ހޮނިހިރު ދުވަހުގެ ރޭ ޔޫކްރޭނާ ދެކޮޅަށް އިނގިރޭސީން ކާމިޔާބުކުރި ޔޫރޯ2020 ފުޓްބޯޅަ މެޗްގެ ކަވަރޭޖް ބީބީސީއިން ދުރަށް ދައްކައިފައިވާއިރު އެއީ އަހަރުގެ މިހާތަނަށް ޓީވީއިން އެންމެ ގިނަ މީހުން އެއްފަހަރާ ބަލައިފައިވާ ޙަރަކާތަށް ވެއްޖެއެވެ.
ޔުކްރެއިނާ ވާދަކޮށް 4-0ގެ ތަފާތު ނަތީޖާއަކުން އިނގިރޭސީން މި ބޮޑު ކާމިޔާބީ ހޯދި "ޙަރަކާތް" ބީބީސީއިން ދުރަށް ދެއްކި އިރު، ޓީވީއިން ބެލުމަށް ޓަކައި 20 މިލިއަނަށް ވުރެ ގިނަ މީހުން ޓީވީ ޓިޔުނުކުރި ކަމަށް "ދަ ސްޓާރ" އިން ބުނެއެވެ.
"ގަރެތު ސައުތުގޭޓްގެ 'ތިން ސިންގާގެ' ސަބަބުން މުޅި ޤައުމު ޤަދަރު އުފުލައިދީފި ކަމަށް އިނގިރޭސީން ދަނީ ގޮވަމުންނެވެ. އެ މީހުން ވަނީ ނުހަނު ހިތްގައިމު ފަސޭހަ ކާމިޔާބީއެއްގެ ސަބަބުން ޤައުމުގެ ހުރިހާ ގޭބިސީތަކެއްގެ މެންބަރުން ހިތްއުފާކޮށްދީފައެވެ."
ސައުތު ގޭޓަކީ އިނގިރޭސި ގައުމީ ޓީމުގެ ކޯޗެވެ. އޭނާގެ ތިން "ސިންގާ"ގެ ގޮތުގައި އިނގިރޭސީން އެ އިޝާރާތްކުރަނީ 1996ގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރި ލަވައަށެވެ. "ތިން ސިންގާ (ފުޓްބޯޅަ ގޯއްޗަށް އަންނަނީ)" މި މަޝްހޫރު ލަވައަށެވެ. މިއަދު އެ މީހުން ވަރުގަދަ ތިން ސިންގާގެ ގޮތުގައި އެ އިޝާރާތްކުރަނީ ޔުކްރެއިންގެ ގޯލަށް ހަތަރު ލަނޑު ޖަހައިގެން އިނގިރޭސީންނަށް ތާރީޚީ ނަތީޖާއެއް ނެރެދިން ތިން ކުޅުންތެރީން ކަމަށްވާ ހެކީކޭނާއި ހެރީމެގުއަރާއި ޖޯޑަން ހެންޑަރސަނަށެވެ.
ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް، ފަންސާސް އެތައް އަހަރަކަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސީންނަށް ވާޞިލުވެވުނު މެޗް ބެލުމަށް ޓަކައި ފޭނުންގެ ޕާކުތައް އޮތީ ފުރައިލައިފައިކަމަށް ވެއެވެ. ސައިހޮޓާތަކާއި މީހުން ދިރިއުޅޭ ގޭގެއާއި ފްލެޓްތަކުގައި މީސްތަކުން ތިބީ ޓީވީތަކުގެ ކުރިމަތީގައި ތޮއްޖެހިފައެވެ.
ޖުމުލަކޮށް ބަލާއިރު، ބީބީސީއިން ވަގުތުން ދުރަށް ދެއްކި "ޔޫރޯ2020 ޝޯ" 20.9 މިލިއަން މީހުން ބެލި ކަމަށްވެއެވެ. މި ގޮތަށް ޓީވީ ހުޅުވި ގިނަ މީހުން ބެލީ އެހެން މީހުންނާ ޙިއްސާކޮށްގެންނެވެ. އަދި ބީބީސީ ލައިވްސްޓްރީމް "އައިޕްލޭޔާރ"އާއި "ބީބީސީ ކުޅިވަރު ވެބްސައިޓް"އާއި ދެ މަންސަ އެއްކޮށް ފަސް މިނިއަނަށްވުރެ ގިނަ މީހުން ބެލިއެވެ. މި ކާމިޔާބީ މުޅި އިނގިރޭސި ވިލާތުގައި އަދިވެސް އަންނަނީ ފުޅާ ދާއިރާއެއްގައި ފާހަގަކުރަމުންނެވެ. (ދަ ސްޓާރ)