...

Support Us

ޔޫރޯ2020: ފަރަންސޭސީންގެ ހިތްތައް ކަތިލުމަށްފަހު، ސުވިޒަރލޭންޑް ކުއާޓަރ ފައިނަލަށް

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގައި ފަރަންސޭސީންނާ ވާދަކޮށް ޕެނެލްޓީ ޖަހައިގެން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ގަދަ އަށަކަށް ސްވިޒަލޭންޑް ރޭ ދަތުރުކޮށްފިއެވެ.

މި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑް ނެގީ ވެސް ސްވިޒަލޭންޑުންނެވެ. މި ލަނޑު ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ ހެރިސް ސެފެރޮވިޗެވެ. މި މެޗުގެ ފުރަތަމަ 45 މިނިޓްގައި ފަރަންސޭސީންގެ ދިފާޢީ ރޮނގު ފެނުނީ ވަރަށް ބަލިކަށިކޮށެވެ.

ފުރަތަމަ ހާފުގެ ހާފުގެ 30 ވަނަ މިނިޓުގައި ފަރަންސޭސި ޓީމުގެ ރަފޭލް ވަރާނޭއަށް ރީނދޫ ކާޑެއްވެސް ދެއްކި އެވެ. އޭގެ ދެ މިނިޓް ފަހުން ސްވިޒަރލޭންޑްގެ ނިކޯ އެލްވެޑިއަށް ވެސް ރީނދޫކާދެއް ދެއްކިއެވެ. ކޮންމެއަކަސް ފުރަތަމަ ހާފު ނިމުނީ 0-1ގެ ތަފާތަކުން ސްވިޒަލޭންޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މެޗްގެ 53 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ލީޑް ފުޅަކުރުމުގެ ފުރުޞަތު ވެސް ސްވިޒަރލޭންޑަށް ލިބުނެވެ. ނަމަވެސް ސްވިޒަލޭންޑުގެ ރިކާޑޯ ރޮޑްރިގޭޒް ފޮނުވައިލި މި ޕެނަލްޓީ ފްރާންސްގެ ތަޖުރިބާކާރު ކީޕަރު ހޫގޯ ލޮރިސް ވަނީ ހުށިޔާރުކަމާއެކު ދިފާޢުކުރިއެވެ.

ނަމަވެސް ފަރަންސޭސީންގެ ހިތްވަރާއި އުންމީދަކަށް ބަދަލެއް ނައެވެ. ނަތީޖާއެއްގެ ގޮތުން މި ޕެނަލްޓީ ޖެހިތާ ދެ މިނެޓުފަހުން އެ ޓީމުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އެވެ. މި ލަނޑަށްފަހު ސްވިޒަލޭންޑް ހަމަޔަކަށް ނޭޅި އުޅެނިކޮށް ބެންޒެމާ ވަނީ އިތުރު ލަނޑެއް ޖަހައި މި މެޗުގައި ފަރަންސޭސީންނަށް ކުރި ހޯދައިދީފައެވެ.

މެޗްގެ 62 ވަނަ މިނިޓްގައި ސްވިޒަރލޭންޑްގެ ރިކާޑޯ ރޮޑްރިގޭޒަށް ރީނދޫކާޑެއް ދެއްކިއެވެ. މެޗްގެ 73 ވަމަ މިނިޓްގައި ސްވިޒަރލޭންޑް ޓީމަށް ދެ ބަދަލެއް ގެނައެވެ. ޒެންޑަރން ޝަރިރީގެ ބަދަލުގައި މާރިއޯ ގަވްރޮނޮވިޗް އަދި ސިލްވާން ވިޑްމާރގެ ބަދަލުގައި ކެވިން މްބާބޫ ކުޅޭން ނުކުތެވެ. މެޗްގެ 76 ވަނަ މިނިޓްގައި ސްވިޒަރލޭންޑްގެ ގްރަނިޓް ޒަކާއަށް ރީނދޫ ކާޑެއް ދެއްކިއެވެ. މެޗްގެ 79 ވަނަ މިނިތްގައި ސްވިޒަރލޭންޑް ޓީމުން އިތުރު ދެ ބަދަލެއް ގަނައެވެ.  ސްޓީވަން ޒުބާރގެ ބަދަލުގައި ކްރިސްޓިއަން ފަސްނަޓް ކުޅޭން ނެރުނެވެ.

ފަރަންސޭސީން މޮޅުވީ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބައި ހިތްވަރު ދޫނުކޮށް ސްވިސް ޓީމުން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މެޗްގެ 81 ވަނަ މިނިޓްގައި ސްވިސް ޓީމުގެ ކެވިން މްބާބޫ ދިން ބޯޅައަކުން ހެރިސް ސެފެރޮމިޗް ލަނޑެއް ޖަހައި ފަރަންސޭސީން ސިއްސުވައިލުމެވެ. މި ސިހުމުގެ ތެރޭގައި ފަރަންސޭސީން އިތުރ ބާރެއްލައި ލީޑް ދަމަހައްޓާން ކުރި މަސައްކަތުގެ ތެރޭގައި ކުރެވުނު ފައުލަކުން ކިނގްސްލީ ކޮމާންއަށް ރީނދޫ ކާޑެއް ވެސް ދެއްކިއެވެ. މި ވަގުތުގެ ތެރޭގައި ފަރަންސޭސި ޓީމުން ކުޅުންތެރިއަކު ބަދަލުކުރިއެވެ. އެންތޮނީ ގްރީޒްމަންގެ ބަދަލުގައި މި ފަހަރު ކުޅެން ނުކުތީ މޫސާ ސިސޯކޯއެވެ. މެޗްގެ 90 މިނިޓް ހަމަވެ އިތުރަށް ދެވުނު ވަގުތުގައި ސްވިސް ޓީމުގެ މާރިއޯ ގަވްރަނޮވިޗް ލަނޑެއް ޖަހައި ފަރަންސޭސީންގެ ހިތް ކުދިކުދިކޮށްލިއެވެ.

ފަރަންސޭސީންގެ ކިންގްސްލީ ކޫމަނަށް އަލުން ލީޑް ހޯދާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ނަސީބު ދެރަކަމުން އޭނާ ފޮނުވައިލި ބާރު ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.

މި ނަތީޖާގައި މެޗްގެ ވަގުތު ހަމަވުމުން ނަތީޖާއެއް ނެރުމަށް ޓަކއި އިތުރަށް ކުޅުނު ދެ ހާފުގައި ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ. އެހެންކަމުން ޖަތީޖާ ނެރޭންޖެހުނީ ޕެނެލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޖެހުމުގައި ކޮންމެ ޓީމަކަށްވެސް ފަސް ފުރުޞަތު ލިބުނެވެ. ސްވިޒަލޭންޑުން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. ފްރާންސް ބަލިވީ އެ ޓީމަށް ލިބުނު ފަސް ޕެނަލްޓީގެ ތެރެއިން ކީލިއަން އެމްބާޕޭ ޖެހި އެންމެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. މި ނަތީޖާއާއެކު 5-4ގެ ތަފާތަކުން ސްވިޒަރލޭންޑް މޮޅުވެ، ފަރަންސޭސީން މުބާރާތާ އަލްވަދާޢު ކިޔާން ޖެހުނީއެވެ.

މިއީ ފަރަންސޭސީންނަށް ލަދުވެތި ނަތީޖާއެއް ކަމަށް ވިޔަސް މިއީ ސްވިޒަލޭންޑަށް ބޮޑު ކާމިޔާބެކެވެ. 2018 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ޗެމްޕިއަން ފަރަންސޭސީން ބަލިކުރުމަކީ އެ ގައުމުގެ ފުޓުބޯޅަ ތާރީޚުގައި ވެސް ކުޑަ ކާމިޔާބީއެއް ނޫނެވެ. މިއީ 1992 ގެ ފަހުން ސްވިޒަލޭންޑްއަތުން ފަރަންސޭސީން ބަލިކުރި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި ސްވިޒަލޭންޑް ބައްދަލުކުރާނީ ރޭ ކްރޮއޭޝިއާ ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލުން ޖާގަ ހޯދި، ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ސްޕޭނާއެވެ.

ޔުއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާޓުގައި މިރޭ އިނގިރޭސިވިލާތުގެ ވެންބްލީ ސްޓޭޑިއަމްގައި ބައްދަލުކުރާނީ ވިލާތުގެ ފުޓްބޯޅަ ތަރީން ކަމުގައިވާ ޖަރުމަނުވިލާތާއި އިނގިރޭސިވިލާތެވެ. މި މެޗް ފަށާން ހަމަޖެހިފައިވަނީ މާލޭ ގަޑީން މިރޭ 9:00ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *