Support Us

ރައީސް އުރްދުޣާން އިސްތަންބޯލް ކެނެލް މަޝްރޫޢު ފަށްޓަވައި ދެއްވަނީ

15 ބިލިއަން ޑޮލަރުގެ ބިޔަ "އިސްތަންބޯލް ކެނެލް" މަޝްރޫޢު ފަށްޓަވައިދެއްވައިފި

އިސްތަންބޯލް ކެނެލްގެ ނަން ދެވިފައިވާ 15 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ބިންގާ ރައީސް އުރްގުޣާން މިއަދު އަޅުއްވާ ދެއްވައިފިއެވެ.

މި މަޝްރޫޢުގެ އަމާޒަކީ ޕެސްފޯރު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން އެ ކަނޑުއޮޅިއަށް ބާރު ބޮޑުވަމުން ދާތީ އެ މަސްއަލަ ޙައްލުކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް ލުއިކޮށްދިނުމެވެ. އިސްތަންބޯލް ކެނެލްގެ މަޝްރޫޢުގައި ހިމެނޭ ފާލަންތަކުގައި ހިމެނޭ ފުރަތަމަ ފާލަމުގެ ބިންގާ އަޅުއްވާ ދެއްވަމުން ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވިދާޅުވިގޮތުގައި މި މަޝްރޫޢަކީ އިސްތަންބޯލް ސަހަރުގެ ކުރިމަގަށް ޓަކައި ހިންގޭ މަޝްރޫޢެކެވެ. އޭނާ މި ފާލަމުގެ ބިންގާ އަޅުއްވާ ދެއްވަމުން ވިދާޅުވިއެވެ. "މިއަދު އަހުރެމެން މި ހުޅުވަނީ ތުރްކީގެ ތަރައްޤީގެ ތާރީޚުގެ އައު ޞަފްޙާއެކެވެ." މި ފާލަމުގެ ދިގުމިނަކީ 1.6 ކީލޯމީޓަރެވެ. އުރްދުޣާން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢު ފުރިހަމަވެ ނިމޭނީ ހަ އަހަރުންނެވެ.

ތުރްކީ ސަރުކާރު ބުނާގޮތުގައި ޕެސްފޯރު ކަނޑުއޮޅިން ލައިފާ ކަޅުކަނޑަށާއި މަރްމަރާ ކަނޑަށް ދަތުރުކުރާ އުޅަނދުފަހަރު ގިނަވަމުންދާތީ އެ އުޅަނދުތައް ވަނީ ހިރާސްތަކަށް ހާސާވެފައެވެ. ޕެސްފޯރު ކަނޑުއޮޅީގެ ސަބަބުން އިސްތަންބޯލު ސަހަރު އޮންނަނީ ދެ ބައިވެފައެވެ. އެއީ ޔޫރަޕް ފަޅިއާއި އޭޝިޔާ ފަޅިއެވެ. އިސްތަންބޯލުގައި 16 މިލިއަން މީހުން ދިރިއުޅެއެވެ.

ރައީސް އުރްދުޣާނުގެ ސިޔާސަތާ ދެކޮޅު ހައްދަވާ ބޭފުޅުން ސިފަކުރައްވާގޮތުގައި މިއީ "އޭނާގެ މޮޔާ މަޝްރޫޢު" އެވެ. މިއީ ބޭކާރު ޚަރަދެއް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. އެ ބޭފުޅުން ވިދާޅުވާގޮތުގައި މި މަޝްރޫޢުގެ ސަބަބުން އިސްތަންބޯލުގެ ހުޅަނގު އައްސޭރީގެ  ދަނޑުބިންތަކަށާއި ޗަސްބިންތަކަށާއި ވެށްޓަށް ގެއްލުން ލިބޭނެއެވެ. އުރްދުޣާން މި މަޝްރޫޢުގެ ވާހަކަ ފުރަތަމަފަހަރަށް ދައްކަވާފައި ވަނީ އޭނާގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރުގައެވެ.

މަޝްރޫޢުގެ ބައެއް ތަފްޞީލުތައް

މި މަޝްރޫޢު ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ހާމަކުރެއްވި ގޮތުގައި ވިހިވަނަ ސައްތައިގެ ތިރީހުގެތެރޭގައި ޕެސްފޯރު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފައިވަނީ އަހަރަކު ތިން ހާސް އުޅަނދެވެ. މިއަދު މި ޢަދަދު ވަނީ 45 ހާހަށް އިތުރުވެފައެވެ. އޭނާ އަންދާޒާ ކުރައްވާގޮތުގައި 2050އާ ހަމައަށް ދާއިރު އުޅަނދުފަހަރުގެ ޢަދަދު 78 ހާހަށް އިތުރުވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޕެސްފޯރު ކަނޑުއޮޅީގެ ތަނަވަސްކަމަށް ބަލާއިރު އިސްތަންބޯލަށް ގެއްލުމެއް ނުލިބި އެ ކަނޑުއޮޅިން އަހަރަކު ދަތުރުކުރެވޭނީ 25 ހާސް އުޅަނދަށެވެ.

އުރްދުޣާން ވިދާޅުވިގޮތުގައި މި ކެނެލްގެ ދިގުމިނަކީ 45 ކީލޯ މީޓަރެވެ. ފުންމިނަކީ 21 މީޓަރެވެ. ފުޅައު މިނަކީ 275 މީޓަރެވެ. ދަތުރުފަތުރުގެ އަމާންކަމަށް ބަލާއިރު ޕެސްފޯރު ކަނޑުއޮޅިން ދަތުރު ކުރުމަށްވުރެ މި ކެނެލުން ދަތުރުކުރުމުގެ އަމާންކަން 13 ގުނައަށް ބޮޑުވާނެއެވެ. އޭނާ ހާމަކުރެއްވިގޮތުގައި މި ކެނެލް ފަރުމާކުރެވިފައި ވަނީ މި ކަނޑުއޮޅިން ކުރާ ދަތުރުތަކުގެ 99 އިންސައްތަ ކެނެލުތެރެއިން ކުރެވޭ ގޮތަށެވެ.

ރައީސް އުރްދުގާން ހާމަކުރެއްވި ގޮތުގައި 275 މީޓަރުގެ ތެޔޮ ޓޭންކަރުތަކަށާއި 350 މީޓަރުގެ ކޮންޓޭނަރު އުޅަނދުތަކަށް މި ކެނެލްތެރެއިން އެއްވެސް ދަތިކަމަކާ ނުލައި ދަތުރު ކުރެވޭނެއެވެ .އޭނާ ހާމަ ކުރެއްވިގޮތުގައި މި މަޝްރޫޢުގައި ހިމެނެނީ ހަ ފާލަމެވެ. މި ފާލަންތައް އޮންނާނީ އެއްގަމުން މުދާ އުފުލޭ މަގުތަކުން ބަނދެލެވިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *