މެލޭޝިއާގެ ބޮޑުވަޒީރުގެ ނާއިބުގެ މަޤާމަށް ދިފާޢީ ވަޒީރު އިސްމާޢީލް ޞަބްރީ ޔަޢުޤޫބު މިއަދު އިސްކުރައްވައިފިއެވެ. މިކަން މިއަދު ބޮޑުވަޒީރުގެ އޮފީހުން ވަނީ އިޢުލާނުކުރައްވައިފައެވެ. އެހެންނަމަވެސް ދިފާޢީ ވަޒީރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުކާއެކު ދިފާޢީ ވަޒީރުގެ މަޤާމުގައި ވެސް އޭނާ ދެމި ހުންނަވާނޭ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ހާމަކުރައްވައެވެ.
ބޮޑުވަޒީރުގެ އޮފީހުން ޢާންމުކުރައްވައިފައިވާ ބަޔާނެއްގައިވަނީ ބޮޑުވަޒީރުގެ ނާއިބުގެ ހައިސިއްޔަތުން ޞަބްރީ، ބޮޑުވަޒީރަށް އެހީތެރިވެވަޑައިގަންނަވާނީ މިއަދުގެ ޞިއްޙީ ޙާލަތާއި އިޤްތިޞާދީ ގޮންޖެހުންތަކާއެކު ރައްޔިތުންނަށް މުހުތާދުވެފައިވާ ބޭނުންތައް ފުރިހަމަކޮށްދެއްވުމަށް ޓަކައިކަމަށެވެ.
އަނެއްކޮޅުން ހިޝާމުއްދީން ޙުސައިން ވަނީ ދިފާޢީ އިސް ވަޒީރުގެ މަޤާމަށް ވެސް މިއަދު ޢައްޔަންކުރައްވައިފައެވެ. އިސް ވަޒީރުގެ ހައްސިއްޔަތުން ހިޝާމުއްދީން ޙަވާލުވެވަޑައިގަންނަވާނީ ކުރީން މުޙުޔިއްދީން ބަލަހައްޓަވަމުން ގެންދެވި ސަލާމަތީ އިހަލުގެ އިސްވާރުކަމާއެވެ.
ބޮޑުވަޒީރު މި ގެންނެވި ދެ ބަދަލު ވެސް މިހާރުވަނީ ޤާނޫނުގައިވާ ގޮތުގެ މަތީން ޤައުމުގެ ބޮޑު ރަސްގެފާނު (ރަސްމީ ނަމުންނަމަ: ޔަންގ ޑި ޕަރްތުއާން އަގޮންގ)ގެ ކުރިފުޅުމައްޗަށް ހުށަހަޅުއްވައިފައެވެ. އެހެންކަމުން ބޮޑުވަޒީރު މި ގެންނެވި ބަދަލު މިހާރުންމިހާރަށް އަސަރުވެރިވާނެކަމަށް ބެލެވެއެވެ.



advertisment