Support Us

ޖަޒާއިރުގެ ރައީސާއި ސުޢޫދީ ރަސްގެފާނު (ވ)

މަޣްރިބާއި ޖަޒާއިރުގެ މަސްއަލަ ޙައްލުކޮށްދެވޭތޯ ސުޢޫދީ ޢަރަބިއްޔާއިން ތެދުވަނީ

މަޣްރިބާއި ޖަޒާއިރާ ދެމެދުގައި އުފެދިފައިވާ އަރާރުންތައް ޙައްލުކޮށްދިނުމުގެ މަސައްކަތް ސުޢޫދީ ޢަރަބިއްޔާއިން ވަރަށް އަވަހަށް ފަށާނެ ކަމަށް މީޑިޔާތައް ބުނެފިއެވެ. ސުޢޫދީ ޢަރަބިއްޔާ މެދުވެރިވެގެން 1988ގައި މަޣްރިބާއި ޖަޒާއިރު ވަނީ ޞުލްޙަވެފައެވެ.

މަޣްރިބާއެކު ގުޅުން ކަނޑައިލުމަށް ޖަޒާއިރުން ނިންމި ނިންމުން ޖަޒާއިރުގެ ޚާރިޖީ ވަޒީރު އިޢުލާން ކުރައްވަމުން، 1988ވަނަ އަހަރުގެ މި ތާރީޚީ އެއްބަސްވުމަށް އިޝާރާތް ކުރައްވައި ރިޔާޟުގެ ދައުރަށް ތާރީފު ކުރެއްވިއެވެ.

އަނާޟޫލު ނޫސް އޭޖެންސީ ބުނާގޮތުގައި ޖަޒާއިރާއި މަޣްރިބުން ޞުލްޙަވުމަށް އެދޭކަމުގެ އެއްވެސް އިޝާރަތެއް ރިޔާޟަށް ލިބިއްޖެނަމަ ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާން އެ ދެ ޤައުމަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ބޮޑުބޭބޭފުޅު ފަހްދު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި ޤާއިމު ކުރެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ދެ ޤައުމުގެ ގުޅުން އަލުން ޠަބީޢީ ކުރެއްވުމަށް މަސައްކަތް ފަށްޓަވާނެއެވެ.

ރިޔާޟު އޮތީ ތައްޔާރަށް

މަޣްރިބާއި ޖަޒާއިރާ ދެމެދުގައިވާ ގުޅުންތައް ނުބައިވަމުންދާތީ އެކަމާމެދު ރިޔާޟު ހިތްހަމަނުޖެހޭ ކަމަށް ސުޢޫދީ ޢަރަބިއްޔާއިން ބުންޏެވެ. ސުޢޫދީ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ." އެއްބަނޑު އެއްބަފާ ދެ ޤައުމު ކަމުގައިވާ ޖަޒާއިރާއި މަޣްރިބާ ދެމެދުގައިވާ ގުޅުންތައް ނުބައިވެގެންދިޔަ މިންވަރާމެދު އަހުރެމެން ދެރަވެ ހިތާމަކުރަމެވެ. "ސުޢޫދީ ބަޔާން ބުނާގޮތުގައި އެ ޤައުމު އުންމީދު ކުރަނީ ގުޅުންތައް ވަރަށް އަވަހަށް އިޢާދަކުރެވޭނެ ކަމަށެވެ. ދެބަސްވުން ހުރި މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި ވާހަކަދެއްކުމަށާއި ޑިޕްލޮމަސީއަށް އިސްކަން ދިނުމަށް ރިޔާޟުން ގޮވައިލިއެވެ. ޢަރަބީން ގުޅިގެން މަސައްކަތް ކުރުމުގެ ވެށި ހަރުދަނާކުރުމަށް ޓަކައި އަވަށްޓެރީން އެއްގަލަކަށް އަރަން ޖެހޭނެކަމަށް ވެސް މި ބަޔާން ބުންޏެވެ.

ޖަޒާއިރާ މަޣްރިބާ ދެމެދުގައި އޮތް ސިޔާސީ ގުޅުން ކަނޑައިލުމުން އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ވެސް އެކަމާމެދު ހިތާމަ ފާޅުކުރިއެވެ. ސުޢޫދީ ޢަރަބިއްޔާއިން ރިޔާސަތު ބަލަހައްޓަމުންދާ މި ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި އެ ދެ ޤައުމުގެ އެންމެ މަތީ މަޞްލަޙަތުތަކަށް އިސްކަންދިނުމަށާއި އަވަށްޓެރިކަމުގެ ޙައްޤުތައް އަދާކުރުމަށް ގޮވާލައިފާ ވެއެވެ. އެ ދެ ޤައުމަކީ ގުޅިފައިވާ ތާރީޚެއް އޮތް ގުޅިފައިވާ މަޞްލަޙަތުތަކެއް އޮތް ދެ ޤައުމުކަމަށް އޯއައިސީގެ މި ބަޔާން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް