Support Us

ޗައިނާގައި "ބިޔަ ހަނޑުލެއް" އީޖާދުކޮށްފި

ޗައިނާގެ ސައެންސީން އާދައިގެ ހަނޑޫ ގަހަށްވުރެ ދެ ގުނަ މައްޗަށް ހެދޭ ހަނޑޫ ގަހެއް ހައްދައިފިއެވެ. މި ހަނޑޫ ގަހުން އާދައިގެ ގަސްގަހުން ލިބޭ މިންވަރުގެ ދެ ގުނަ ގިނައިން ހަނޑޫވެސް ލިބެއެވެ.

އިނގިރޭސިވިލާތުގެ ދަ ޓައިމްޒް ދުވަހު ނޫސް ބުނިގޮތުގައި މިއީ 1.4 ބިލިއަން މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ޗައިނާ، އެ ޤައުމުގެ ކާބޯތަކެތީގެ އަމާންކަން ޖާމިނު ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ 70 އަހަރު ކުރިން ޗައިނާއަށް ވަރަށް ބޮޑު ބަނޑަށް ޖެހުމެއް އައިސްފައިވެއެވެ.

ތަޖްރިބާ ކާމިޔާބު

ބާޙިސުން ހާމަކުރައްވާފައިވާ ގޮތުގައި މި ބާވަތުގެ ހަނޑޫ ހެއްދުމުގެ ތަޖްރިބާތައް ކޮށްފައި ވަނީ ޗަންގް ހޮންގް ގައެވެ. އެއީ 31 މިލިއަން މީހުން ދިރިއުޅޭ ޗަންގް ޗިންގް ސަރަހައްދާ ކައިރި ހިސާބެކެވެ. މި ހަނޑޫ ދަނޑުތަކުގައި ނޫސްވެރީންނާ ބައްދަލުކުރައްވަމުން ޗައިނާގައި ހަނޑޫ ތަރައްޤީ ކުރުމާބެހޭ ޤައުމީ މަރްކަޒުގެ އިސްބޭފުޅަކު ހާމަކުރެއްވިގޮތުގައި ހަމަ ބަލާލައިއިރަށް ހަނޑު ގަސްތަކުގެ ދިގުކަން ފާހަގަ ކުރެވޭނެއެވެ. "މިއީ މި ބާވަތުގެ ހަނޑޫ އަހަރެމެން ހައްދާ ފުރަތަމަ އަހަރެވެ. އަހަރެމެންގެ މަސައްކަތް މި ވަނީ ކާމިޔާބުވެފައެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި އަންނަ އަހަރު މި ބިޔަ ހަނޑޫ ހެއްދުމުގެ މަސައްކަތް ފުޅައު ކުރާނަމެވެ. މި ދަނޑުތަކުގައި އަހުރެމެންނަށް މަހާއި ޑިނގާފަދަ މަހުގެ ބާވަތްތައް ވެސް ބޮޑުކުރެވޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްފުށުގެ ރަށްތައް ދިރުވައި އާރާސްތު ކުރެވޭނެއެވެ."

ބާހިސުން ވިދާޅުވާގޮތުގައި އެމީހުން މުޑުވަކުގެ ގޮތުގައި ބޭނުން ކުރީ އެންމެ ރަނގަޅު ބާވަތުގެ ހަނޑުލެވެ. މި ހަނޑޫ ތަރައްޤީކުރުމަށް ޓަކައި ފަންނިއްޔާތު ބޭނުން ކުރެވުނެވެ.

ހުވަފެނެއް ޙަޤީޤަތަކަށް ވުން

ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގެ ތެރޭގައި ޗައިނާ ދެކެފައިވާ ބޮޑު ތަދުގައި 30 މިލިޔަން މީހުން ވަނީ މަރުވެފައެވެ. މިއަދު ޗައިނާއަކީ  އެ ޤައުމަށް ބޭނުންވާ ކާބޯތަކެތީގެ 95 އިންސައްތަ އުފައްދާ ޤައުމެކެވެ.

ޗައިނާގެ ރައީސް ޝީ އިޢުލާން ކުރައްވާފައިވާ "ހުސް ތަށި" ޕްރޮގްރާމުގެ ދަށުން ބޮޑެތި ހަފްލާތަކާއި ޕާޓީތައް ބޭއްވުމަކީ މަނާ ކަމެކެވެ. އަދި ރެސްޓޯރެންޓްތަކަށް ގޮސް ކާއިރު ތަށި ހުސްނުކުރާ މީހުންނަށް އަދަބު ދެވެއެވެ.

މި ހަނޑޫ ތަރައްޤީ ކުރުމުގެ ޕްރޮގްރާމުގައި އެންމެ އިސްކޮށް އުޅުއްވި ޔޫއާން ލޮންގް ޕިންގް މި ހުސްވި މޭމަހު ވަނީ އަވަހާރަވެފައެވެ. ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ހަނޑު ތަރައްޤީކުރުމުގެ މޭސްތިރިކަމުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާފައި ވަނީ އޭނާއެވެ. ޗައިނާއިން މި ކަމާ ވަރަށް ހިތާމަފާޅުކުރިއެވެ. މިއީ ޔުވާން ޙަޤީޤަތަކަށް ވުމަށް އެދި ވަޑައިގެންނެވި ހުވަފެނެކެވެ. އޭނާ ވިދާޅުވިއެވެ. "އަވިގަދަ ވަގުތުގައި މި ގަސްތަކުގައި ތިބެވޭނެ ބޮޑެތި ހަނޑޫ ގަސްތަކެއް އުފެއްދޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް