ޠާލިބާނުންގެ ޙަރަކާތަށް އަދިވެސް ބަދަލު ނާންނަ ކަމަށާއި މި ޙަރަކާތަށް ސަމާލުވާން ޖެހިފައިވާ ކަމަށް ޕާކިސްތާނުގައި ހުންނަވާ އީރާނުގެ ދީނީ މުރްޝިދު ޢަލީ ޚާމަނައީގެ މަންދޫބު އަބުލްފަޟްލު ބަހާއުއްދީން ވިދާޅުވެއްޖެއެވެ.
އީރާނުގެ ޖަމާރާން ނޫސް އޭޖެންސީއާ ވާހަކަފުޅު ދައްކަވަމުން ދީނީ ޒަޢީމުގެ މަންދޫބު ވިދާޅުވިއެވެ. "ޠާލިބާނުންގެ ގޮތްތަކަށް އަދި ބަދަލެއް ނާދެއެވެ. އެމީހުންގެ ސުލޫކު އަދި ޠާހިރެއް ނުވެއެވެ."
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޠާލިބާނުންނާ ބެހޭ ކަންކަމުގައި އަހުރެމެން ރައްކައުތެރިވާން ޖެހޭނެއެވެ. އެމީހުންނާ ކުރިމަތިލުމެއްނެތި އެމީހުންގެ ޢަމަލުތައް ވަރަށް ގާތުން ވަނީ ބަލަންޖެހިފައެވެ."
އޭނާ ވިދާޅުވިއެވެ. "މިއަދުގެ ޠާލިބާނުންނަކީ ހަމަ ކުރީގެ ވެސް ޠާލިބާނުންނެވެ. އަހުރެން ޑިޕްލޮމެޓަކަށް ދެންނެވީމެވެ. ޠާލިބާނުންގެ ޒަޢީމުންނަށް ވެރިކަން ކުރާނެ ގޮތާއި ޑިޕްލޮމެޓުންގެ ބަހުރުވަ ވަނީ ދަސްކޮށްދޭން ޖެހިފައެވެ. ޤައުމުގެ މީހުންނާއެކު ޞުލްޙަމަސަލަސްކަމުގައި އުޅެން ބޭނުން ކަމަށް ޠާލިބާނުން ބުންޏަސް އެމީހުންގެ ގިނަ ބަޔެއްގެ ކިބައިގައި އަދި ހޭވަރިކަމެއް ނެތެވެ."
އޭނާ އިޝާރަތްކުރައްވާ ވިދާޅުވިއެވެ. "ޠާލިބާނުން އެންމެ ފުރަތަމަ ބަލައިގަންނާނީ ޗައިނާއިންނެވެ. އެމީހުންނަށް ލިބަރަލީންނާއި ސެކިއުލަރ މީހުންނާއެކު އެއްބަސްވުމަކާ ހަމައަށް ދެވިދާނެކަމަށް ފެނެއެވެ. އެހެނަސް އެހެން ޤައުމުތަކާއި ދީނީ ޙަރަކާތްތަކާއެކު ޠާލިބާނުންނަށް އެއްބަސްވުމަކާ ހަމައަކަށް ނުދެވޭނެއެވެ."



advertisment
One Response
Bro more Taliban realted news