Support Us

12 ބުރީގެ އިމާރާތެއް ވެއްޓި އެތައް ބަޔަކު މަރުވެ، ފްލޮރިޑާ ކުއްލި ޙާލަތުގައި

އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ މަޔާމީ ސިޓީގައި 12 ބުރީގެ ކޮންޑޯ އިމާރާތެއް ވެއްޓި އެތައް ބަޔަކު މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ސިޓީގައި ކުއްލި ޙާލަތު އިޢުލާނުކޮށްފިއެވެ.

ފްޕޮރިޑާގެ ގަވަރުނަރު ރޮންޑީސެންޓިސް، ކުއްލި ޙާލަތުގެ މި އިދާރީ އަމުރު ނެރުއްވީ އެ ސްޓޭޓްގެ މިއާމީ ސިޓީގެ ރާޅާއަޅާ ސަރަހައްދުގައި ހުރި 12 ބުރީގެ "ޗެމްޕްލެއިން ޓަވަރސް"ގެ ބައެއް ވެއްޓި އެތައް ބަޔަކު މަރުވެ އަނެއްބަޔަކު ޒަޚަމްވެ ޙާލުގައި ޖެހިފައިވާތީ އެ މީހުންނަށް ބޭނުންވާ އެހީތައް ފުރިހަމައަށް ފޯރުކޮށްދޭން ކަމާ ބެހޭ ފަރާތްތައް އެ ހިސާބަށް ވާޞިލުވެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން ފަސޭހަކުރުމަށް ޓަކައެވެ.

ގަވަރުނަރު މި އިޢުލާން ކުރެއްވި އިދާރީ އަމުރަށް އެމެރިކާގެ ކަމާބެހޭ ހުރިހާ ފަރާތްތަކަކުން މިހާރު ވަނީ ރުހުންދީފައެވެ. "މުޞީބާތަށް ލުއިދިނުން އަވަސްކޮށް ފަސޭހަކޮށްދިނުމަށް ޓަކައި" އެމެރިކާގެ ރައީސް ޖޯބައިޑްން ވެސް މި އިޢުލާމަށް ވަނީ ރުހުންދެއްވައިފައެވެ. ރައީސްގެ ރުހުން ދެއްވުމުގެ ތެރޭގައި "ފެމާ" އާއި ޑިޕާރޓްމަންޓް އޮފް ހޯމްލޭންޑް ސެކިޔުރިޓީގެ ރުހުން ވެސް ހިމެނިފައި ވާނެއެވެ. ވައިޓްހައުސުން ނެރުނު ނޫސް ބަޔާނެއްގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ކޮންޑޯ ވެއްޓިގެން ހިނގި ހާދިސާގައި މަދުވެގެން އެކަކު މަރުވެފައިވާއިރު، 37 މީހަކު ވަނީ ޒަޚަމްތަކަކާއެކު މިހާރު ހޯދިފައެވެ. އެ މީހުން ނެރެވިފައިވަނީ ތިރާވެ ފުނޑުފުނޑުވެފައިވާ ގުންގުރެޓުގަނޑުގެ ދަށުންނެވެ. އެ ތަނުން 99 މީހުން އަދި ސަލާމަތް ނުކުރެވޭތީ އެ ޢަދަދު އަދި ވަނީ ހިމަނާނެ ބައެއް ނޭނގިފައެވެ.

ވެއްޓުނު އިމާރާތް، ކުރި (ވ) އާއި މިހާރު

ބިނާކުރިތާ ހަތަރު ދަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އެތައް ޓަވަރެއް ހުރި ތަނަނުން ހަމަ އެކަނި މި ކޮންޑޯ ވެއްޓޭން ދިމާވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މުޙައްލިލުން ލަފާކުރާ ގޮތުގައި އެކަމުގެ ސަބަބަކީ އިމާރާތްކުރުމުގެ މިންގަނޑުތަކާ ޚިލާފަށް އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވުން ކަމަށް ވެދާނެއެވެ. މި މައްސަލަ އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ގެންދަނީ ބަލަމުންނެވެ. (ސީއެންއެން)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ފަދަ ބަހަށް ޙިދުމަތް ކުރައްވާ ބޭފުޅުންގެ ފަރާތުން ފެންނަންވާނެ ލިޔުންތެރިކަމެއް ނޫން ކަންނޭގެ މިއީ.
    "މި ކޮންޑޯ ވެއްޓިގެން ހިނގި ހާދިސާގައި މަދުވެގެން އެކަކު މަރުވެފައިވާއިރު، 37 މީހަކު ވަނީ ޒަޚަމްތަކަކާއެކު މިހާރު ހޯދިފައެވެ. އެ މީހުން ނެރެވިފައިވަނީ ތިރާވެ ފުނޑުފުނޑުވެފައިވާ ގުންގުރެޓުގަނޑުގެ ދަށުންނެވެ. އެ ތަނުން 99 މީހުން އަދި ސަލާމަތް ނުކުރެވޭތީ އެ ޢަދަދު އަދި ވަނީ ހިމަނާނެ ބައެއް ނޭނގިފައެވެ"

    "ާބިނާކުރިތާ ހަތަރު ދަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އެތައް ޓަވަރެއް ހުރި ތަނަނުން ހަމަ އެކަނި މި ކޮންޑޯ ވެއްޓޭން ދިމާވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *