Support Us

ޔޫރޯ2020: މޮޅު ކުޅުމެއް ކުޅެ ޑެންމާރކް ކުއާޓަރ ފައިނަލަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމައިލުމަށް ފަހު މި ރޭ ފެށި، ގަދަ 16ގެ ފުރަތަމަ މެޗް 4-0ގެ ތަފާތަކުން ޑެންމާކް ކާމިޔާބުކޮށްގެން ކުއާރޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ނެދަރލޭންޑްސްގެ އެމްޓަޑަމްސްގެ ޖޯހަން ކުރުއިޖްފް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗް ފަށައިގެން ވެސް ގަދައަށް ކުޅެފައިވަނީ ޑެންމާކުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 27 ވަނަ މިނިޓްގައި ޑެންމާކުގެ ފުރަތަމަ ލަނޑު، ގޯލްއޭރިއާގެ ބޭރުން ކޭސްޕާރ ޑޮލްބާރގް ފޮނުވައިލި ބޯޅައަކުން ކާމިޔާބުކޮށްދިނެވެ. މި ލަނޑު ޖެހުމުގައި ޑޮލްބާރގަށް އެހީތެރިވެދިނީ މިކޭލް ޑޭމްސް ގާރޑެވެ. ނަމަވެސް މެދަށް ހުއްޓާން ކައިރިވެފައި ވަނިކޮށް ލަނޑެއް ޖަހާނެ ފުރުޞަތެއް ވޭލްސަށް ވެސް ލިބުނެވެ. ނަމަވެސް އެ ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފޭ ގޮތެއް ނުތްވެވެ. މި ދަނޑިވަޅުގައި ވޭލްސްގެ ކަނާތު ބެކަށް ކުޅޭ ރޮބަރޓްސްއަށް ލިބުނު ޒަޚަމަކާ ގުޅިގެން ކުޅުމާ ވަކިވާން ޖެހުމަކީ ވެސް ވޭލްސަށް ލިބުނު އިތުރު ބުރައަކަށްވިއެވެ. ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް ޑެންމާކުން ތިން ބޯޅާއެއް ފޮނުވައިލިޔަސް ވޭލްސަށް ގޯލާ ދިމާއަށް ފޮނުވައިލެވުނީ ވެސް އެންމެ ބޯޅައެކެވެ. ފުރަތަމަ ހާފު ނިމުނީ 1-0ގެ ނަތީޖާއިން ޑެންމާކު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށީ ޑެންމާކްގެ ކޮއްޓުމަކުންނެވެ. ލަޑެއް ޖެހޭތޯ ވޭލްސުން ހިތްވަރުކުރި ނަމަވެސް ޓީމަށް ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނިކޮށް ދެ ވަނަ ހާފު ފެށިތާ ހަމަ ދެތިން މިނިޓްގެ ތެރޭގައި ކޭސްޕާރ ޑޮލްބާރގް ކާމިޔާބުކޮށްދިން ރީތި ލަނޑާއެކު ޑެންމާރކުން އެ މީހުންގެ ލީޑް ފުޅާކޮށް، ވޭލްސުން އަރާންޖެހޭ ފަރުބަދަ އިތުރަށް އުސްކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން ވޭލްސްގެ ޖޯ މޮރޭލްގެ ބަދަލުގައި ހެރީ ވިލްސަން 59 ވަނަ މިނިޓްގައި ކުޅޭން ނުކުތެވެ.

މެޗްގެ 60 ވަނަ މިނިޓްގައި ޑެންމާރކްގެ ތޯމަސް ޑިލާނީ ބޭލުމަށް ފަހު މެތިއާސް ޖެންސެން، އަދި މިކޭލް ޑަމްސްގާރޑް ބަދަލުކުރުމަށް ފަހު ކްރިސްޓިއަން ނޯރގާރޑް ކުޅެން ނުކުތެވެ. މެޗްގެ ފަހު ހާފު ދެބައިވެގެން އައި އައިހެން ވޭލްސުން ވެސް ލަނޑެއް ޖެހޭތޯ ކުރަމުން އައި މަސައްކަތް އިތުރުކުރިއެވެ. ނަމަވެސް ވޭލްސާ ނަސީބު އެހީވާ ގޮތެއް ނުވިއެވެ. ގޯލާ ހަމައަށް ބޯޅަ ގެންދިޔަ ނަމަވެސް ގޯލަށް އަމާޒުކޮށް ވަރުގަދަ ހަމަލައެއް ދޭނެ ފުރުޞަތެއް އެ ޓީމަކަށް ނުލިބުނެވެ. މި ޙާލަތުގައި ވަނިކޮށް މެޗްގެ 81 ވަނަ މިނީޓްގައި ޑެންމާކަށް ލީޑްފުޅާކުރާނެ ރަނުގެ ފުރުޞަތެއް ލިބުނެވެ. ގޯލު އޭރިއާ ބޭރުނން ލިބު އެ ހިލޭޖެހުން ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ. އަދި މެޗްގެ 82ވަނަ މިނިޓްގައްޔާއި 86ވަނަ މިނިޓްގައި ވަރަށް ރަނގަޅު އިތުރު ފުރުޞަތުތަކެއް ވެސް ޑެންމާކަށް ލިބުނެވެ. ނަމަވެސް ފުރަތަމަ ބޯޅަ ދިޔައީ ގޯލުގެ ކަނާތްފަރާތު ދަނޑީގެ ބޭރުންނެވެ. އަނެއް ބޯޅަ ދަނޑީގައި ޖެހިފައި ދިޔައީ ގޯލުކުރިމަތީން ހުރަސްވެގެން ގޯލުގެ ކަނާތްފާރުން ބޭރަށެވެ. ނަމަވެސް މެޗްގެ 88 ވަނަ މިނިޓްގައި ޑެންމާކުން 3 ވަނަ ލަނޑެއް ކާމިޔާބުކޮށްގެން ޓީމުގެ ކާމިޔާބު ޔަގީންކޮށްދިނެވެ. މި ލަނޑު އެ މީހުންނަށް ކާމިޔާބުކޮށްދިނީ މެތިއާސް ޖެންސެން ދިން ބޯޅައަކުން ޖޯކިމް މައޭހްލޭއެވެ.

މެޗްގެ ފަހު ހާފުގެ އިތުރު ވަގުތުގައި އެންޑްރިއާސް ކޮރނެލިއަސް ދިން ބޯޅައަކުން މާރޓިން ބްރެއިޓްވެއިޓް ޖެހި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމި ނަމަވެސް ޑެންމާކުން އިލްތިމާސްކުރުމުން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ދާނިއަލް ސިއެބާރޓް ނިންމީ އެއީ ލަނޑެއް ކަމަށެވެ. އެހެންކަމުން މެޗް ނިމުނީ 4-0 ން ޑެންމާކް މޮޅުވެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ޖާގަ އެ ޓީމަށް ކަށަވަރުވެ ސަޕޯޓަރުން ހެއްވައިލަމުންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި ޑެންމާކް ބައްދަލުކުރަން ޖެހޭނީ މާދަމާ ރޭ ނެދަލޭންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ވޭލްސް އަކީ 2016 ވަނަ އަހަރުގެ މުބާރާތުގައި ކުއާޓާފައިނަލަށް ދަތުރުކުރި ޓީމެކެވެ. ނަމަވެސް މި ފަހަރުގެ މުބާރާތަކީ އެ ޓީމަށް މާ ކާމިޔާބު މުބާރާތަކަށް ނުތްވެވެ.

މި މެޗްގައި 4 ރީނދޫ ކާޑާއި 1 ރަތްކާޑު ދައްކައިފައިވާއިރު މި ހުރިހާ ކާޑެއް ވެސް ލިބިގަނެފައިވަނީ ޑެންމާކް ޓީމުންނެވެ. ރަތްކާޑު ދައްކައިފައި ވަނީ މެޗްގެ 90 ވަނަ މިނިޓްގައި ވޭލްސްގެ ހެރީ ވިލްސަންއަށެވެ.

ޑެންމާކް އާއި ވޭލްސް ދެ ފަހަރެއްގެ މަތީން 2018ގައި ވަނީ ބައްދަލުކޮށްފައެވެ. ޔުއޭފާ ޗެމްޕިއަންސް ލީގްގެ ގްރޫޕް ބީ4 ގެ ދެވަނަ ބުރުގައި ސެޕްޓެމްބަރ 9 ގައި ބައްދަލުކުރި މެޗް ނިމިފައިވަނީ 2-0ގެ ނަތީޖާއަކުން ޑެންމާކް މޮޅުވެގެންނެވެ. އެ މުބާރާތުގެ 5 ވަނަ ބުރުގައި 2018ގެ ނޮވެންބަރު މަހު މި ދެ ޓީމު ބައްދަލުކުރި މެޗްވެސް ކާމިޔާބުކުރީ 2-1ން ޑެންމާކެވެ.

ޔޫރޯ 2020ގެ ދެ ވަނަ ބުރުގެ މިރޭގެ މެޗް ބައްލަވައިލެއްވުމަށްޓަކައި ޑެންމާކްގެ ބޮޑުވަޒީރު ހާރ އެކްސެލެންސީ މެޓޭ ފްރެޑެރިކްސަން ވެސް ދަނޑަށް ވަޑައިގެން އިންނެވިކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *