އެމެރިކާއާއި އިނގިރޭސިވިލާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފިނަމަ 10 ހައްޔަރީން މާދަމާ ދޫކޮށްލެވޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ނާއިބު ޢައްބާސް ޢިރާޤުޖީ ވިދާޅުވެއްޖެއެވެ.
އީރާނުގެ މި މަސްއޫލުވެރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި "ހައްޔަރީންގެ މަސްއަލައާ ނިޔުކްލިއަރ ފައިލާ ގުޅުވުން ހުއްޓައިލަން ޖެހޭނެއެވެ." އޭނާ ވިދާޅުވިގޮތުގައި ސިޔާސީ ލަޑުދަނޑިތަކެއް ޙާޞިލުކުރުމަށް ޓަކައި ހައްޔަރީން ބަދަލުކުރުން ރަހީނުކޮށްގެން އުންމީދުތައް ޙާޞިލެއް ނުކުރެވޭނެއެވެ.
ހައްޔަރީން ބަދަލުކުރުން
މި މަހުގެ 13ވަނަ ދުވަހު އީރާނުގެ ރަސްމީ ތަރްޖަމާނު ޢަލީ ރަބީޢީ ހާމަކުރެއްވި ގޮތުގައި އީރާނުގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ދެ މީހަކު ދޫކޮށްލުމަށް ވަނީ އެއްބަސްވެފައެވެ. އެކަމުގެ ބަދަލުގައި އެމެރިކާއާއި އެމެރިކާގެ އެކުވެރީން ހައްޔަރުކޮށްފައި ތިބި އީރާނުން ދޫކޮށްލާނަމައެވެ. އެހެނަސް އޭނާ ހާނަކުރެއްވި ގޮތުގައި އީރާނުގެ މި ހޔުށައެޅުމަށް ވޮޝިންގްޓަނުން ވަނީ ނޫނެކޭ ބުނެފައެވެ.
އޭނާ ވިދާޅުވިގޮތުގައި މި މަސްއަލައިގައި ރައީސް ޖޯ ބައިޑްން ވަރަށް އީޖާބީއެވެ. އޭނާ ވިދާޅުވިގޮތުގައި ވާހަކަދެއްކުން ތަކުގެ ތެރެއިން މި މަސްއަލަ ޙައްލު ކުރެވޭނެ ކަމަށް އުންމީދު ކުރެއެވެ.
އީރާނާއި އެމެރިކާއާ ދެމެދުގައި 2019 ވަނަ އަހަރު ވަނީ ހައްޔަރީން ބަދަލުކޮށްފައެވެ. އެ ފަހަރު ޖާސޫސް ކުރުމުގެ ކުށުގައި އީރާނުގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ސައެންސީއަކު ދޫކޮށްލެވުނެވެ.
ވިއެނާ ވާހަކަދެއްކުންތައް
އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ޢިރާޤުޖީ ވިދާޅުވިއެވެ. "ވިއެނާގައި ބޭއްވެމުންދިޔަ ވާހަކަދެއްކުންތައް ދެން ފެށޭނީ އައު ރައީސް އިބްރާހީމު ރައީސީގެ ރިޔާސަތު ފެށުމުންނެވެ." ވިއެނާގައި ބޭއްވެމުން އައި ވާހަކަ ދެއްކުންތައް މަޑުޖައްސާލެވުނީ 20 ޖޫންގައެވެ. މި ވާހަކަ ދެއްކުންތައް އަލުން ފެށޭނެ ދުވަހެއް ނޭނގެއެވެ. މި ވާހަކަ ދެއްކުންތައް ފެށުނީ އެޕްރީލު ހައެއްގައެވެ. މީގެ ތިން އަހަރު ކުރިން ރައީސް ޓްރަމްޕް ވަނީ ނިޔުކްލިއަރ އެއްބަސްވުމުން އެމެރިކާ ބޭރަށް ލައްވައިފައެވެ. އަދި އެކަމާވިދިގެން އޭނާ ވަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރައްވައިފައެވެ.



advertisment