Support Us

އެމެރިކާއިން އަފްޣާނިސްތާނަށް "އަރައި އޮތްއޮތުން" ނިމުމުން ޙަމާސުން ޠާލިބާނުންނަށް ތަހްނިޔާ ކިޔައިފި

އަފްޣާނިސްތާނަށް އެމެރިކާ "އަރައި އޮތްއޮތުން" ނިމުމުން ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ރައީސް އިސްމާޢީލް ހަނިއްޔާ ޠާލިބާނުންގެ ސިޔާސީ އޮފީހުގެ ރައީސް މުއްލާ އަބްދުލް ޣަނީ ބަރާދަރަށް ރޭ ފޯނުން ގުޅުއްވައި ތަހްނިޔާ ވިދާޅުވެއްޖެއެވެ.

ހަނިއްޔާގެ ފޯން ކޯލުގައި ވިދާޅުވިއެވެ. "އަފްޣާނިސްތާނަށް އަރާ އޮތް އެމެރިކާ ބަލިވެ، ނިކަމެތިވުމުގެ މުނާސަބަތުގައި ޙަމާސުން މަނިކުފާނަށް ތަހްނިޔާ ދަންނަވައެވެ. އަޅުގަނޑުމެން އަފްޣާނިސްތާނަށް އެދެނީ އެއްބައިވަންތަކަމާއި ފާގަތިކަމެވެ." މި ކޯލުގައި ޠާލިބާނުންގެ ޙަރަކާތް ސިޔާސީގޮތުންނާއި އިޢުލާމީ ގޮތުން އަދާކޮށްފައިވާ ދައުރަށް ހަނިއްޔާ ތާރީފު ކުރެއްވިއެވެ.

ހަނިއްޔާ ވިދާޅުވިއެވެ. "އަފްޣާން ބިމުން އެމެރިކާގެ ޢުދްވާނު ފިލައިގެން ދިޔުމަކީ އަނިޔާވެރިކަމުގެ ބާރުތައް ނެތިގެންދިޔުމުގެ ފެށުމެވެ. ފަލަސްޠީނުގެ ބިމަށް އިސްރާއީލު އަރާ އޮތްއޮތުން ވެސް ފިލައިގެން ދާނެއެވެ."

ހަނިއްޔާގެ ވާހަކަފުޅަށް ބަރާދަރު ވަރަށް ބޮޑަށް ޝުކްރު އަދާކުރައްވާ ވިދާޅުވިއެވެ. "ފަލަސްޠީނުގެ މަޒްލޫމު ރައްޔިތުން ކުރަމުންދާ ޖިހާދުގެ ސަބަބުން އެމީހުންނަށް ނަޞްރާއި ކާމިޔާބު ދެއްވާނެއެވެ." އޭނާގެ ވާހަކަފުޅުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމަށާއި ނަޞްރު ދިނުމަށް ދުނިޔެއަށް ގޮވައިލެއްވިއެވެ.

މި ފޯން ކޯލާ ވިދިގެން ފަލަސްޠީނުގެ ޙަމާސާއި ޖިހާދު ޖަމާޢަތުން އަފްޣާން ރައްޔިތުންނަށް މުބާރަކްބާދީއާއި ތަހްނިޔާ ކިޔާ ބަޔާނެއް ނެރުނެވެ. މި ދެ ޖަމާޢަތުން ތަހްނިޔާ ފޮނުވީ ވަކިވަކިން ނެރުނު ބަޔާންތަކެއްގައެވެ.

ޖިހާދުގެ ބަޔާނުގައި އައިސްފައި ވެއެވެ. "އަފްޣާނިސްތާނުގެ ލޮބުވެތި ރައްޔިތުން އެމެރިކާއާއި ހުޅަނގުގެ ކިބައިން އެމީހުންގެ ބިން މިނިވަންކުރުމުގެ މުނާސަބަތުގައި ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތުން އެ މީހުންނަށް ތަހްނިޔާ ފޮނުވައެވެ."

މި ބަޔާނުގައި އައިސްފައި ވެއެވެ. "އަފްޣާނިސްތާނުގެ ރައްޔިތުން އެމީހުންގެ ޝަރަފުވެރި ތާރީޚަށް ޖިހާދުގެ ބުޠޫލަތްތެރި މަތިވެރި ފޮޅުވަތްތަކެއް މިއަދު ލިޔެފިއެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް