Support Us

ދުނިޔޭގެ ޒަޢީމުންގެ ކުރިފުޅުމަތީގައި އިމްރާން ޚާން މޯޑީއަށް ވަރުގަދަ ޙަމަލާއެއް ދެއްވައިފި

ސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ހުކުރު ދުވަހު އދގެ ޢާއްމު ޖަމްޢިއްޔާގެ 76ވަނަ ދައުރުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއަށް ވަރަށް ހޫނު ޙަމަލާތަކެއް ދެއްވައިފިއެވެ.

އދ ގެ ޢާއްމު ޖަމްޢިއްޔާގެ އަހަރި ޖަލްސާގައި ޚާން ތުހްމަތު ކުރެއްވިގޮތުގައި "އިންޑިއާގެ ބޮޑުވަޒީރު ނަރިންދްރާ މޯޑީ ބޭނުންފުޅު ވަނީ އިންޑިއާގެ މުސްލިމުން ނައްތައިލުމަށެވެ." ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ޢިމްރާން ޚާން ތުހްމަތުކުރެއްވި ގޮތުގައި އިންޑިއާއިން ދަނީ "މުސްލިމުންނާ ދެކޮޅަށް ނިރުބަވެރިކަން" ފަތުރަމުންނެވެ.ޢި

މްރާން ޚާން އދގައި ވާހަކަފުޅު ދެއްކެވީ ދާދިވަރުކޮށް ވީޑީއޯ ކޮންފަރެންސް މެދުކޮށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ޒަޢީމުންނާ މުޚާޠަބު ކުރައްވާ ޚާން ވިދާޅުވިއެވެ. "އިންޑިއާގައި މިއަދު ވެރިކަން ކުރަމުން ދަނީ އެންމެ ބޮޑަށް ފެތުރިފައިވާ އަދި އެ އެންމެ ނުބައި ބާވަތުގެ އިސްލާމްފޯބިއާއެވެ." އަނާޟޫލު ނޫސް އޭޖެންސީ ބުންޏެވެ. ޚާން ވިދާޅުވިއެވެ. "އެ ނިޒާމުން އިންޑިއާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ޢަމަލުތައް ހިންގައި ބިރުދައްކަމުން ދެއެވެ. މުސްލިމުންނާ ދެކޮޅަށް އެ ޤައުމުން ދަނީ ތަކްރާރުކޮށް ޤަތުލުޢާއްމުތައް ހިންގަމުންނެވެ."

ޚާން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިންޑިއާއިން ހިފާފައިވާ ޖައްމޫ ކަޝްމީރާ ބެހޭގޮތުން މިހާރު ވަނީ އެންމެ ފަހުގެ ޙައްލު ފަށައިފިއެވެ. އޮގަސްޓް 5, 2019 އިން ފެށިގެން އިންޑިއާއިން ދަނީ އެކަހެރި ގޮތެއްގައި ޤާނޫނީ އިޖްރާއާތުތަކެއް ހިންގަމުންނެވެ. މި އިޖްރާއާތުތަކުގެ ދަށުން ކަޝްމީރީ ޒަޢީމުންތައް ވަނީ ޖަލަށް ލައިފައެވެ. ސުލްޙަވެރި މުޒާހަރާތައް ވަނީ ހަރުކަށި ބާރުން ނައްތާލައިފައެވެ."

ޚާން ބާރުލައްވާ ވިދާޅުވިގޮތުގައި އިންޑިއާއިން ފިޔަވަޅުތައް އަޅަމުން މިދަނީ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކުގެ ޙުރްމަތް ކަނޑަމުންނެވެ. މި ޤަރާރުތައް ސާފު ބަހުން ބުނާގޮތުގައި އަރާރުން އުފެދިފައިވާ ބިމުގެ މަސްއަލަ ނިންމަން ޖެހޭނީ އދގެ ބެލުމުގެ ދަށުން ނެގޭ މިނިވަން ނަޒާހަތްތެރި ފެންނަނުފެންނަ ވޯޓަކުންނެވެ.

އިންޑިއާގެ މައިސަރުކާރުން 2019ގައި ކަޝްމީރުގެ ދާޚިލީ މިނިވަން ވެރިކަން ބާޠިލުކޮށް މައިސަރުކާރުގެ ސީދާ ބާރުގެ ދަށަށް އެ ސަރަޙައްދު ގެނައުމާ ވިދިގެން ކަޝްމީރު ވަނީ ހަލަބޮލި ވެފައެވެ.
ޚާން މި ވަރުގަދަ ޙަމަލާ ދެއްވި ދުވަހު އިންޑިއާގެ ބޮޑުވަޒީރު ވަނީ އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވައިޓް ހައުސްއަށް ވަޑައިގަންނަވައިފައެވެ. ޚާން ތުހްމަތު ކުރެއްވިގޮތުގައި "އިންސާނީ ޙައްޤުތަކާ ދެކޮޅަށް އިންޑިއާއިން ހިންގަމުންދާ ޖަރީމާތަކުގެ ކުރިމަތީގައި އެމެރިކާ ސަރުކާރު ވަނީ ލޯމަރާލައިފައެވެ."

މޯޑީ ވައިޓް ހައުސްގައި ރައީސް ބައިޑްނާ ބައްދަލު ކުރެއްވުމުގެތެރޭގައި އަފްޣާނިސްތާނުގައި ޕާކިސްތާނުން ކުޅެމުންދާ ދައުރާމެދު ކަންބޮޑުވުންތައް ވަނީ ފާޅު ކުރައްވައިފައެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ނޫސްވެރީންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. "އަފްޣާނިސްތާނުގައި ޕާކިސްތާނު ކުޅެފައިވާ ދައުރު ވަރަށް ރަނގަޅަށް ބަލައި ތަޙްޤީޤު ކުރުމަށް އިންޑިއާ ގޮވައިލައެވެ. އެއީ ނިރުބަވެރިކަމުގެ މަސައަލައިގައި ޕާކިސްތާނުގެ ދައުރެވެ."
އަފްޣާނިސްތާނާ ބެހޭގޮތުން ޚާން ވިދާޅުވިއެވެ. "ނިރުބަވެރިކަމާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއިން އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގައި ޕާކިސްތާނަށް ވަނީ 80 ހާސް ރައްޔިތުން ގެއްލިފައެވެ.އިޤްތިޞާދީ ގޮތުން ވަނީ 150 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައެވެ."

ޚާނުގެ ވާހަކަފުޅުގައި އަފްޣާނިސްތާނުގެ އިންސާނީ ޙާލަތު އިހްމާލު ނުކުރުމަށް ދުނިޔެއަށް ގޮވައިލެއްވިއެވެ. މި ކަމުގެ ނުބައި އަސަރު އެންމެ ބޮޑަށް ކުރާނީ ޕާކިސްތާނަށް ކަމަށް އޭނާ ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ނިރުބަވެރީންނަށް ލިބިގެންވާ އަމާން ވެށްޓަކަށް އަފްޣާނިސްތާން ވިޔަ ނުދިނުމަށް އޭނާ ދުނިޔެއަށް ގޮވައިލެއްވިއެވެ.
އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ކުރާނެކަމަށާއި ޝާމިލު ސަރުކާރެއް އަފްޣާނިސްތާނުގައި ޤާއިމު ކުރާނެކަމަށް ޠާލިބާނުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ޠާލިބާނުންނަށް އެހީތެރިވުމަށް ވެސް ޚާން ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް