Support Us

އީރާނުގެ ނިޔުކްލިއަރ މަރްކަޒުތައް ބެލުމުގެ ހުއްދަދިނުން ނޫނީ ޢުޤޫބާތާ ކުރިމަތިލުން

އީރާނުގެ ކަރަޖުގައި ހުންނަ އެކުވެނީގެ ވަރކްޝޮޕްގައި ކުރަމުންދާ މަސައްކަތްތަކަށް ފާރަލުމަށް ޓަކައި ކެމެރާތައް ބެހެއްޓުމުގެ ހުއްދަ އީރާނުން  ޒައްރީ ހަކަތައާބެހޭ ބައިނަލްއަޤްވާމީ އޭޖެންސީއަށް ނުދޭނަމަ ޠަހަރާނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އެމެރިކާއިން ރޭ ބުނެފިއެވެ. އެމެރިކާ ބުނިގޮތުގައި އެ އޭޖެންސީގެ ގަވަރުނަރުންގެ ބޯޑުން އީރާނާ ދެކޮޅަށް އަޅާ އެއްވެސް ފިޔަވަޅަކާ ވޮޝިންގްޓަނުން ދެކޮޅެއް ނަހަދާނެއެވެ.

މި ޢެޖެންސީގެ ގަވަރުނަރުންގެ ބޯޑުގެ މަޖިލީހުގައި އެމެރިކާގެ މަންދޫބު ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ފަސްކުރުމެއްނެތި ޒައްރާ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން އެދޭ ކަންތައްތައް ކުރެވޭނެ މަގު އީރާނުން މި އޭޖެންސީއަށް ތަނަވަސްކޮށްދޭންވާނެއެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އީރާނުން މި އެދުމަށް އިޖާބަ ނުދީފިނަމަ ގަވަރުނަރުންގެ ބޯޑުގެ މަޖިލީހުގައި އެކަމާމެދު މަޝްވަރާކޮށް އެކަށީގެންވާ ފިޔަވަޅެއް އެޅޭނެއެވެ."

މިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވައިޓްހައުސްގެ ތަރްޖަމާނު ޖީން ސާކީ ވިދާޅުވިގޮތުގައި "އީރާނާއެކު ވާހަކަދެއްކުންތައް ބޭއްވުމަށް އަހުރެމެން ދަހިވެތިވަމުއެވެ."

އަނެއްކޮޅުން ބަލާއިރު ފަރަންސޭސީ ޚާރިޖީ ވަޒީރު ލޯ ޑްރިއާން ވިދާޅުވާގޮތުގައި ނިޔުކްލިއަރ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދެއްކުންތައް ފެށުން ލަސްވުމަކީ ބޮޑު މަސްއަލަތަކެއް ކުރިމަތިކޮށްފާނެ ކަމެކެވެ. އދ ގެ ޢާއްމު ޖަމްޢިއްޔާގެ ކުރިމަތީގައި ދާދިވަރުކޮށް ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި "ވަގުތު އޮތީ އީރާނާ އެއްކޮޅުގައި ކަމަށް ބަލައިގެން ނުވާނެއެވެ."

ޢުމާނުގެ ޚާރިޖީ ވަޒީރު ބަދްރުލް ބޫ ސަޢީދީ ވިދާޅުވިގޮތުގައި އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ބެހޭ ވާހަކަދެއްކުންތައް ހުރިހާ ފަރާތްތަކެއް ރުހޭގޮތަށް ކުރިއަށް ގެންދެވުމަކީ ޢުމާނު އެދޭ ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ އެ ސަރަޙައްދަށާއި ދުނޔެއަށް ފައިދާހުރި ކަމެކެވެ.

އީރާނު ބުނަނީ ކީކޭ

މި ކަމާ ބެހޭގޮތުން ޒައްރީ ހަކަތައާ ބެހޭ އީރާނުގެ އިދާރާ  ބުނާގޮތުގައި ޒައްރީ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީގެ ރިޕޯޓަކީ އޮޅުވައިލުންތަކެއް ހިމެނޭ ދޮގު ރިޕޯޓެކެވެ.އީރާނުން ބުނާގޮތުގައި އެ ޤައުމުން ވާނީ ބައިނަލްއަޤްވާމީ އޭޖެންސީއަށް އެ ކަމާ ދެކޮޅު ހަދާ ސިޓީއެއް ފޮނުވައިފައެވެ. އީރާނުން ސިފަކުރާގޮތުގައި މިއީ "ބިނަކުރަނިވި ރިޕޯޓެއް" ނޫނެވެ. މި ސިޓީގައި އެ އޭޖެންސީގެ ޑިރެކްޓަރު ވަނީ ޠަހަރާނާ މި އޭޖެންސީއާ ދެމެދުގައި އޮތް ފަހިމަގަށް ހުރަސްނޭޅޭ ގޮތަށް މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ވިއެނާގައި ހުންނަ މި އޭޖެންސީއަށް އީރާނުން ކަނޑައަޅާފައިވާ މަންދޫބު ކާޡިމު ޣަރީބު އާބާދީ ވިދާޅުވާގޮތުގައި ކަރަޖު ގައި ހުންނަ އީރާނުގެ ނިޔްކްލިއަރ މަރްކަޒާ ބެހޭގޮތުން މި އޭޖެންސީގެ ޑިރެކްޓަރުގެ ރިޕޯޓަކީ ޙަޤީޤަތް އޮޅުވައިލައިފައިވާ ދޮގު ރިޕޯޓެކެވެ. އެއީ ދެ ފަރާތުގެ ދެމެދުގައި އޮތް ފަހްމުނާމާއާ ފުށުއަރައި ރިޕޯޓެކެވެ. މި ރިޕޯޓް ބުނާގޮތުގައި މި އޭޖެންސީގެ ކެމެރާތައް އެ މަރްކަޒުގައި ބެހެއްޓުމުގެ ހުއްދަ އީރާނަކުން ނުދިނެވެ. މި ރިޕޯޓް ބުނާގޮތުގައި މި މަރްކަޒަކީ ޔޫރޭނިއަމް މުއްސަނދި ކުރަމުންދާ މަރްކަޒެކެވެ. ޣަރީބު އާބާދީ އޭނާގެ ޓްވީޓަރުގައި ވިދާޅުވެފައިވާ ގޮތުގައި ކަރަޖުގެ މަރްކަޒުގައި ކެމެރާތައް ބަހައްޓަން މި އުޅެނީ ސިޔާސީ މަޤްޞަދުތަކެއް ޙާޞިލު ކުރުމަށެވެ. އެއީ ޤާނޫނީ ކަމެއްނޫނެވެ. އެހެންކަމުން އެއީ ބައިނަލްއަޤްވާމީ އޭޖެންސީއަށް ލިބިގެންވާ ޙައްޤެއްނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް