Support Us

އަފްޣާން ރައީސް ޣަނީ އިސްތިޢުފާ ދެއްވާފައި ޤައުމުން ބޭރަށް ފުރާވަޑައިގެންފި

އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ އިސްތިޢުފާދެއްވާފައި ޤައުމުން ބޭރަށް ފުރާވަޑައިގަންވައިފި ކަމަށް އަފްޣާން ނޫސް އޭޖެންސީ ބުނެފިއެވެ.

ރައީސް ޣަނީ އިސްތިޢުފާ ދެއްވުމުގެ ކުރިން ވަނީ ކާބުލްގައި ހުންނަ އެމެރިކާ ސަފާރާއަށް ވަޑައިގަންނަވައިފައެވެ. ވޯލްސްޓްރީޓް ޖަރނަލް ބުނާގޮތުގައި އެމެރިކާއިންނާއި އަފްޣާން ސަރުކާރުން ވަނީ ދެ ހަފުތާގެ މުހްލަތެއް ދިނުމަށް ޠަލިބާނުންގެ ކިބައިން އެދިފައެވެ. އެހެނަސް ޠާލިބާނުން މި ހުށައެޅުން ޤަބޫލު ކުރާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. ރައީސް ޣަނީ ވަޑައިގަތީ ކޮން ޤައުމަކަށް ކަމެއް ނޭނގެއެވެ.

އަނެއްކޮޅުން ޚަބަރު ލިބޭގޮތުގައި އަފްޣާނިސްތާނުގައި ވަގުތީ ސަރުކާރެއް އެކުލަވައިލުމާއި އެ ޤައުމުގެ ވެރިކަން ނަޤްލު ކުރުމުގެ މަސައްކަތް ފެށިއްޖެ ކަމަށް ނިޔުޅެމުންދާ ޚަބަރުތަކުން ކަށަވަރުވާން ފަށައިފިއެވެ. ޠާލިބާނުންގެ ހަނގުރާމަވެރީން މިހާރު ތިބީ ކާބުލްގެ ދޮރުތައް މަތީގައެވެ.

ތިރީގައި މިވަނީ ނިއުޅެމުން ފުރޮޅެމުންދާ ޚަބަރުތަކުގެ ޚުލާޞާއެކެވެ.

  • އަފްޣާނިސްތާނުގެ އެތައް ސަރަޙައްދުތަކެއްގެ މައިރަށްތައް މާ ބޮޑު ކުރިމަތިލުންތަކަކާނުލައި ޠާލިބާނުން މިއަދު ވަނީ ހިފާފައެވެ.
  • ކާބުލާ ދިމާއަށް ކުރިއަރަމުން އަންނަ ޠާލިބާނުންގެ ހަނގުރާމަވެރީންކޮޅަކަށް އެމެރިކާގެ ވައިގެ ބާރުތަކުން ކާބުލް ސަހަރުގެ ރަށްބޭރުން ޙަމަލާދިނުން.
  • ނިވްޔޯރކް ޓައިމްސް: އެމެރިކާގެ ރައްޔިތުންނާއި އެމެރިކާއާއެކު އެއްބާރުލާ މީހުން އަފްޣާނިސްތާނުން ބޭލުމުގެ ކުރިން ކާބުލް އަށް ނޭރުމަށް އެމެރިކާއިން ޠާލިބާނުންނަށް އެންގުން.
  • އެސޯޝޭޓެޑް ޕްރެސް: ޠާލިބާނުން އަފްޣާނިސްތާނުގެ ހުރިހާ ސަރަޙައްދުތަކަކަށް ފުރިހަމައަށް އަތްގަދަކޮށްފި
  • އަފްޣާނިސްތާނުގައި އޮންނަ ނޭޓޯގެ އެންމެ ބޮޑު ބޭސް (ބަލްގްރަމް ބޭސް) ޠާލިބާނުން ހިފައިފި ކަމަށް ބުނާ ފޮޓޯތައް ޠާލިބާނުން ޝާއިޢު ކުރުން.
  • ރަޝިއާގެ ނޮވޮސްޓީ ނޫސް އޭޖެންސީ ބުނާގޮތުގައި އަފްޣާނިސްތާނުގެ މަޝްހޫރު ޢަސްކަރީ ޒަޢީމު ޢަބްދުއްރަޝީދު ދުސްތުމް އޭނާއަށް ތާއީދުކުރާ ސިފައިންގެ ފައުޖަކާއެކު އުޒްބަކިސްތާނަށް ވަޑައިގަންނަވައިފި
  • ނޮވޮސްޓީ: ޠާލިބާނުން ކާބުލް ޔުނިވަރސިޓީ ހިފައިފި.
  • ވެރިރަށް އިތުރަށް ހަލަބޮލި ނުކުރުމަށް ޓަކައި ޠާލިބާނުންގެ ހަނގުރާމަވެރިން ކާބުލަށް ނުވަދެ ދޮރުތައް މަތީގައި މަޑުކުރުމަށް ޠާލިބާނުން އަމުރުކުރުން. ޠާލިބާނުން ބުނާގޮތުގައި ބާރުގެ ބޭނުންކޮށްގެން ކާބުލް ހިފުމަކީ އެމީހުން އެދޭކަމެއް ނޫނެވެ.
  • އެމެރިކާ ސަފާރާގެ މުހިއްމު މެންބަރުން މަސައްކަތް ކުރެއްވުމަށް ޓަކައި ކާބުލްގެ ވައިގެ ބަނދަރަށް ވަޑައިގަތުން. ސަފާރާގައި ތިބީ އެންމެ 50 މުވައްޒަފުންނެވެ.
  • ނޭޓޯގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ ގިނަ ޤައުމުތަކުގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ ކާބުލްގެ ވައިގެ ބަނދަރުގައި އެމެރިކާ ސިފައިންގެ ޙިމާޔަތުގެ ދަށުގައެވެ.
  • އަފްޣާން މީޑިޔާތައް ބުނާގޮތުގައި އިންތިޤާލީ ސަރުކާރުގެ ވެރިއަކަށް އިސްކުރެވޭނީ ކުރީގެ ދާޚިލީ ވަޒީރު ޢަލީ ޢަހްމަދު ޖަލާލީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެފިލީ. ކޮބާ ސުޕަރ ޕަވަރު އެމެރިކާ. ގޮނޑިކޮށްކޮ އިނގިރޭސިން. ފިލާ އެ ދިޔައީ. ފިލާވަޅެއް ލިބިއްޖެބާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް