Support Us

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހާ ހޯދަން އޭނާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ، މއ. ބިންމާވިލާ، އިސްމާޢީލް ވަޙީދު، 52، އެވެ.

"އިސްމާޢީލް ވަޙީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 އޮކްޓޯބަރ 12 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ." ފުލުހުންގެ ވެބްސައިޓުގައިވާ ބަޔާނުގައިވެއެވެ.

"ވީމާ، މީނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *