Support Us

ނަމާދު ވަގުތުތަކުގައި ފިހާރަތައް ހުޅުވައިފައި ބަހައްޓަން ސުޢޫދީގައި ހުއްދަކޮށްފި

ފިހާރަތައް ހުޅުވާފައި ބެހެއްޓުމާއި ވިޔަފާރިއާއި އިޤްތިޞާދީ މުޢާމަލާތުތައް ހުރިހާ ވަގުތެއްގައި ކުރުމުގެ ހުއްދަ ސުޢޫދީ އަރަބައްޔާއިން އިއްޔެ ދީފިއެވެ. މި ޤަރާރުގެ ސަބަބުން ނަމާދު ވަގުތުތަކުގައި ފިހާރަތަކާއި ހޮޓާތަކާއި ސުޕަރ މާރުކޭޓްތައް ފަދަ ތަންތަން ބަންދުކުރާކަށް ނުޖެހޭނެއެވެ. މީގެ ކުރިން ސުޢޫދީ ޢަރަބިއްޔާގައި ނަމާދު ވަގުތުތަކުގައި ފިހާރަތައް ބަންދު ކުރުމަކީ މަޖްބޫރު ކަމެކެވެ.

ސުޢޫދީ ޢަރަބިއްޔާގެ ވިޔަފާރިއާ ބެހޭ ޙަރަކާތްތަކުގެ އިއްތިޙާދު ބުނާގޮތުގައި މި ގޮތަށް ނިންމީ މަސައްކަތުގެ ވަގުތުތަކާއި ބާޒާރު ކުރުމުގެ ތަޖްރިބާ ރަނގަޅު ކުރުމަށް ޓަކައެވެ. މިއީ ނަމާދު ކުރުމާ ތަޢާރުޟުވާ ކަމެއް ނޫން ކަމަށް ވެސް އިއްތިޙާދުގެ ޤަރާރުގައި އައިސްފައި ވެއެވެ.

ޓްވީޓަރުގައި ޖަދަލު ކުރުންތައް ވަރަށް ގިނަ

ސުޢޫދީން މި ޤަރާރު ނެރުމުން އެ ޤައުމުގެ ބައެއް މީހުން ޓްވީޓްތަކުގައި މި ޤަރާރާ ދެކޮޅަށް ފާޑުކިޔަމުންދާކަން ފާހަގަކުރެވެއެވެ. ބައެއް މީހުން ބުނިގޮތުގައި ނަމާދު ވަގުތުގައި ފިހާރަތަކާއި ސުޕަރމާރުކޭޓްތައް ހުޅުވަން ހުއްދަދިނުމަކީ އިސްލާމްދީނަށް އިޙްތިރާމު ނުކުރާކަމުގެ ޢަލާމަތެކެވެ.

އައްޒަހްރާނީ ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ. "ތިބާގެ ވިޔަފާރިއާއި ތިބާގެ މުދަލާއި ބަރަކާތް އޮތީ ކޮން ފަރާތެއްގެ ބާރުގެ ދަށުގައި ހެއްޔެވެ؟ ތިބާގެ ފިހާރަ ބަންދު ކުރަން ޖެހެނީ އެ ފަރާތަށް އަދާކުރަން ޖެހޭ ވާޖިބު އަދާކުރުމަށެވެ. އެ ފަރާތަށް އަދާކުރަން ޖެހޭ ވާޖިބު އަދާނުކޮށްފިނަމަ އެ ފަރާތުން ތިބާގެ ވިޔަފާރީގައި ބަރަކާތް ލައްވާނެ ކަމަށް އިންތިޒާރު ނުކުރާށެވެ! حي على الفلاح އަކީ މި ހުރިހާ ކަމެއްގެ ވެރި ފަރާތުން ތިބާއަށް ގޮވައިލައްވާ ގޮވައިލެއްވުމެކެވެ. ނަމާދު ކުރުން ފަސްކުރެވެން އޮތްނަމަ ހަނގުރާމައިގެ ވަގުތުގައި ނަމާދު ކުރާކަށް ނާންގަވާނެއެވެ."

އެހެން ޓްވީޓެއް ބުންޏެވެ. "ތިބާ ނަމާދު ކުރީމާ ތިބާގެ ވާޖިބު އަދާވީ ނޫންހެއްޔެވެ؟ އެހެން މީހުންނާ ތިބާއާ ބެހޭ ކަމެއްނޫނެވެ. އެހެން މީހުން ބާޠިލު މަތީ ތިއްބަސް ތިބާ ޙައްޤު މަގުގައި ހުރެވޭތޯ ބަލާށެވެ!

ޓްވީޓް ކުރި އެހެން މީހަކު ބުންޏެވެ. "މިއީ ވަރަށް ރަނގަޅު ޤަރާރެކެވެ. ސުޕަރމާރުކޭޓްގައި އެއްޗެއް ގަންނަން ހުއްޓާ ނަމާދަށް ގޮވީމާ ފިހާރަ ބަންދު ކުރީމާ އަހުރެމެންނަށް އެއީ ވަރަށް ބޮޑު ތަކްލީފެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *