Support Us

ޣައްޒާގައި އިސްރާއީލު ސަރަޙައްދު ކައިރީގައި ހިނގައިލުމެއް ބާއްވަނީ

އިސްރާއީލުގެ ބޮޑުވަޒީރުގެ އިންޒާރެއް ޣައްޒާއަށް

އަޤްޞާ މިސްކިތުގައި 1969 ވަނަ އަހަރު ހަރުކަށި ޔަހޫދީއަކު ހުޅިޖެހި ޙާދިސާގެ ޒިކުރާ އައު ކުރުމަށް ޓަކައި ހޮނިހިރު ދުވަހު ޣައްޒާގެ ރައްޔިތުން ބޭއްވި ހިނގައިލުންތަކާ ވިދިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ޣައްޒާގެ ފިދާއީންނަށް އިންޒާރެއް ދެއްވައިފިއެވެ.

ބެނެޓް މި އިންޒާރު ދެއްވީ އިސްރާއީލުގެ ކެބިނެޓް ބައްދަލުވުމުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ސަރަޙައްދީ ރޮނގު ކައިރީގައި ފަލަސްޠީނު މީހުން ހިނގައިލުންތައް ބާއްވައި އިސްރާއީލަށް އުދަނގޫ ކުރަމުންދާނަމަ މި ހިނގައިލުންތައް ރާވާ ފަރާތްތަކާ ދެކޮޅަށް އިސްރާއީލުން ފިޔަވަޅު އަޅާނެއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ހަނގުރާމަވެރީންނާއި އަހުރެމެންގެ ރައްޔިތުންނާ ދިމާކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނަމެވެ." އޭނާ މި އިޝާރަތް ކުރެއްވީ ޣައްޒާގެ ސަލާމަތީ ފާރު ކައިރީގައި ފަލަސްޠީނު މީހުން ހޮނިހިރު ދުވަހު ބޭއްވި ހިނގައިލުމުގެ ތެރޭގައި އިސްރާއީލު ސިފައިންގެ މީހެއްގެ ގަޔަށް ސުން ދުރުމިނުން ބަޑިޖަހާ އޭނާ ޒަޚަމުކޮށްލި ޙާދިސާއަށެވެ.

ބެނެޓް ކެބިނެޓް ޖަލްސާގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެން ވަގުތުން ޣައްޒާއަށް ވައިގެ ތިން ޙަމަލާ ވަގުތުން ދިނީމެވެ." އޭނާ ވިދާޅުވިއެވެ. "ދެކުނު ސަރަހައްދުގެ ޢަސްކަރިއްޔަތާއި ޣައްޒާގެ ބެޓޭލިއަން އޮތީ ކޮންމެ ސީނާރިއޯއަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރަށެވެ."

އަނެއްކޮޅުން ފަލަސްޠީނުގެ ފިދާއީ ޖަމާޢަތްތަކުގެ މަންދޫބު މަޙްމޫދު ޚަލަފު ވިދާޅުވާ ގޮތުގައި ފަލަސްޠީނުގެ ޢަމަލުތައް ކުރިއަށް ގެންދާނެއެވެ. ޣައްޒާގެ އިރުމަތީ ސަރަޙައްދު ކައިރީގައި ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "ޣައްޒާގެ ޙިޞާރު ރޫޅިގެންދާންދެން އެއްވެސް ޖެހިލުމެއްނެތި އަހުރެމެން ވެސް ޙަރަކާތްތައް ކުރިއަށް ގެންދާނަމެވެ."

ޚަލަފުގެ ވާހަކަފުޅުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮން ބާވަތެއްގެ ޢަމަލުތަކެއް ކަމެއް ހާމައެއް ނުކުރައްވައެވެ. އެހެނަސް އޭނާ ފަލަސްޠީނުގެ ރައްޔިތުންނަށް ޖަމާޢަތްތަކުން އިޢުލާން ކުރާ ޙަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް ގޮވައިލެއްވިއެވެ.

އޭނާ ވިދާޅުވިއެވެ. "ޣައްޒާ ޙިޞާރުކޮށްފައި ބާއްވާބޭއްވުމަކީ އަހުރެމެންނަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *