Support Us

ޔޫރޯ2020: ތުރުކީވިލާތް ބަލިކޮށް ވޭލްސް ގަދަ ސޯޅައަށް

ޝައުޤުވެރި މޮޅު ގަދަ ކުޅުމެއް ދައްކައި 2-0 ން ތުރުކީ ވިލާތް ބަލިކޮށް ޔޫރޯ2020ގެ ގަދަ ސޯޅައިން ވޭލްސް ޖާގަ ހޯދައިފިއެވެ.

މި ގްރޫޕުގައި ސްވިޒަލޭންޑާ ވާދަކޮށް ކުރީން ވޭލްސުން ކުޅުނު މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ހަތަރު ޕޮއިންޓާއެކު މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ވޭލްސެވެ. އަދި ކުޅު އެއްވެސް މެޗަކުން ތުރުކީ ވިލާތަށް ފޮއިންޓެއް ނުލިބޭތީ އޮތީ ތާވަލުގެ ފުލުގައެވެ. އެހެންކަމުން މުބާރާތުގެ ދެވަނަ ބުރަށް އަމިއްލައަށް ދިޔުމުގެ ބާރު ވަނީ ގެއްލިފައެވެ.

މި މެޗްގެ ފުރަތަމަ ލަނޑު ވޭލްސުން ކާމިޔާބުކުރީ މެޗްގެ ފުރަތަމަ 45 މިނިޓް ނިމެން ކައިރިވެފައި ވަނިކޮށެވެ. މިއީ އެ ޓީމުގެ ބޭލްގެ އެހީގައި ފަހިކުރި ފުރުޞަތަކުން ރަމްސޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ވޭލްސަށް ކާމިޔާބުވި ދެވަނަ ލަނޑަކީ މެޗްގެ އެންމެ ފަހު މިނިޓްގައި ރޮބަޓްސް ފޮނުވައިލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.
ވޭލްސަށް އިތުރު ލަނޑެއް ޖަހާނެ ފުރުޞަތެއް ވެސް ލިބި، ވަނީ އެ ފުރުޞަތު ގެއްލިފައެވެ. އެއީ ގޯލު ކައިރީން ތުރުކީގެ ޗެލިކް ކުރި ފައުލަކުން ލިބުނު ޕެނެލްޓީއަކުން ލިބުނު ފުރުޞަތެކެވެ. ނަމަވެސް ބޭލް ފޮނުވައިލި ބޯޅަ ދިޔައީ ގޯލަށް އަމާޒު ނުވެ މާ މަތީންނެވެ.
މި މެޗު ނިމެން ކައިރިވެފައި ވަނިކޮށް ހިނގި ހަމަނުޖެހުމެއްގައި ތިން ކުޅުންތެރިއަކަށް ރީނދޫ ކާޑު ވެސް ދެއްކިއެވެ. ކާޑު ދެއްކީ ވޭލްސްގެ ބެން ޑެވީސާއި މެޕަނާއި ތުރުކީ ޓީމުގެ ކައްޕި ޔިލްމާޒަށެވެ.

ދެން މި ގްރޫޕްގައި ތުރުކީ ކުޅޭން ހަމަޖެހިފައިވާ އެންމެ ފަހު މެޗްގައި އެ ޓީމު ބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ. ވޭލްސް ކުޅޭ ފަހު މެޗުގައި އެ ޓީމު ވާދަކުރާން ހަމަޖެހިފައިވަނީ އިޓަލީއާއެވެ. މި ރޭގެ ފަހު މެޗްގައި ވާދަކުރަނީ އިޓަލީވިލާތާއި ސުވިޒަލޭންޑެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *