Support Us

މަރކަލް އަށް އަލްވަދާޢު ދެންނެވުމަށް "ބުދު ކޮއްކޮ"އެއް އުފައްދައިފި

ޖަރްމަނުގެ މުސްތަޝާރާ އެންޖެލާ މަރކަލް ސިޔާސީ މައިދާނުން ވަޑައިގަންނަވާތީ އެކަމަނާއަށް އަލްވަދާޢު ދެންނެވުމަށް ޓަކައި ކުޑަކުދީންގެ ކުޅޭ އެއްޗެހި އުފައްދާ ޖަރްމަނުގެ ކުންފުންޏަކުން އެކަމަނާގެ "ބުދު ކޮއްކޮ"އެއް އުފައްދައިފިއެވެ. އެންޖެލާ މަރކަލް ސިޔާސީ މަސްރަޙުން ވަކިވެވަޑައި މި ގަންނަވަނީ 16 އަހަރު މުސްތަޝާރުކަން ކުރެއްވުމަށްފަހުގައެވެ.

އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް މިއަދު ބުނިގޮތުގައި މި ބުދު އީޖާދުކޮށް އުފެއްދީ ޖަރްމަނުގެ ހަރމަން ޝްޕޭލްވަރަން ((Spielwaren Hermann)) ކުންފުނީންނެވެ. މި ކުންފުންޏަކީ ކުޑަކުދީންގެ ކުޅޭ އެއްޗެހި އުފައްދާ ކުންފުންޏެކެވެ. މި ކުންފުނިން މި ބުދުކޮއްކޮ އުފެއްދީ މަރކަލް އަށް ޖަރްމަނުގައި ލިބިފައިވާ މަޤްބޫލުކަން ހާމަކުރުމަށް ޓަކައެވެ.

މި ނޫސް ބުނާގޮތުގައި މި ކުންފުނިން މި ހުސްވި އޮގަސްޓް މަހު އުފެއްދީ މީގެ އެންމެ 500 ބުދެވެ. އައު ޒަޢީމަކު ހޮވުމަށް މި އަންނަ އާދީއްތަ ދުވަހު ޖަރްމަނުގައި ޢާއްމު އިންތިޚާބެއް ބޭއްވޭނެއެވެ.

ސާރިދޯޅެއްގެ ސިފައިގައި ހަދާފައިވާ މި ބުދުގެ އުސްމިނަކީ 15 އިންޗިއެވެ. ބޮލުގައި އިންދާފައި ވަނީ މަރކަލްގެ އިސްތަށިފުޅާ ވައްތަރުގެ ރަން އިސްތަށިގަނޑެކެވެ. މި އިސްތަށިގަނޑު އޮމާންކޮށްފައިވަނީ މަރކަލް އިސްތަށިފުޅު އޮމާންކުރައްވާ ގޮތަށެވެ. ބުދުގެ ކަރުގައި އަޅުވާފައިވާ ހާރުގެ ފުއްތަކުގައި ހުރީ ޖަރްމަނުގެ ދިދައިގެ ކުލަތަކެވެ. މި ސާރިދޯޅުގެ މޫނު ހަދާފައި ވަނީ ކުޑަކުޑަ ހިނިތުންވުމަކާއެކުގައެވެ.

މި ކުންފުންޏަކީ މީގެ ކުރީން ވެސް ދުނިޔޭގެ މަޝްހޫރު ބައެއް  ޒަޢީމުންގެ ބުދު ކޮއްކޮ އުފައްދާފައިވާ ކުންފުންޏެކެވެ. އޭގެތެރޭގައި ރައީސް ބަރަކް އޮބާމާއާއި ރާނީ އެލިޒަބު (2ވަނަ) ވެއެވެ.

ފުރަތަމަ ފަހަރެއް ނޫން

މިއީ މަރކަލްއާ ބެހޭގޮތުން މި ކުންފުނިން އުފެއްދި ފުރަތަމަ ބުދު ކޮއްކޮއެއްނޫނެވެ. މަރކަލް ޖަރްމަނުގެ މުސްތަޝާރާ ކަމަށް 2005ވަނަ އަހަރު ހޮވުމުން އެކަމަނާއަށް މަރްޙަބާ ދެންނެވުމަށް ޓަކައި ވެސް މި ކުންފުނިން މަރކަލްގެ ބުދުކޮއްކޮއެއް އުފެއްދިއެވެ.

ޖަރްމަނުގެ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ދުނިޔެއާ ކުރިމަތިލާން ޖެހުނު ވަރަށް ގިނަ ބުރަ ދަތިތަކެއްގައި މުސްތަޝާރާ އެންޖެލާ މަރކަލް ވަނީ ޖަރްމަން ޙިމާޔަތް ކުރެއްވުމުގައި ރަން ކާމިޔާބީތަކެއް ހޯއްދަވައިފައވެ.

މި ބުދު ކޮއްކޮގެ އަގަކީ 221 ޑޮލަރެވެ. މި ކުންފުނީގެ ވެރިއާ ހަރމަން ވިދާޅުވާގޮތުގައި މަރކަލްގެ މަޤްބޫލުކަމާ ހެދި ބާޒާރަށް ބުދުތައް ހަމަ ނެރޭއިރަށް ވިކި ހުސްވެއްޖެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި އަންނަ އާދީއްތަ ދުވަހުގެ އިންތިޚާބަށްފަހު މަރކަލް އަށް ވެދުމަކަށް އޭގެ ބުދެއް އެރުވޭނެއެވެ. މި ބުދުގެ ފައިތިލައިގައި "16″ ލިޔެފައި އޮންނާނެއެވެ. އެއީ އެކަމަނާ ވެރިކަމުގައި ހޭދަކުރެއްވި 16 އަހަރު ރަމްޒުކޮށް ދިނުމަށެވެ. އެކަމަނާގެ ވެރިކަމުގެ 16 އަހަރުގައި ޖަރްމަން ވަނީ ޔޫރަޕްގެ އެންމެ ބޮޑު އިޤްތިޞާދަށް ހައްދަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް