Support Us

އީރާނުން ތެޔޮ ހިފައިގެން ލުބްނާނަށް އަންނަ ބޯޓު ފުރުމަށްފަހު އެ ބޯޓު ވާނީ ލުބްނާނުގެ ބިމަކަށް: ނަޞްރުﷲ 

ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި އީރާނުން ތެޔޮ ހިފައިގެން ލުބްނާނަށް އަންނަ ބޯޓެއް ފުރާނެ ކަމަށް ލުބްނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ އަމީން ޢާއްމު ޙަސަން ނަޞްރުﷲ މިއަދު ހާމަކުރައްވައިފިއެވެ. ނަޞްރުﷲ އެމެރިކާއަށާއި އިސްރާއީލަށް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "މި އުޅަނދު އީރާނުން ފުރުމުން އެއީ ލުބްނާނުގެ ބިންކޮޅެއްކަން ހަނދާން ބަހައްޓާށެވެ."

ޢާޝޫރާ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ލުބްނާނުގެ ޝީޢީ ޒަޢީމު ޙަސަން ނަޞްރުﷲ ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މި ބޯޓު ވެސް އަދި އެހެނިހެން ބޯޓުތައް ވެސް އަމާންކަމާއެކު ލުބްނާނަށް އަންނާނެއެވެ."

ތެޔޮ ކިޔޫގައި އުޅަނދުތައް

ލުބްނާނުގައި ތެލުގެ ދަތިކަން ބޮޑުވެގެން ގޮސް ކަރަންޓާއި ބެންޒީންގެ މަސްއަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ލުބްނާނު ދެކެމުންދާ ސިޔާސީ ގަޑުބަޑުކަމާއި އިޤްތިޞާދީ ކަސާދައިގެ ސަބަބުން އެ ޤައުމު ހަލަބޮލިވަމުންދާތާ ދެ އަހަރުވެއްޖެއެވެ. ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން ބޭހާއި އަސާސީ މުދާތައް ވަނީ އެތެރެ ނުކުރެވިފައެވެ. ލުބްނާނުގެ މަރްކަޒީ ބޭންކުން ވިޔަފާރިވެރީންނަށް އެހީވުން ހުއްޓައިލުމުގެ ސަބަބުން ލުބްނާނުގައި ޑޮލަރެއްގެ އަގު މިއަދު ވަނީ 20 ހާސް ލީރާ (ލުބްނާނު ފައިސާ) އަށްވުރެ މައްޗަށް ގޮސްފައެވެ.

ޙަސަން ނަޞްރުﷲ ވަރަށް ގިނައިން ތުހްމަތު ކުރައްވާ ގޮތުގައި މިއީ ހުޅަނގުގެ އަތްތައް ލުބްނާނުގެ މައްޗަށް ގަދަކުރަން ވެގެން އެމީހުން އުފައްދައިގެން އުޅޭ މަސްއަލަތަކެކެވެ. އެކަމަކު ހުޅަނގުން މި ކަމުގެ ޒިންމާ އަޅުވަނީ އީރާނުގެ ބޮލުގައެވެ.

ލުބްނާނުގެ މަރްކަޒީ ބޭންކުން 11 އޮގަސްޓްގައި ވަނީ ހަކަތައާއި އަނދަނައަށް ސަރުކާރުން ދޭ މަދަގު ކަނޑާލައިފައެވެ. ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ޢާއްމު ރައްޔިތުންގެ އިޙްތިޖާޖުތައް ވަނީ ވަރަށް ބޮޑަށް ފުޅައުވެ ޢާއްމުވެފައެވެ.

ލުބްނާނުގައި މުޒާހަރާތައް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *