Support Us

ދެ ޑޯޒު ޖަހައިފި ނަމަ މެލޭޝިއާގައި ވެސް އިތުރު ލުއިތަކެއް ދެނީ

ކޮވިޑް19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ދެވޭނެ ލުއިތަކާއި ލިބޭނެ ޢިނާޔަތްތައް ވަރަށް އަވަހަށް ސަރުކާރުން އިޢުލާނުކުރައްވާނޭ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރުގެ ނާއިބު ވިދާޅުވެއްޖެއެވެ. އިސްމާޢީލް ޞަބްރީ ޔަޢުޤޫބު ވިދާޅުވީ މާދަމާ ފާހަގަކުރާ އަޟުޙާ ޢީދުގެ އިޙުތިފާލުތަކަށް ފަހު އެކަން ސަރުކާރުން އިޢުލާނުކުރައްވާނޭ ކަމަށެވެ.

މިއަދު ހެނދުނު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ޞަބްރީ ވިދާޅުވި ގޮތުގައި، ކޮވިޑުގެ ދެ ޑޯޒު ޖަހައި، މުއްދަތު ހަމަވެފައިވާ މީހުންނަށް ދެވޭނެ ލުއިތަކާ ބެހޭ ގޮތުން އެ ކަމާ ބެހޭ ޚާއްޞަ ކޮމެޓީއިން މިހާރު ދިރާސާކުރަމުން އެބަ ގެންދަވައެވެ. އެ ކޮމިޓީގެ ނިންމުންތަކުގެ ރިޕޯޓް ވަރަށް އަވަހަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެއެވެ.

ސައުވީސް ގަޑިއިރު ޚިދުމަތްދޭ ޗެނަލެއް ކަމަށްވާ "އެސްޓްރޯ އަވާނީ"ގެ ޢިބާރާތެއް ތަކުރާރުކުރައްވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި "ކޮވިޑް ވެކްސިނުގެ ދެ ޑޯޒު ހަމަކޮށް މުއްދަތު ފުރިމަ ވެފައިވާ މީހުންނަށް ދެއްވާނެކަމަށް ބޮޑުވަޒީރު އިޢުލާނުކުރައްވައިފައިވާ ލުއިތައް ވަރަށް އަވަހަށް އިޢުލާނުކުރެވޭނެއެވެ. އެކަމަގެ ތަފްޞީލީ ދިރާސާއެއް ފަންނީ ކޮމިޓީއިން އެ ގެންދަވަނީ ކުރައްވަމުންނެވެ."

ބޮޑުވަޒީރުގެ ނާއިބު ވިދާޅުވި ގޮތުގައި ފަންނީ ކޮމިޓީގެ ނިންމުންތައް ނިމުމުން، ލުއިދޭނެ ދާއިރާތަކާއި މިންވަރު ކަނޑައެޅޭނެއެވެ. މިސާލަކަށް ދަތުރުކުރެވޭނީ ކާކަށް ކިހާ ވަރަކަށް ކަމާއި މަސައްކަތްތެރިކަމާއި ވިޔަފާރީގެ ދާއިރާގައި އެ ތަނެއްގައި މަސައްކަތްކުރާ އެންމެން ވެކްސިން ފުރިހަމަކޮށްފި ނަމަ، ކޮވިޑާ ގުޅިގެން އަޅައިފައިވާ ހުރިހާ ފިޔަވަޅުތައް ދޫކޮށްލެވޭތޯ، ނުވަތަ ލުއިދެވޭނީ ވަކި ކަހަލަ ކަންތައްތަކަށް ކަމަށް ނިންމޭނެއެވެ.

"މިކަންކަން އެ ގެންދަވަނީ ދިރާސާ ކުރައްވަމުންނެވެ. ﷲ އިރާދަކުރެއްވިއްޔާ، ހަރީރާޔާ (އީދު ދުވަސް)ގެ ފަހުން އަޅުގަނޑުމެން އެ ކަންކަން އިޢުލާނުކުރާނަމެވެ." ޞަބްރީ ވިދާޅުވިއެވެ.

ބޮޑުވަޒީރު މުޙުޔިއްދީން ޔާސީން އިއްޔެ އިޢުލާނުކުރައްވައިފައިވާ ގޮތުގައި މުޅި ޤައުމުގެ އާބާދީއަށް ވެކްސިންދީ ފުރިހަމަކުރެއްވުމުގެ އަމާޒެއް އިއްޔެވަނީ ކުރިއަށް ނެރުއްވައިފައެވެ. އެ އަމާޒުގައިވާ ގޮތުން މިއަންނަ ޑިސެންބަރުގެ ނިޔަލަށް އެންމެންނަށް ވެކްސިންދީ ނިންމައިލުމެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަމާޒުގެ ސަބަބުން ދުވާލަކަށް ފަސްލައްކަ މީހުންނަށް ކޮވިޑު ވެކްސިން ޖެހޭނެ ޤާބިލުކަން ހޯދޭނެއެވެ.
މުޙުޔިއްދީން މި ދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފި މީހަކަށް ނަމަ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅައިފައި ހަރުކަށި ފިޔަވަޅުތަކުން ލުއިތަކެއް ދެވޭނެ ކަމުގައެވެ. އޭރުން އިޤުތިޞާދީ ދާއިރާގެ ޙަރަކާތްތައް ވެސް އިތުރުކުރެވޭނެއެވެ.

މުޅި މެލޭޝިއާއަށް ބަލާއިރު އިއްޔެގެ ނިޔަލަށް އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން 9.5 މިލިއަން މީހުންނަށް އެންމެ މަދުވެގެން ވެކުސިނުގެ ފުރަތަމަ ޑޯޒު ވަނީ ދެވިފައެވެ. އަދި 4.4 މިލިއަން މީހުންނަށް ވަނީ ވެކްސިނުގެ ދެ ޑޯޒު ހަމަކުރެވިފައެވެ. (މެލޭމެއިލް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *