Support Us

ސަބާހ ސްޓޭޓްގެ ފަތުރުވެރިކަމާއި ސަގާފަތާއި ތިމާވެއްޓާ ބެހޭ ވުޒާރާ: ދާތޫ ގުއަންދީ ކޮހޯއީ (ކ) އަދި ދާތޫ ޖެފްރީ ޢާރިފީން 

މެލޭޝިއާގައި ވެކްސިން ދިނުމުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އިސްކަން ދިނުން

މެލޭޝިއާގެ ސަބާހ ސްޓޭޓްގެ ފަތުރުވެރިކަމުގެ ދާއިރާއި މަސައްކަތްކުރާ ތިންހާސް ކުންފުންޏަކުން ވެކްސިން ޖަހާން އެދި ފަތުރުވެރިކަމާއި ފަންނާއި ސަގާފަތާ ބެހޭ ވުޒާރާގެ، އެ ސްޓޭޓްގެ އޮފީހުން ހިންގާ ވެކްސިން ޕްރޮގްރާމްގައި ރަޖިސްޓަރީކޮށްފިއެވެ.

ފެދުރާލީ ސަރުކާރުގެ ފަތުރުވެރިކަމާއި ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއާއި ސަބާ ސްޓޭޓްގެ ފަތުރުވެރިކަމާއި ސަގާފަތާއި ތިމާވެއްޓާ ބެހޭ ވުޒާރާ އިން މިހާރު ގެންދަވަނީ ފަތުރުވެރިކަމާ ބެހޭ ފަރާތްތަކަށް ވެކްސިންގެ ޑޯޒުތައް ދޭނެ މަރުކަޒުތައް ގާއިމުކުރާނެ އެންމެ ރަނގަޅު ތަންތަނާ ބެހޭ ގޮތުން މަޝްވަރާކުރައްވަމުންނެވެ.

ސަބާހގެ ފަތުރުވެރިކަމާއި ސަގާފަތާއި ތިމާވެއްޓާ ބެހޭ ވަޒީރު ދާތޫ ޖެފްރީ ޢާރިފީން ޔަގީންކަން ދެއްވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރީން އޮތް ޙާލަތަށް ގެނައުމަށް ޓަކައި ރޭވިފައިވާ ރޭވުމާ ފައިހަމަވާ ގޮތެއްގައި ކާމިޔާބުކަމާއެކު ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދެވޭނެއެވެ.

"މި އިސްނެގުން ވާނީ ފަތުރުވެރިކަމުގެ ޞިނާޢަތު އަލުން ކޮޅަށް ނަގައި ސްޓޭޓް ސަރުކާރުގެ އިޤްތިޞާދުގެ ރޫފަ ރަނގަޅުކުރުން އަވަސްކުރުމުގެ ފިޔަވަހީގެ މައިގަނޑު އަސާސް ކަމުގައެވެ." ޖެފްރީ ޢާރިފީނާއެކު ފެދުރާލީ ފަތުރުވެރިކަމާއި ފަންނާއި ސަގާފަތާ ބެހޭ ވަޒީރުގެ ނާއިބު ދާތޫ ގުއަންދީ ކޮހޯއީ މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމަކަށްފަހު ވިދާޅުވެފައިވެއެވެ.

ޖެފްރީ ލަފާދެއްވައިފައިވާ ގޮތުގައި ފަތުރުވެރިކަމުގެ އޮޕަރޭޓަރުންނާއި އެ ދާއިރާގެ މުވައްޒަފުން ބޭނުންކުރާނެ ޚާއްޞަ ޓެގެއް ތަޢާރަފުކުރުމަކީ މުހިންމު ކަމެކެވެ. އެ ޓެގުގައި "އަހަރެން ވެކްސިން ޖަހައިފިން" މި ޢިބާރާތް ހިމަނާންޖެހޭނެއެވެ. އެއީ ފަތުރުވެރީންނަށް އެ މީހުންގެ ރައްކާތެރިކަމުގެ ކަށަވަރުކަން ދިނުމަށް ޓަކައެވެ.

އޭނާ އުންމީދުކުރައްވާ ގޮތުގައި ސަބާހ ސްޓޭޓްގެ ފަތުރުވެރިކަން ވަރަށް އަވަހަށް ވަރުގަދަވާނެއެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އޭނާ އިލްތިމާސްކުރެއްވީ މިއަހަރު ނިމުމުގެ ކުރީން ޤައުމުގެ 80 އިންސައްތައަށް ވެކްސިން ދޭން ކަނޑައަޅައިފައިވާ އަމާޒަށް ވާޞިލުވުމަށް ޓަކައި އަވަހަށް ވެކްސިން ލިބިގަތުމަށެވެ.

ފަތުރުވެރިކަމަކީ، މެލޭޝިއާގައި ތަފާތު އުފެއްދުންތަކުގެ ޞިނާޢަތާއި ދަނޑުވެރިކަމުގެ ނުވަތަ ބިމުން ލިބޭތަކެތީގެ ޞިނާޢަތް ފިޔަވައި މެލޭޝިއާގެ އިޤުތިޞާދުގައި ތިންވަނައަށް ޙިއްޞާކުރާ އެންމެ ބޮޑު ޞިނާޢަތެވެ. ދެހާސް ވިހި ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ޤައުމުގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 5.9 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއެވެ. މެލޭޝިއާއަކީ އިރުމަތީ އޭޝިއާގައި ކުރިއަރައިފައިވާ ޞިނާޢީ ޤައުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *