Support Us

ތުރްކީގެ ޚާރިޖީވަޒީރު މައުލޫދު ޗާވީސް އޮގްލޫ

ތުރުކީއަކީ އެއްބަނޑު އެއްބަފާ ޤައުމެއް: ޠާލިބާން

އަފްޣާނިސްތާނުގެ ތަފާތު ފަރާތްތަކާއެކު ތުރްކީން ވާހަކަދައްކަމުންދާ ކަމަށް ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވިޝް އޮގްލޫ މިއަދު ވިދާޅުވެއްޖެއެވެ. މި ފަރާތްތަކުގެ ތެރޭގައި ޠާލިބާނުން ހިމެނޭކަން އޭނާ ކަށަވަރުކޮށް ދެއްވިއެވެ. އަނެއްކޮޅުން ޠާލިބާނުންގެ ތަރްޖަމާނު ދެއްވި ބަޔާނެއްގައި އަންކަރާއާއެކު މަސައްކަތް ކުރުމަށް އެދޭކަން ވަނީ ހާމަކުރައްވައިފައެވެ. އޭނާގެ ބަޔާނުގައި ސިފަކުރެއްވި ގޮތުގައި ތުރްކީއަކީ އެއްބަނޑު އެއްބަފާ މުސްލިމު ދައުލަތެކެވެ.

ޢައްމާނުގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ޗާވިޝް އޮގްލޫ ހާމަކުރެއްވި ގޮތުގައި ކާބުލް ވައިގެ ބަނދަރުގެ ސަލާމަތާއި އަމްނާ ބެހޭގޮތުންނާއި އަފްޣާނިސްތާނުގެ ސިޔާސީ ބާރު ނަޤްލުކުރުމާ ބެހޭގޮތުން އެމެރިކާއާއި އެމެރިކާގެ އެކުވެރީންނާއެކު ތުރްކީން ވާހަކަ ދެއްކުންތައް ކުރިއަށް ގެންދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭރު މީހުން އަފްޣާނިސްތާނުން ބޭރަށް ގެންދިޔުމަށް ޓަކައި ބޭއްވޭ ދަތުރުތައް ކުރިއަށް ގެންދެވޭނެއެވެ.

އަނެއްކޮޅުން ޠާލިބާނުންގެ ތަރްޖަމާނު ސުހައިލު ޝާހީން ދެއްވި ބަޔާނެއްގައި ސިފަކުރެއްވި ގޮތުގައި "ތުރްކީ އަކީ އަހަރެމެންނާ އެއްބަނޑު އެއްބަފައި ޤައުމެކެވެ. އެއީ އިސްލާމީ ދައުލަތެކެވެ."

ޝާހީނުގެ ވާހަކަފުޅުގައި ތުރްކީ– އަފްޣާން ގުޅުންތައް ކުރިއަށް ގެންދިޔުމަށް ޠާލިބާނުން އެދޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ހިތްވަރުދޭ ކަމަށް ވެސް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންނާއެކު އެއްބަނޑު އެއްބަފާ ޤައުމެއް އޮތުމަކީ އެކަމާ އުފާކުރާ ކަމެކެވެ. ތުރްކީއާއެކު ބަދަހި ގުޅުންތަކެއް ޤާއިމުކުރަން ބޭނުމެވެ. އެ ޤައުމާއެކުގައި ގާތުގައި އޮންނަން ވެސް ބޭނުމެވެ."

ކާބުލްގެ މަގުމަތި

ނޭޓޯ ސިފައިން ފޭބުމުން ކާބުލްގެ ވައިގެ ބަނދަރު ބެލެހެއްޓުމުގެ މަސައްކަތާ ޙަވާލު ނުވާނެ ކަމަށް އަންކަރާއިން ރޭ ވަނީ ބުނެފައެވެ. އެހެނަސް އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ވިދާޅުވާގޮތުގައި ވައިގެ ބަނދަރު ސާފުކޮށް އެތާނގެ ސަލާމަތީ ކަންތައްތައް ޖާމިނުކޮށް ދިނުމުގެ މަސައްކަތް މިއަދު ފެށިއްޖެއެވެ. މި މަސައްކަތުގައި ނޭޓޯގެ މެންބަރެއްގެ ހައިސިއްޔަތުން ތުރްކީ ވެސް ބައިވެރިވާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް