Support Us

ޔޫރޯ2020: އިންގްލޭންޑް، ކްރޮއޭޝިއާ، ޗެކްރިޕަބްލިކް ވެސް ދެވަނަބުރަށް

ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް"ޑީ"އިން އިންގްލޭންޑާއި ކްރޮއޭޝިއާއާއި ޗެކް ރިޕަބްލިކަށް ވެސް ދެވަނަބުރުން ޖާގަ ލިބިއްޖެއެވެ. މިކަން ކަށަވަރުވީ ރޭ (މާލޭ ގަޑީން) 12:00 ގައި ކުޅުނު މެޗްތަކަށް ފަހުގައެވެ.

ރޭގެ ނަތީޖާތަކަށް ބަލާއިރު އިންގްލަންޑް ދެވަނަބުރަށް ދިޔައީ ރޭ ލަންޑަންގެ ވެމްބްލީ އިސްޓޭޑިއަމުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެ 0-1 ގެ ނަތީޖާއަކުން ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަތް ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މި ގްރޫޕުގައި އިންގްލޭންޑް ކުޅުނު ފަހު މެޗުގައި އެ ޓީމު ވަނީ 1-0 އިން ޗެކް ރިޕަބްލިކް ބަލިކޮށްފައެވެ. އަދި މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ސްކޮޓްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކުރި ކްރޮއޭޝިއާ އެވެ.

ރޭގެ މެޗަށް ނުކުތް އިރު ވެސް އިންގްލޭންޑާއި ޗެކް ރިޕަބްލިކަށް ވަނީ ދެވަނަބުރުން ޖާގަ ކަށަވަރުވެފައެވެ. އިންގްލޭންޑަށް ރޭގެ މެޗުގައި ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިއަކީ ރަހީމް ސްޓާލިން އެވެ. ޖެކް ގްރީރިޝް މަތިމަތީން އޭރިއާ ތެރެއަށް ފޮނުވައިލި ބޯޅައެއް ބޮލުން ފޮނުވާލައިގެން މެޗުގެ 12 ވަނަ މިނެޓުގައެވެ.

މެޗުގެ ފުރަތަމަ 45 މިނިޓްގައި އިންގްލޭންޑުން ވަރަށް ރަނގަޅަށް ކުޅެފައިވެއެވެ. ޚާއްޞަކޮށް ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިއެއް ކަމަށްވާ ހަރީ ކޭންގެ އާދަޔާ ޚިލާފު މޮޅު ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ނަމަވެސް އިތުރު ލަނޑެއް ޖަހާނެ ފުރުޞަތެއް ޗެކް ރިޕަބްލިކުން ނުދީ 90 މިނިޓް ހަމަކޮށްލިއެވެ. މެޗްގައި ލަނޑު ޖަހާނެ ފުރުޞަތު ޗެކް ލިޕަބްލިކަށް ވެސް ލިބި ވަނީ ބޭނުންކުރެވޭ ގޮތް ނުވެފައެވެ.

ރޭ ގްލެސްގޯވގެ ހަމްޕޑެން ޕާކްގައި ކުޅުނު މި ގްރޫޕްގެ ފަހު މެޗްގައި ކްރޮއޭޝިއާއިން ލަނޑެއް ޖަހައި ފުރަތަމަ ލީޑު ނެގީ ވެސް ކްރޮއޭޝިއާއިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކުރީ ވްލަސިޗް އެވެ. ނަމަވެސް ފުރަތަމަ 45 މިނިޓް ނިމުމުގެ ކުރީން ސްކޮޓްލޭންޑްގެ މެކް ގްރެގާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ފަރާތުން އާދަޔާ ޚިލާފު ކުޅުމެއް ފެނުނެވެ. ޚާއްސަކޮށް ކައްޕި ލުކަ މޮޑްރިޗު ފާހަގަކޮށްލެވުނެވެ. ނަތީޖާއަކަށްވީ މެޗްގެ 62 ވަނަ މިނިޓްގައި ގޯލު އޭރިއާގެ ބޭރުގައި ހުރެފައި އޭނާ ފޮނުވައިލި ބޯޅަ ގޯލުގެ މަތީކަނަށް އަމާޒުކޮށްގެން އަލުން ލީޑުނެޖުމެވެ. މެޗްގެ 77 ވަނަ މިނިޓްގައި ޕެރިސިވިޗް ޖަހައިދިން ލަނޑުން ކްރޮއޭޝިއާގެ ލީޑް އިތުރަށް ފުޅާކުރިއެވެ.

މި ގްރޫޕުން އެއްވަނަ މަޤާމު ހޯދައިގެން އިންގްލޭންޑް ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި ހިމެނުނު ކްރޮއޭޝިއާ އާއި ތިންވަނައިގައި ހިމެނުނު ޗެކް ރިޕަބްލިކަށް ވެސް (ކޮންމެ ޓީކަމަށް) ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކްރޮއޭޝިއާ އަށް ދެވަނަ ލިބުނީއެވެ. ޗެކް ރިޕަބްލިކް ދެވަނަބުރަށް ދިޔައީ ތިންވަނައަށް އައި ޓީމުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެންނެވެ. މި ނަތީޖާއާއެކު ސްކޮޓްލޭންޑް ވަނީ މުބާރާތަށް އަލްވިދާޢުކިޔާންޖެހިފައެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އިންގްލޭންޑް ބައްދަލުކުރާނީ ގްރޫޕް އެފްގެ ދެވަނައަށް ދާ ޓީމަކާއެވެ. މި ގްރޫޕުގެ ފަހު މެޗުތައް ބުދަދުވަހުގެ ރޭ ކުޅޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *