Support Us

ޔޫރޯ2020: މުޅި މެޗްގައި މޮޅަށް ކުޅެ ލަނޑެއް ނުޖެހި ޖަރުމަނުވިލާތް ކަޓައިފި

ޔޫރޯ2020 ފުޓުބޯޅަ މުބާރާތުގައި މިރޭ ޖަރުމަނުވިލާތާއި އިނގިރޭސިވިލާތް ބައްދަލުކުރި މެޗް 0-2 ގެ ތަފާތަކުން އިނގިރޭސީން ކާމިޔާބުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މި ރޭ މާލޭ ގަޑީން 9:00ގައި ފެށި މެޗު ފަށައިގެން ފުރަތަމަ ކޮޅުގައި ހަމަހަމަ ކުޅުމެއް ކުޅު ކަމަށް ބެލެވުނެވެ. ނަމަވެސް އެ ހާފުގައި މޮޅަށް ކުޅުނީ ވެސް ޖަރުމަނީންނެވެ.

މެޗްގެ 8 ވަނަ މިނިޓްގައި އިނގިރޭސި ޓީމުގެ ޑެކްލާން ރައިސް ކުރި ފައުލެއްގެ ސަބަބުން އޭނާއަށް ރެފްރީ ޑެނީ މަކެލީ ރީނދޫ ކާޑެއް ދެއްކިއެވެ. އަދި މެޗްގެ 25 ވަނަ މިނިޓްގައި ޖަރުމަނުގެ މެތިއާސް ގިންޓަރއަށް ވެސް ރީނދޫ ކާޑު ދެއްކި އެވެ. މެޗްގެ 31 ވަނަ މިނިޓްގައި ޖަރުމަނީންގެ ނުރައްކާތެރި ހަމަލާތަކެއްގެ ސަބަބުން އިނގިރޭސި ގޯލަށް ވަރަށް ބާރުބޮޑުވި ތަން ވެސް ފެނުނެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލުކޮށެއް ނުލެވުނެވެ.

މެޗްގެ ވަރަށް ކުރީކޮޅު ޖަރުމަނީންނަށް ވެސް އަދި އިނގިރޭސީންނަށް ވެސް ލަނޑެއް ކާމިޔާބުކުރުމުގެ ފަހި ފުރުޞަތުތަކެއް ލިބި ބޭނުންކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމެމުން ދަނިކޮށް އިނގިރޭސީންނަށް ވަރަށް ފަހި ފުރުޞަތެއް ލިބުނެވެ. ނަމަވެސް އެ ފުރުޞަތު ލަނޑަކަށް ބަދަލުކޮށްލާކަށް އެ މީހުންނަށް ނަސީބު އެހީއެއް ނުވިއެވެ. މި ބާރުގަނޑުގެ ތެރޭގައި އިނގިރޭސި ޓީމުގެ ކެލްވިން ފިލިޕްސްއަށް ރީނދޫ ކާޑެއް ދެއްކިއެވެ.

އިނިރޭސީންގެ 45 ހާސް ފޭނުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ހާފު ނިމުނީ ނަތީޖާއެއް ނުނެރެވިއެވެ.
ދެ ވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުން ދެއްކީ ވަރަށް ވަރުގަދަ ކުޅުމެކެވެ. ނަމަވެސް ޖަރުމަނީން އިނގިރޭސި ގޯލަށް ބާރު ބޮޑުކުރަމުން ގެންދިޔަތަން ފެނުނެވެ. މެޗްގެ 48 ވަނަ މިނޓްގައި ވަރުގަދަ ޙަމަލާއެއް ފަރަންސޭސީން އިނގިރޭސި ގޯލަށް ފޮނުވައިލިއެވެ. ނަމަވެސް އިނގިރޭސި ކީޕަރު ހުޝިޔާރުކަމާއެކު އެ ބޯޅަ އަތުން ޖައްސައި ގޯލުމަތީން ބޭރަށް ފޮނުވައިލީއެވެ. މި ނޫނަސް މި ފަދަ ކިތަންމެ ފުރުޞަތުތަކެއް ޖަރުމަނީންނަށް ފަހިވިއެވެ. ނަމަވެސް ގޯލަކަށް ބަދަލުކޮށެއް ނުލެވުނެވެ. ނަމަވެސް މެޗްގެ މިހާތަނަށް އައި އިރު ވެސް މޮޅަށް ކުޅެ އިދިކޮޅު ޓީމަށް ބޮޑަށް ނުރައްކާ ކޮށްފައިވަނީ ވެސް ޖަރުމަނު ޓީމުންނެވެ. މެޗްގެ 52 އިންސައްތަ ކޮންޓްރޯލްކުރަމުން ގެންދިޔައީ ޖަރުމަނީންނެވެ. އިނގިރޭސީން ބޮޑަށް ބެލީ ލިބޭ ހުސް ފުރުޞަތުގައި ބޯޅަ ހިފައިގެން ކުރިއަށް އަރައި ލަނޑެއް ޖެހޭތޯއެވެ. ނަމަވެސް ގޯލާ އަމާޒުކޮށް އިނގިރޭސީން ވެސް ދެ ބޯޅައެއް ފޮނުވައިލައިފައިވާއިރު، ޖަރުމަނީންނަށް ވެސް ގޯލާ އަމާޒުކޮށް ފޮނުވައިލެވުނީ ތިން ބޯޅައެކެވެ. ގޯލާ އަމާޒު ނުވާ ގޮތަށް ކޮންމެ ޓީމަކުން ވެސް އެއް ބޯޅަ ފޮނުވައިލައިފައިވެއެވެ.

މެޗްގެ 68 ވަނަ މިނިޓުގައި ޖަރުމަނުގެ ތީމޯ ވާރނާރ ބޭލުމަށް ފަހު ސާރޖް ޑޭވިޑް ޖަރްނާބްރީ ކުޅޭން އެރުވިއެވެ. އަދި 69 ވަނަ މިނިޓްގައި އިނގިރޭސި ޓީމުގެ ބުކާޔޯ ސަކާ ބޭލުމަށް ފަހު ޖެކް ގްރީލިޝް ކުޅޭން އެރުވިއެވެ. ދެ ޓީމުގެ ކުޅުމުގެ ވާދަވެރިކަން ބޮޑުވަމުން ގޮސް މެޗްގެ 72 ވަނަ މިނިޓްގައި ފަރަންސޭސި ޓީމުގެ ރޮބިން ގޮސެންސް ކުރި ފައުލެއްގެ ސަބަބުން އޭނާއަށް ރީނދޫ ކާޑެއް ވެސް ދެއްކިއެވެ.
މެޗްގެ މިހާތަނަށް އައި އިރު ވެސް މޮޅަށް ކުޅެމުން ގެންދިޔައީ ޖަރުމަނީންނެވެ. ނަމަވެސް މެޗްގެ 75 ވަނަ މިނިޓްގައި އިނގިރޭސި ޓީމުގެ ލިޔުކް ޝޯވް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ރަހީމް ސްޓަރލިން ފޮނުވައިލި ބޯޅައެއް ގޯލަށް އަމާޒުކޮށްގެން އިނގިރޭސީންގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކުރިއެވެ. މެޗްގެ 82 ވަނަ މިނިޓްގައި ޖަރުމަނަށް ލިބުނު ހުސް ފުރުޞަތެއްގައި ގޯލަށް ފޮނުވައިލި ބޯޅަ ވެސް ދިޔައީ އަމާޒުން ކައްސައިލައިގެންނެވެ. ޖަރުމަނީންނަށް ލިބުނު މާޔޫންކަމުގައި ތިއްބައި މެޗްގެ 86 ވަނަ މިނިޓްގައި ޖެކް ގްރީލިޝް ފަހިކޮށްދިން ފުރުޞަތެއްގައި ހަރީ ކޭން ފޮނުވައިލި ބާރު ބޯޅައަކުން އިނގިރޭސީން އެ މީހުންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްގެން ގާތްގަނޑަކަށް ނަތީޖާ ޔަގީންކުރިއެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމުގައިވާ ގެރީ ނެވިލޭ މެޗްގެ ކުރީން އިނރިރޭސި ކުޅުންތެރީންނަށް ވަރަށް ޚާއްޞަ އިލްތިމާސެއް ވެސް ކުރިއެވެ.

"ވެމްބްލީ ގައި ޖަރުމަނީންނާ ދެކޮޅަށް ކުޅެން ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ މި ޤައުމަށް ޓަކައި ބޭއްވޭނެ އެންމެ ބޮޑު ބައިނަލްއަޤުވާމީ ޙަރަކާތެކެވެ. ބައިނަލްއަޤުވާމީ މައިދާނުގައި މިއަށްވުރެ މުހިންމު އެހެން ފުރުޞަތެއް ނުލިބޭނެއެވެ. މި ފަދަ ދެވަނަ ފުރުޞަތެއް ނުލިބޭނެއެވެ. ކުރިއަށް ގޮސް މި ފުރުޞަތު ލިބިގަންނާށެވެ!" އޭނާ ބުނެފައިވެއެވެ. "އަންގާރަދުވަހުގެ މެޗްގައި އަހަރެމެންނަށް ޖަރުމަނީން ބަލިކުރެވިއްޖެ ނަމަ އެއީ މައުޖޫދުވާނެ ކޮންފަދަ ފުރުޞަތަކަށް ވާނެހެއްޔެވެ؟ އެ މީހުން އެކަން ދަންނާނެއެވެ!" ކޮންމެއަކަސް މެޗް ނިމުނީ ގެރީގެ މި އިލްތިމާސަށް އިޖާބަލިބިގެންނެވެ. މި ރޭ 12:00 ގައި ބައްދަލުކުރާނީ ޔުކްރޭނާއި ސްވިޑްން އެވެ.

ލަންޑަންގެ ވެމްބްލީ ގައި އިނގިރޭސީންނާއި ޖަރުމަނުން ބައްދަލުކރި މެޗް ބައްލަވައިލެއްވުމަށް ޓަކައި އިނގިރޭސި ވަލީއަޙުދު ވިލިއަމް އާރތަރ ފިލިޕް ލުއިސް، (ޑިޔުކް އޮފް ކޭމްބްރިޖް) އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިކަލަކު ވެސް މެޗް ބައްލަވައިލެއްވުމަށް ޓަކައި ދަނޑަށް ވަޑައިގަތްކަން ފާހަގަކުރެވުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *