Support Us

ޔޫރޯ2020: ބައިގަރުނުގެ ތެރޭގައި އިނގިރޭސީން ފުރަތަމަ ފަހަރަށް ސެމީއަށް

ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގެ ކުއާޓަރފައިނަލުގައި ރޭ ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއެއް ނެރެ، އިނގިރޭސިވިލާތުން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. އިޓަލީގެ އޮލިމްޕިކް ސްޓޭޑިއަމް (ސްޓޭޑިއޯ އޮލިމްޕިކޯ)ގައި ރޭ (މާލޭގަޑިން) 12 ޖެހި އިރު ކުޅުނު މި މެޗު އިނގިރޭސީން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ވެސް އިނގިރޭސީންނެވެ. މުޅި މެޗްގެ 52 އިންސައްތަ ކޮންޓްރޯލް ކުރީ އިނގިރޭސީންނެވެ. ޔޫކްރެއިނަށް ލިބުނު މަދު ފުރުޞަތުތަކެއްގައި އިނގިރޭސި ގޯލަށް ބޯޅައެއް ފޮނުވައިލާން މަސައްކަތްކުރި ނަމަވެސް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނެތެވެ.

މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އިނގިރޭސީން ވަނީ ލަންޑެއް ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކުރީ ރަހީމް ސްޓާލިން ދިން ބޯޅައަކުން ކެޕްޓަން ހެރީކޭނެވެ.

މި ލަނޑު ޖެހުމާއެކު ޔޫކްރެއިން އިން ކުރިޔަށްޖެހި އިނގިރޭސި ކޮޅަށް ބާރުބޮޑުކުރަން މަސައްކަތްކުރި އެވެ. ނަމަވެސް އިނގިރޭސި ހުނަރުވެރި ކުޅުންތެރީން އެ ހުރިހާ ޙަމަލާތަކެއް ހުއްޓުވީ ހުނަރުވެރިކަމާއެކީގައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އިންގްލޭންޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ޑިފެންޑަރު ހެރީ މެގުއާ އެވެ. މިއީ ލޫކް ޝޯގެ ހިލޭޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުޞަތެއްގައެވެ. މި ލަނޑު ކާމިޔާބުކުރީ ބޮލުން ޖަހައި ބޯޅަ ފޮނުވައިލައިގެން މެޗްގެ 46 ވަނަ މިނިޓްގައެވެ.

މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ލިޔުކް ޝޯ ހޯދައިދިން ބޯޅައެއް ބޮލުން ފޮނުވާލައިގެން ހެރި ކޭން ވަނީ އެ ޓީމަށް ތިންވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖެހީ މެސަން މައުންޓް ނަގައިދިން ކޯނަރަކުން ޖޯޑަން ހެންޑަރސަނެވެ. އެވެ. ހެންޑަރސަނަކީ މެޗްގެ 57 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކުޅުންތެރިއެކެވެ. މި ހާފުގައި އިނގިރޭށީން ފަސް ބަދަލެއް ގެނައި ނަމަވެސް ޔުކްރެއިނުން ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. މުޅި މެޗްގައި ވެސް އެއްވެސް ކާޑެއް ފެނިފައެއް ނެތެވެ. އެހެންކަމުން މި މެޗަކީ ވަރަށް ސުލޫކީ މެޗެއްކަމަށް ބަލާންޖެހެއެވެ.

މެޗްގެ ފައުލަށް ބަލާއިރު އިނގިރޭސީން ކުރި ފައުލުތައް ވެސް މި މެޗްގައި ވަރަށް މަދެވެ. ޔުކްރެއިނުން 10 ފައުލު ކޮށްފައިވާއިރު އިނގިރޭސި ޓީމުން ކުރީ އެންމެ ހަތަރު ފައުލެކެވެ. ގޯލާ އަމާޒުކޮށް ހަ ބޯޅައެއް އިނގިރޭސީން ފޮނުވައިލިއިރު ޔޫކްރެއިނަށް ފޮނުވައިލެވުނީ ވެސް އެންމެ ދެ ބޯޅައެކެވެ.

ރޭގެ މެޗް ނިމުނީ 4-0ން އިނގިރޭސީން ކުރީގައި އޮވެގެންނެވެ. އެހެންކަމުން އިނގިރޭސީން 55 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސެމީއަށް ދަތުރުކުރީއެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލުގައި އިންގްލޭންޑް ބައްދަލުކުރާނީ މި މުބާރާތުގައި މޮޅު ނަތީޖާއެއް ދައްކަމުން އަންނަ ޑެންމާކް އާއެވެ. މި މެޗު ކުޅޭނީ އަންނަ ބުދަދުވަހުގެ ރޭގަނޑުއެވެ.

މިއީ މި ވޭތުވެ ދިޔަ ބައި ޤަރުނުގެ ތެރޭގައި ވެސް އިނގިރޭސީންނަށް ސެމީފައިނަލާއި ހަމަޔަށް މީގެ ކުރީން ދަތުރުކުރެވިފައެއް ނެތެވެ. އެންމެފަހުން ޔޫރޯގެ ސެމީފައިނަލަށް އިނގިރޭސީންނަށް ދެވިފައިވަނީ 1966 ގައެވެ. އެހެންކަމުން ރޭގެ ކާމިޔާބީއަކީ އިނގިރޭސި ފުޓްބޯޅައިގައި ވެސް ތާރީޚީ ކާމިޔާބީއެކެވެ. އަދި މިހާތަނަށް އިންގްލޭންޑަށް އެންމެ ފަހަރަކު ވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ކާމިޔާބުކުރެވިފައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *