Support Us

ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ޠާލިބާނުން ޢަފޫ ޢާއްމެއް ދީފި

ހަލަބޮލި ދުވަހަކަށްފަހު ކާބުލް އަށް ހަމަހިމޭންކަން ލިބެންފެށުމާ ވިދިގެން ޠާލިބާނުން ދައުލަތުގެ ހުރިހާ މުވައްޒަފުން މިއަދު ޢަފޫ ޢާއްމެއް ދީފިއެވެ. އަނެއްކޮޅުން އަމްނާ ބެހޭ ހުޅަނގުގެ މަސްއޫވެރިއަކު ވިދާޅުވާ ގޮތުގައި ޑިޕްލޮމެޓުންނާއި އަފްޣާނިސްތާނުގެ ޢާއްމުން އެ ޤައުމުން ބޭރަށް ގެންދިޔުމަށް ޓަކައި ވައިގެ ދަތުރުތައް މިއަދު އަލުން ވަނީ ފަށައިފައެވެ.

ކާބުލްގެ ވައިގެ ބަނދަރުގެ ސަލާމަތާބެހޭ މަސްއޫލުވެރިއަކު ހާމަކުރެއްވިގޮތުގައި ވެރިރަށުން ފިލަންވެގެން ވައިގެ ބަނދަރުގެ ރަންވޭ މައްޗަށް އެރި މީހުންތައް މިހާރު ވަނީ ވައިގެ ބަނދަރުން ނުކުމެފައެވެ. އެކަމުގެ ސަބަބުން ވައިގެ ދަތުރުތައް ގަނޑުކުރަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  މި ހަލަބޮލިކަމުގެ ސަބަބުން ވައިގެ ބަނދަރުގެ ރަންވޭ މަތިން ފަސް މީހަކު މަރުވެފައިވާތަން ފެނުނު ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ރަންވޭ މައްޗަށް އެރި އެތައް ސަތޭކަ ބަޔަކު ދުރަށްލުމަށް ޓަކައި ވައިގެތެރެއަށް ބަޑި ވެސް ޖަހަން ޖެހުނެވެ. އޭނާ ވިދާޅުވިގޮތުގައި މަރުވި މީހުން މަރުވެފައިވަނީ މި ޖެހި ބަޑީގެ ސަބަބަކުން ނޫނެވެ.

ޠާލިބާނުންނަށް ނަޞްރު ލިބިއްޖެ: އަޝްރަފު ޣަނީ

ހޯމަވިލޭރޭ އަފްޣާނިސްތާނުން ފިއްލަވައިގެން ޠަޖަކިސްތާނަށް ވަޑައިގެންނެވި އަފްޣާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފު ޗ ޠާލިބާނުންނަށް ނަޞްރު ލިބިއްޖެކަމަށް އެއްބަސްވެ ވަޑައިގަންނަވައިފިއެވެ. ޠާލިބާނުންގެ ހަނގުރާމަވެރީންތަކެއް ރިޔާސީ ގަނޑުވަރުތެރެއަށް ވަދެ އެމީހުންނަށް ލިބުނު ނަޞްރު ފާހަގަ ކުރަމުންދިޔަ މަންޒަރު އަފްޣާން ޓީވީން ދުރަށް ދެއްކިއެވެ.

ޠާލިބާނުންގެ ތަރްޖަމާނު ޛަބީޙުއްﷲ މުޖާހިދު އޭނާގެ ޓްވިޓަރ ޞަފްޙާގައި ވިދާޅުވިގޮތުގައި "އިސްލާމީ އަފްޣާން އިމާރާތު"ގެ ބައެއް ފައުޖުތައް ކާބުލްއަށް އެރީ އެ ސަހަރުގައި އަމަންއަމާންކަން ޤާއިމު ކުރުމަށް ޓަކައެވެ. އޭނާ އެސޯޝޭޓެޑް ޕްރެސްއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ވަރަށް  އަވަހަށް އަފްޣާނިސްތާނުގެ ނަން "އިސްލާމީ އަފްޣާން އިމާރާތު"ގެ ނަމަށް ބަދަލު ކުރެވިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *