Support Us

އީރާނުގެ ޢަސްކަރީ އެންމެ އިސް ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނައީ އީރާނުގެ ކަނޑުގެ ސިފައިންގެ އައު ވެރިޔާގެ މަގާމަށް ޝަހްރާމު އީރާނީ އިސްކުރައްވަނީ

އީރާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުންނީއަކު ކަނޑުގެ ސިފައިންގެ ވެރިޔާގެ މަޤާމަށް

އީރާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ވެރިޔާކަމުގެ މަޤާމަށް ސުންނީ ބޭފުޅަކު އިސްކޮށްފިއެވެ. އީރާނުގެ އެންމެ މަތީ މުރްޝިދު އަދި ޢަސްކަރީ އެންމެ އިސް ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނައީ އެޑްމިރަލްގެ މަޤާމަށް އޭނާގެ ދަރަޖަ މަތިކޮށްދެއްވުމަށްފަހު  އިސްކުރެއްވީ އެޑްމިރަލް ޝަހްރާމު އީރާނީ އެވެ.

ޢުމުރުފުޅުން 54 އަހަރުގެ އީރާނީއަކީ ހުޅަނގު ކުރްދިސްތާނު ޕްރޮވިންސްގެ ސިންދަޖު ސަހަރަށް އުފަން ބޭފުޅެކެވެ. އެ ޕްރޮވިންސަކީ ޢިރާޤާ އިންވެގެން އޮންނަ ސުންނީންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ.

އެ މަޤާމަށް އީރާނީ އިސްކުރެއްވުމަށް ޚާމަނައީ ނެރުއްވި ބަޔާނުގައި އައިސްފައި ވެއެވެ. "ތަޖްރިބާގެ ފައިލްތަކަށާއި މަސްއޫލިއްތު އަދާކުރުމުގައި އުފުލާފައިވާ ޒިންމާތަކަށާއި އީރާނުގެ ސިފައިންގެ ބާރުގެ ޢާއްމު ވެރިޔާ މުޙައްމަދު ބާޤިރީގެ ހުށައެޅުއްވުމާ އެއްގޮތްވާ ގޮތުގެމަތިން ޝަހްރާމު އީރާނީ އެޑްމިރަލްގެ ދަރަޖައަށް މަތިކޮށް އީރާނުގެ ކަނޑުގެ ބާރުތަކުގެ ވެރިޔާކަމުގެ މަޤާމަށް އަހުރެން އޭނާ އިސްކޮށްފީމުއެވެ."

ޚާމަނައީ ވިދާޅުވިގޮތުގައި މިއީ ހުރިހާ ޤާބިލިއްޔަތުތަކުން ފައިދާ ޙާޞިލުކުރުމަށާއި ޤައުމުގެ ޢަސްކަރީ ބާރު ކުރިއަށް ނެރުމަށް ޓަކައި އެޅުއްވި ފިޔަވަޅެކެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ބާރުތަކާއި އެ ބާރުތަކުގެ ތައްޔާރިއްޔަތުގެ ފެންވަރު މަތިކުރުމަށް އަހައްމިއްޔަތު ދޭން ޖެހިފައިވާ ވަގުތެކެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ އައު ވެރިޔާ ޝަހްރާމު އީރާނީ

އެޑްމިރަލް އީރާނީ އަކީ ކާކު؟

އީރާނީ ދަސްވެނިވަޑައިގެންފައިވަނީ އަލްއިމާމު އަލްޚުމައިނީ ޔުނިވަރސިޓީން ކަނޑާބެހޭ ޢިލްމުތަކުގެ ދާއިރާއިންނެވެ. އަދި 1987ން ފެށިގެން އޭނާ ވަނީ އީރާނުގެ ކަނޑުގެ ސިފައިންގެ ތެރޭގައި ތަފާތު މަޤާމުތަކެއް އަދާކުރައްވައިފައެވެ. އޭގެ ތެރޭގައި ބަންދަރު ޢައްބާސް ސަހަރުގެ ސަރަޙައްދީ ކަނޑުގެ ސިފައިންގެ އޮޕަރޭޝަންތަކުގެ ރައީސްކަމާއި އެ ސަރަޙައްދުގެ ކަނޑުގެ ސިފައިންގެ ޗީފް އޮފް ސްޓާފްކަމާއި ކަނޑުގެ ބާރުގެ ވެރިޔާގެ ނާއިބުކަން ވެއެވެ.

އީރާނީގެ ކުރިން މި މަޤާމުގައި ހުންނެވީ ޙުސައިން ޚާންޒާދީ އެވެ. އޭނާ މި މަޤާމުގައި ހުންނެވި ހަތަރު އަހަރުގެ ތެރޭގައި ސަރަޙައްދީ ކަނޑުގެ ސަރަޙައްދުތެރެއަށް އީރާނުގެ ޢަސްކަރީ ތިން އުޅަނދެއް ފެތިފައި ވެއެވެ. މި ދާއިރާގައި އެންމެ ފަހުން ހިނގި ހާދިސާއަކީ މިދިޔަ ޖޫން މަހު، ތަމްރީނުގެ ބުރެއްގައި ޢުމާން ކަނޑުގައި އުޅުނު އީރާނުގެ އައި.އާރު.އައި.ސީ ޚަރަޖުގައި އަލިފާން ރޯވެ އަޑިއަށް ދިޔުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް