Support Us

ބައިޑްން ހިންގަވަނީ ޓްރަމްޕްގެ ފިޔަވަޅުފުޅުގެ ރާގުގެ މަތީގައިކަމަށް ޠަހަރާނުން ތުހްމަތުކޮށްފި

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ބޭއިންސާފު ޣައިރު ޤާނޫނީ ޢުޤޫބާތްތައް ދެމެހެއްޓުމަށް ޓަކައި އެމެރިކާގެ މިއަދުގެ ސަރުކާރުން ވެސް ހިނގަމުންދަނީ ކުރީގެ ސަރުކާރުގެ ރާސްތާގައި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލަހްޔާން ވިދާޅުވެއްޖެއެވެ. އެހެނަސް އެމެރިކާ ބުނާގޮތުގައި ވޮޝިންގްޓަން އޮތީ އެ އެއްބަސްވުމަށް ރުޖޫޢަވުމަށް ތައްޔާރަށް ކަމަށް އެމެރިކާއިން ބުނެއެވެ. އެހެނަސް އެމެރިކާ މި ކަމަށް ތައްޔާރަށް އޮތް އޮތުމަށް "އަޖަލެއް" އޮތް ކަމަށް ވޮޝިންގްޓަނުން ބުންޏެވެ.

އދގެ ޢާއްމު ޖަމްޢިއްޔާގެ މި ދައުރުގެ ހަވާސާ މަތީގައި ޑެންމާރކްގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވަމުން އީރާނުގެ ވަޒީރު ވިދާޅުވިއެވެ. "އެއްބަސްވުމަށް ރުޖޫޢަވުމާ ބެހޭގޮތުން ކޮންމެ ދުވަހަކު އެމެރިކާއިން ވަމުންދާ ވަޢުދުތަކާ އެމެރިކާގެ ބަސް ފުށުއަރައެވެ."

މި މަސްއަލައާ ބެހޭގޮތުން އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކެން އިއްޔެ ވެސް ވިދާޅުވިގޮތުގައި އެމެރިކާ އޮތީ އެއްބަސްވުމަށް ރުޖޫޢަވުމަށް ތައްޔާރަށެވެ. އެހެނަސް އޭނާ އިޝާރަތް ކުރެއްވިގޮތުގައި މިއީ އެއްވެސް "އަޖަލެއް" ނެތި ހުޅުވާލެވިފައި އޮތް ކަމެއްނޫނެވެ. ބްލިންކެން ވިދާޅުވިއެވެ. "އަހުރެމެން ޤަބޫލުކުރާގޮތުގައި މަޞްލަޙަތު ނިޔާކުރަނީ އެއްބަސްވުމަށް ރުޖޫޢަ ވުމަށެވެ. އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމް ބަނދެފައި ބޭއްވުމަށް ޓަކައި ލިބިފައިވާ އެންމެ ރަނގަޅު ޚިޔާރަކީ އެއްބަސްވުމަށް އެނބުރި ދިޔުމެވެ. ސަރަޙައްދީ ހަމަޖެހުމަށް ބުރޫއަރުވާ މަސްއަލަތައް ޙައްލުކުރުމަށް ލިބިގެންވާ އެންމެ ރަނގަޅު މަންސައަކީ ވެސް އެއްބަސްވުމަށް ރުޖޫޢަވުމެވެ."

ޔޫރަޕް ޙަރަކާތްތެރިވަނީ

ބްލިންކެން ވިދާޅުވިއެވެ. "މިހާރު އޮތް ގޮންޖެހުމަކީ އީރާނުން އެއްބަސްވުމާ ޚިލާފަށް ފިޔަވަޅުތައް އަޅަމުންދިޔުމެވެ. އީރާނުން ޔޫރޭނިއަމް 20 އިންސައްތައަށް މުއްސަނދިކުރަމުންދާ ކަމެވެ. ވަރަށް އަވަހަށް 60 އިންސައްތައާ ހަމައަށް މި މަސައްކަތް ދާނެއެވެ. މީގެއިތުރަށް އީރާނުން ދަނީ ސެންޓަރފިޔުގަލަށް ބޭނުންވާ އާލަތްތައް ވެސް ތަރައްޤީ ކުރަމުންނެވެ."

މި މަސްއަލައާ ބެހޭގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކަމިޝަނަރ ޖޯޒިޕް ބޮރެލް ވިދާޅުވާގޮތުގައި އެމެރިކާ އަނބުރާ ނިޔުކްލިއަރ އެއްބަސްވުމަށް ރުޖޫޢަ ކުރުމަށާޢި އިރާނުން މި އެއްބަސްވުމަށް ވަފާތެރިކުރުވުމަށް ޔޫރަޕްގެ އިއްތިޙާދަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެއެވެ. ބޮރެލް ވިދާޅުވިގޮތުގައި މި އެއްބަސްވުމަށް އީރާނު ރުޖޫޢަވުމުގެ ބޭނުންތެރިކަން ވިސްނައިދީގެން މެނުވީ އީރާނު ވާހަކަދެއްކުމުގެ މޭޒުދޮށަކަށް ނުދާނެއެވެ. އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅައިގެން މި ކަމެއް ނުކުރެވޭނެއެވެ.

އޭނާ ވިދާޅުވިއެވެ. "ނިވްޔޯރކްގައި އީރާނުގެ ޚަރިޖީވަޒީރާ ބައްދަލުކުރުމުގެ ފުރްޞަތު ލިބުނެވެ. ވިއެނާގައި ބޭއްވެމުން ދިޔަ ވާހަކަދެއްކުންތަކަށް ޠަހަރާން ދާނެކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. ނިޔުކްލިއަރ އެއްބަސްވުމުގެ ވިލަރެސްވެރިއާގެ ހައިސިއްޔަތުން މި އެއްބަސްވުން އަލުން ދިރުވުމަށް ޓަކައި މަށަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަމެވެ."

އޭނާ ވިދާޅުވިއެވެ. "މި ކަން ކުރެވޭނީ ފިއްތައިގެނެއްނޫނެވެ. ކަމުގެ ބޭނުންތެރިކަން ވިސްނައިދީގެންނެވެ. އިޤްތިޞާދުގެ ފުރޮޅު އަނބުރައިލުމަށް ޓަކައި، މި އެއްބަސްވުމަށް ބޭނުންވެއެވެ. މި ކަން ކުރެވެން އޮތީ ވާހަކަދެއްކުމަށް ޓަކައި މޭޒުދޮށަށް ގޮސްގެންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *