Support Us

ޔޫރޯ2020: ޕޮލަންޑާއި ސްޕޭންގެ ފޯރިގަދަ މެޗް އެއްވަރު

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް"އީ"ގައި ރޭ (މާލޭ ގަޑީން) 12:00ގައި ސްޕޭނާއި ޕޮލޭންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުގެ ސަބަބުން ދެ ޓީމުވެސް ގްރޫޕްގެ އެންމެ ފަހަތަށް ވެއްޓިއްޖެއެވެ.

މި ނަތީޖާއާއެކު ކޮލިފިކޭޝަންގައި ދެ ޓީމަށް ވެސް އަމިއްލަ ބާރު އަދި ވެސް އެބަ އޮތެވެ. އެންމެ ގަދަ ގްރޫޕް ކަމުގައިވާ ގްރޫޕް "އީ"ގައި މީގެ ކުރީން ސްޕޭން ކުޅުނު މެޗުން ވެސް އެއްވަރުވުމާއެކު އެ ޓީމު އޮތީ ދެ ޕޮއިންޓައެކު ގްރޫޕްގެ ތިންވަނައިގައެވެ. ޕޮލަންޑަށް ޕޮއިންޓެއް ލިބިފައިވަނީ ހަމަ އެކަނި މި މެޗުން އެއްވަރުވެގެން ކަމަށް ވާތީ އެ ޓީމު އޮތީ ހަތަރުވަނައިގައެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ސްވިޑުންއެވެ. އެއީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިގެންނެވެ. ސްލޮވޭކިއާ އޮތީ ދެވަނައިގައެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ނުރައްކާކުރީ ޕޮލޭންޑެވެ. ޕޮލޭންޑްގެ ތަރި ރޮބަޓް ލެވަންޑޮސްކީގެ ކުޅުން ފާހަގަކޮށްލެވުނެވެ. އެހެންނަމަވެސް ސްޕޭން ވެސް ފެނުނީ ވަރަށް ވަރުގަދަ ކުޅުމެއް ކުޅުނު ތަނެވެ. ނަތީޖާއަކަށްވީ މެޗްގެ 26 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ލަނޑެއް ކާމިޔާބުކުރުމެވެ. އެއީ ޖެރާޑް މޮރޭނޯ ތަނަވަންކޮށްދިން ބޯޅައެއް ގޯލު އޭރިއާ ތެރެއަށް ވަދެ، ގޯލަށް ފޮނައިލައިގެންނެވެ. މިއި އޯފްސައިޑް ލަނޑެއް ކަމަށް ޕޮލެންޑުން ޝަކުވާކުރުމުން ރެފްރީ ވީއޭއާރު ބެލުމަށް ފަހު ވެސް ނިންމީ އެއީ އޮފްސައިޑް ލަނޑެއް ނޫންކަމަށެވެ.

ފުރަތަމަ ހާފު ނިމެމުން ދަނިކޮށް ނަތީޖާ ހަމަހަމަކުރާނެ ރަނުގެ ފުރުސަތެއް ޕޮލޭންޑަށް ލިބުނެވެ. ނަމަވެސް ޕޮލޭންޑުގެ ސްވިޑާސްކީ ފޮނުވައިލި އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި އެނބުރި ކުޅުމުގެ ތެރެއަށް އެ ބޯޅަ އައި ނަމަވެސް ދެވަނަ ފަހަރަށް ލެވަންޑޮސްކީ ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު ވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ސްޕެއިން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޕޮލޭންޑް ކަމަށް ވިޔަސް ސްވިޑްން ވެސް ފެނުނީ ވަރަށް ގަދަކޮށެވެ. މި ހާފުގެ ކުރީކޮޅުގައި ޕޮލެންޑުން ރަނގަޅު ފުރުސަތުތަކެއް އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޕޮލޭންޑުން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ކާމިޔާބު ކުރީ ކެޕްޓަން ލެވަންޑޮސްކީ ފޮނުވައިލި ބޯޅައަކުންނެވެ. އެއީ އޭރިއާ ތެރެއަށް ޖޮޒެވިއަކް ނަގައިދިން ހުރަހަކުން ފަހިވި ފުރުޞަތެކެވެ.

ސްޕެއިންއަށް ލިބުނު ޕެނެލްޓީ ޖެހީ މޮރާޓާ ( ޖަރޒީ ނަންބަރު 7) އެއް ނޫން. ޕެނެލްޓީ ޖެހީ ޖެރާޑް މޮރޭނާ (ޖަރޒީ ނަންބަރު 9).

މި ލަނޑު ޖެހިތާ ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ސްޕޭނަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ޕޮލެންޑްގެ މޮޑާ ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ޖެރާޑް މޮރޭނާ ފޮނުވައިލި މި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފަހުކޮޅުގައި ސްޕޭންގެ ކުޅުން އާދަޔާ ޚިލާފަށް ގަދަކުރިއެވެ. ޕޮލެންޑްގެ ގޯލަށް ފުލުފުލުގައި ޙަމަލާތައް ފޮނުވަމުން ގެންދިޔައެވެ. ނަމަވެސް އެއިން އެންމެ ފަހަރަކު ވެސް އެ ބޯޅަ ލަނޑަކަށް ބަދަލުކޮށްލާކަށް އެ މީހުންނާ ނަސީބު އެހީއެއް ނުވިއެވެ.

މި ގްރޫޕުގައި ސުޕޭން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-1 ގެ ނަތީޖާއަކުން ސުވިޑުނާ އެއްވަރުވެފައެވެ. ޕޮލޭންޑް ވަނީ ފުރަތަމަ މެޗުގައި ސްލޮވޭކިޔާ އަތުން 1-0 އިން ބަލިވެފައެވެ. މި ނަތީޖާ ދައްކާ ގޮތުން ކޮލިފިކޭޝަންގައި އަދިވެސް މިއިން އެއްވެސް ޓީމަކަށް ފުރުޞަތެއް ނުގެއްލެއެވެ. އެ މީހުންގެ އަމިއްލަ ބާރުގައި ކޮލިފައިވުމުގެ ފުރުޞަތު އަދިވެސް އެބަ އޮތެވެ.

މި ދެ ޓީމު ވަނީ މިހާތަނަށް 10 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މީގެ ތެރެއިން ނުވަ ފަހަރެއްގައި ސްޕެއިން ވަނީ މޮޅުވެފައެވެ. އަނެއް މެޗު ވީ އެއްވަރެވެ. ޕޮލޭންޑަށް އަދި މިހާތަނަށް ސްޕޭން އަތުން އެއްވެސް ފަހަރަކު މޮޅުވެވިފައެއް ނެތެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2010 ގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. 6-0ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކުރީ ސްޕޭނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *