Support Us

ޑްރޯން އުފެއްދުމުގެ މައިދާނުގައި ތުރްކީއާއި ޕާކިސްތާނު އެއްބާރުލުމަށް އެއްބަސްވެއްޖެ

ހަވާއާއި ޖައްވީ ޞިނާޢަތްތަކާ ބެހޭ ތުރްކީގެ ކުންފުނި ޓޯސާޝް އާއި ، ސައެންސާއި އިންޖިނިއަރިންގާ ބެހޭ ޕާކިސްތާނުގެ ޤައުމީ މަޖިލިސް ނިސްކޮމާ ދެމެދުގައި ޑްރޯން އުފެއްދުމާއި ޑްރޯނާ ބެހޭ ފަނިއްޔާތު ތަރައްޤީ ކުރުމުގެ މައިދާނުގައި އެއްބާރުލުން ޤާއިމު ކުރުމަށް މިއަދު އެއްބަސްވެއްޖެއެވެ. އެއްބަސްވެއްޖެއެވެ.

ޓޯސާޝުން މިއަދު ހާމަކުރިގޮތުގައި  ޕާކިސްތާނާއެކު މި އެއްބަސްވުމުގައި ސޮއި ކުރެވުނީ ދިފާޢީ ޞިނާޢާތްތަކާ ބެހޭ ބައިނަލްއަޤްވާމީ 15 ވަނަ މަޢުރަޒުގެ ހަވާސާ މަތީގައެވ. މި މަޢުރަޒު ބޭއްވިފައި ވަނީ އިސްތަންބޯލުގައި މި ދިޔަ އަންގާރައިން ހުކުރަށެވެ.

ތުރްކީން ހާމަކުރިގޮތުގައި މި އެއްބަސްވުމުގެ އަމާޒަކީ ޓޯސާޝުން އުފައްދާ ޑްރޯން ބޯޓުތައް ބާޒާރު ކުރުމާއި އުފައްދާ ޢަދަދު އިތުރުކުރުމާއި އެ ޞިނާޢަތުގެ ފަންނިއްޔާތާއި މޭސްތިރިކަން އިތުރަށް ކުރިއެރުވުމެވެ. މީގެ އިތުރަށް ޢަސްކަރީ މައިދާނުގައި އެއްބާރުލުން ހަރުދަނާކޮށް ގުޅުން ބަދަހި ކުރުމެވެ. މި އެއްބަސްވުން ބުނާގޮތުގައި ތަޖްރިބާއާއި ފަންނިއްޔާތު ޙިއްޞާކުރުމާއި ވަޒީފާ ދިނުމުގައި ދެ ޤައުމުގެ މަޞްލަޙަތުތަކަށް އިސްކަން ދެވޭނެއެވެ.

ތުރްކީ ކުންފުނީގެ ރައީސް ތަމީލް ކޯޓޭލް ވިދާޅުވިގޮތުގައި ޕާކިސްތާނާއެކު މި އެއްބަސްވެވުނު އެއްބަސްވުމުގެ ސަބަބުން ޑްރޯން ޞިނާއަތަށް އިތުރު ތަޖްރިބާތަކެއް ލިބިގެންދާނެއެވެ. އަދި މި ޑްރޯން އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ހުނަރުތައް ތަނަވަސްވެގެންދާނެއެވެ.

ތުރްކީގެ މި ކުންފުނިން ފުރަތަމަ ފަހަރަށް  ޑްރޯނެއް އުފައްދާފައި ވަނީ 2010ގައެވެ. މިއަދު ތުރްކީގެ ޑްރޯނަކީ މި މައިދާނުގައި ބޭނުން ކުރެވޭ އެންމެ ރަނގަޅު ޑްރޯން ކަމަށް ދުނިޔެ ޤަބޫލު ކުރެއެވެ. މި ޑްރޯނަކީ ޖާސޫސީ މަސައްކަތަށާއި ދިފާޢީ މަސައްކަތުގެ މައިދާނުގައި ބޭނުން ކުރެވޭ އަގު ހެޔޮ ހަތިޔާރެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް