން ސުޒެއިން ބަހުރެއިނަށް

19:35

އޭ.އެފް.ސީ އޭޝިއަން ކަޕް 23 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ޓީމާ ހަވާލުވާން ކޯޗު އަލީ ސުޒެއިން ބަހުރޭނަށް ފުރައިފިއެވެ. މިރޭގެ ފްލައިޓުން ސުޒެއިނާއެކު އެސިސްޓެންޓް ކޯޗު އިމްރާން މުހައްމަދާއި ސީނިއަރ ގައުމީ ޓީމުގެ އިތުބާރު ކުޅުންތެރިޔާ ހައިޝަމް ހަސަން ވެސް ބަހުރޭނަށް ދިޔައެވެ.

ބަހްރޭނުގައި އޮކްޓޫބަރު 25-31 އަށް އޮންނަ ގްރޫޕު މެޗުތަކުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމު މި މަހު 18 ގައި ވަނީ ބަހުރޭނަށް ގޮސް ކޭމްޕްކޮށްފައެވެ. ޓީމު ތައްޔާރުވަމުން އަންނަނީ އެސިސްޓެންޓް ކޯޗު ސޮބާ މުހައްމަދުގެ ބެލުމުގެ ދަށުންނެވެ.

އޭ.އެފް.ސީ އޭޝިއަން ކަޕް 23 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ޓީމު

އުޒްބެކިސްތާނުގައި އަންނަ އަހަރު އޮންނަ އޭ.އެފް.ސީ އޭޝިއަން ކަޕް 23 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތަށް ކޮލިފައި ވުމަށްޓަކައި ކުޅޭ ގްރޫޕު މެޗުތަކުގައި ފުރަތަމަ ދުވަހު ރާއްޖެ ވާދަކުރަން ޖެހޭނީ އިރާގާއެވެ. ދެ ވަނަ މެޗުގައި އޮކްޓޫބަރު 28 ގައި ވާދަކުރަންޖެހޭނީ ބަހުރޭނާއެވެ. ގްރޫޕުގެ ފަހު މެޗުގައި އޮކްޓޫބަރު 31 ގައި ވާދަކުރާނީ އަފްގާނިސްތާނާއެވެ. މި ގްރޫޕުން އެއް ވަނައަށް ދާ ޓީމެއް ދެ ވަނަ ބުރަށް ދާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ނެތީތޯ މިރާއްޖޭގައި ކޯޗެއް ވެސް. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް އެކުޅެވުނީ ފުޓްބޯޅަތޯ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *