Support Us

އަފްޣާން ސަރަޙައްދީ ރޮނގު ކައިރީގައި ޢަސްކަރީ ތަމްރީނުތަކެއް

ރަޝިޔާ ބައިވެރިވެގެން ޠަޖިކިސްތާނު – އަފްޣާނިސްތާނު ސަރަޙައްދީ ރޮނގު ކައިރީގައި ވަރުގަދަ ޢަސްކަރީ ތަމްރީނުތަކެއް ބާއްވަން އިއްޔެ ނިންމައިފިއެވެ. މި ތަމްރީނުތައް މި ބޭއްވެނީ އެ ސަރަޙައްދުގެ ޤައުމުތަކާއި ޠާލިބާނުންނާ ދެމެދުގައި ވާހަކަ ދެއްކުންތައް ފެށުމަށް ހަމަޖެހިފައިވާ ވަގުތެއްގައެވެ.

ޠަޖިކިސްތާނަށް ބަލާއިރު އެ ޤައުމަކީ އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރު ޤަބޫލުކުރުމާ ދެކޮޅު ހަދާ އަވަށްޓެރި ޤައުމެކެވެ. އަފްޣާނިސްތާނުގެ އަވަށްޓެރި އުތުރު އެހެން ޤައުމުތަކުން ވަނީ ޠާލިބާނުންގެ ސަރުކާރު ޤަބޫލުކޮށްފައެވެ. އެ ޤައުމުތަކުން ދަނީ ޙަޤީޤީ ޙާލަތަށް ރިޢާޔަތްކޮށް ޠާލިބާނުންގެ ސަރުކާރާއެކު މުޢާމަލާތު ކުރަމުންނެވެ.

ރަޝިޔާ ބައިވެރިވާ ޢަސްކަރީ ތަމްރީނުތައް

ރަޝިޔާއާއި ޠަޖިކިސްތާނު ބުނާގޮތުގައި މި ތަމްރީނުތަކުގައި ފަސްހާހެއްހާ ސިފައިން ބައިވެރިވާނެއެވެ. އޭގެތެރެއިން 50 އިންސައްތަ އަކީ ރޫސީ ސިފައިންނެވެ. މި ތަމްރީނުތަކުގައި ބައިވެރިވާ ޤައުމުތަކަކީ ޖަމާޢީ އަމްނާ ބެހޭ މުޢާހަދާގެ ޖަމްޢިއްޔާގެ މެންބަރުންނެވެ. މި ތަމްރީނުތައް ހަ ދުވަހަށް ދެމިގެންދާނެ ކަމަށް ޠަޖިކިސްތާނުން ބުނެއެވެ. މި ހުސްވި އޮގަސްޓް މަހު އަފްޣާނިސްތާނު ސަރަޙައްދީ ރޮނގު ކައިރީގައި ރަޝިޔާއާއި މެދުތެރޭ އޭޝިޔާގެ ޤައުމުތައް ގުޅިގެން ތަންކޮޅެއް ކުޑަ ތަމްރީނުތަކެއް ވަނީ ބާއްވައިފައެވެ. މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ލައިފައި ހަރުކަށި ޖަމާޢަތްތައް ރަޝިޔާތެރެއަށް ވަދެދާނެތީ މޮސްކޯ ވަރަށް ކަންބޮޑުވެއެވެ. މޮސްކޯ ދެކޭގޮތުގައި މެދުތެރޭ އޭޝިޔާ ޤައުމުތަކަކީ މޮސްކޯއަށް ލިބިފައިވާ އައްޑަނައެކެވެ. ޠަޖިކިސްތާނުގައި ރަޝިޔާގެ ޢަސްކަރީ ބޭހެއް އޮވެއެވެ. ޠަޖިކިސްތާނު ބުނާގޮތުގައި އެ ޤައުމުގެ ސަރަޙައްދީ ރޮނގު ފޫއަޅުވާލައިފައި ރަޝިޔާތެރެއަށް ވަންނަން އުޅޭ ޖަމާޢަތްތައް ހުއްޓުވުމުގައި ދޯޝަންބޭ އިން މޮސްކޯއަށް އެހީވާނެއެވެ.

ޠާލިބާނުންގެ އިސް ވަފްދެއް މޮސްކޯއަށް

ހަމަޖެހިފައިވާ ގޮތުގައި މި ހަފުތާގެ ފަހުކޮޅުގައި ޠާލިބާނުންގެ އިސް ވަފްދެއް މޮސްކޯއަށް ދާނެއެވެ. އެއީ ޗައިނާއާއި ޕާކިސްތާނާއި އިންޑިއާއާއި އިރާން ބައިވެރިވާ ސަރަޙައްދީ ބައްދަލުވުމެއްގައި ބައިވެރިވުމަށް ޓަކައެވެ.

އަނެއްކޮޅުން ބަލާއިރު އަފްޣާނިސްތާނާ ބެހޭ ރައީސް ޕޫޓިންގެ މަންދޫބު ސަމީރު ކަބްލޯފް ހާމަކުރައްވާ ގޮތުގައި މިއަދު ރަޝިޔާއާއި އެމެރިކާއާއި ޗައިނާއާއި ޕާކިސްތާނުގެ މަސްއޫލުވެރީން މޮސްކޯގައި ވަކިވަކިން ބައްދަލު ކުރައްވާ އަފްޣާނިސްތާނާމެދު ބަޙުސް ކުރައްވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް