Support Us

އެރިކްސަން ހޭއަރައިފި

މިރޭ ޑެންމާކްގެ ކޯޕަން ހޭގަންގައި ކުޅެމުން ދިޔަ ޔޫރޯ 2020 މުބާރާތުގައި ޑެމްނާކާއި ފިންލެންޑް ބައްދަލު ކުރި މެޗްގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުނު ފުޓްބޯޅަތަރި ކްރިސްޓިއަން އެރިކްސަން މިހާރު ހޭ އަރައިފިއެވެ.

ޑެންމާކު ފުޓްބޯޅަ ފަދުރާލުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ "އެރިކްސަން މިހާރު ހޭއަރައިފި" ކަމަށާއި އިތުރު ޓެސްޓްތައް މިހާރު ހަދަމުން އެބަ ދާ ކަމަށެވެ. އެހެންނަމަވެސް އެ ރިކްސަނަށް ހަގީގަތުގައި ދިމާވި މައްސަލައެއް އެ ފެދުރާލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އެރިކްސަންގެ ޙާލު މިހާރު ވަނީ ހަމައަކަށް އެޅިފައެވެ. އަދި އޭނާގެ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ވަނީ ޚަބަރު ލިބިފައެވެ. ނަމަވެސް އެނާއަށް ދިމާވި މައްސަލައިގެ ތަފުޞީލު ލިބޭނީ އޭނާ ގެންދެވުނު، އެ ޤައުމުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ "ރިގްސްހޮސްޕިޓަލެޓް"ގައި ހަދަމުންދާ ޓެސްޓުތަކުގެ ނަތީޖާއަށް ފަހުގައެވެ. އެއީ ހިތުގެ ހަމަލާއެއްކަން ނުވަތަ އެ ނޫން ސަބަބަކާ ހުރެ ދިމާވި ކަމެއްކަން ވެސް އޭރުން ސާފުވާނެއެވެ.


ފެބްރުއަރީ، 14، 1992 ގައި ދުނިޔެއަށް އުފަންވި އުމުރުން 29 އަހަރުގެ އެރިކްސަންއަކީ އިންޓަރމިލާން އާއި ގައުމީ ޓީމުގެ މެދުތެރެއަށާއި ކުރިއަށް ކުޅޭ މަޝްހޫރު ފުޓްބޯޅަ ތަރިއެކެވެ. މި ދިޔަ ހަފުތާގައި ޖަރުމަނާއެކު ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗުގައި ވެސް އޭނާވަނީ ކުޅެފައެވެ. ކްރިސްޓިއަން އެރިކްސަނަކީ ޑެންމާކުގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ތަރިއެވެ.

މެޗުގެ ނުނިމި އޮތްބައި މިރޭ ކުރިއަށް ގެންދާ ގޮތަށް ޔުއެފާއިން ދާދި ދެންމެއަކު ވަނީ ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *