Support Us

ވެކްސިން ޖެހުމުން ފެންނަ ހަވާސަރުތަކަކީ މައްސަލައެއް ނޫން: ސީއެންބީސީ

ކޮވިޑް19 އަށް ބޭނުންކުރާ "ފައިޒަރއެންޓެކް" ވެކްސިނާއި "މޮޑަރނާ" ވެކްސިން ޖެހުމުން ފެންނަ ހުންއައުމާއި ދުޅަވުމާއި ބޮލުގައި ރިއްސުމާއި މިފަދަ "ހަވާސަރު" (ސައިޑްއިފެކްޓްސް)، ތަދުކަނޑުވާ ޢާންމު ބޭހަކުން ރަނގަޅުކުރެވޭނެ ކަމަށް "ކޮންޒިއުމާރ ނިއުސް އޭންޑް ބިޒްނަސް ޗަނެލް" (CNBC) ގެ ޞިއްޙީ ރިޕޯޓަކާ ޙަވާލާދީ ޒިންހުއާ ނިއުސް އޭޖެންސީން ހާމަކޮށްފިއެވެ.

އެމެރިކާގެ ބަލި ކޮންޓްރޯލްކުރުމާއި ބަލިތަކުން ރައްކާތެރިކޮށްދިނުމާ ބެހޭ މަރުކަޒު (CDC)ގެ އިރުޝާދަކާ ޙަވާލާދީ ސީއެންބީސީގެ ރިޕޯޓްގައި ހާމަކޮށްފައިވަނީ ތަދުކަނޑުވާ ބޭހަކުން ވެކްސިންގެ ހަވާސަރު ކުޑަކުރެވޭނެ ކަމަށެވެ. ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުން ވެކްސިންގެ ސަބަބުން މެދުވެރިވާ، ކުރީން ދެންނެވި ފަދަ ހުންއައުމާއި ގަޔަށް ތަދުވުމާއި ދުޅަވުމާއި ބޯއެނބުރުންފަދަ ހަވާސަރުތަކަކީ ޢާންމު ކަމެއް ކަމަށެވެ. މި ފަދަ ހަވާސަރުތަކަކީ "ކޮންޓްރޯލްޑް އިންފްލަމޭޝަން"ނަމަކަށް ކިޔާ ނިޒާމެއްގެ ތެރެއިން ވައިރެހާ ދެކޮޅަށް ދިފާޢީ ނިޒާމު ތައްޔާރުވާން ފެށުމުން މެދުވެރިކާ ކަމެއްކަމަށެވެ. އެއީ އެއްވެސް ސީރިއަސްކަމެއް ނޫންކަމަށެވެ.

އެހެންނަމަވެސް ބައެއް ވޭދަނަތަކުގައި މި ފަދަ ހަވާސަރުތައް ސީރިއަސް ވެސް ވާ ކަމަށާއި މި ފަދަ ގޮތެއް ދިމާވެއްޖެނަމަ، ނުވަތަ މި ހަވާސަރު ކުޑަކުރާން ޑޮކުޓަރީ ބޭހެއް ބޭނުންކުރާ ނަމަ، ޑޮކުޓަރެއްގެ އިރުޝާދު ހޯދާން ޖެހޭނެކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ފަދަ ހަވާސަރުތަކުން ރައްކާތެރިވުމަށް ޓަކައި ވެކްސިން ޖެހުމުގެ ކުރީން އެއްވެސް ބޭހެއް ބޭނުން ނުކުރުމަށް ވެސް އެމެރިކާގެ ސީޑީސީ އިން ލަފާދޭކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ. އެއީ ވެކްސިން ޖެހުމުގެ ކުރީން އެއްވެސް ބޭހެއް ބޭނުންކޮށްފި ނަމަ، ވެކްސިނުން ކުރާންވާ ހެޔޮ އަސަރު ނުކޮށްފާނެތީއެވެ. އެހެންކަމުން އިންޖެކްޝަންގެ ސަބަބުން ކުރާ ހަވާސަރު ކުޑަކުރުމަށް ޓަކައި ކުރެވިދާނެ އިތުރު ކަންކަމުގެ ލާފާ ދީފައި ވެސް ވެއެވެ. އޭގެ ތެރޭގައި ތެތް ފޮތިގަނޑަކުން ތަދުވާ ތާނގައި ބޮނޑިތާންކޮށްލުމާއި ހުން އަންނަ ނަމަ، ގިނަގިނައިން ދިޔާތަކެތި ބުއިމާއި، ތުނި ފޮތީގެ ހެދުންލުމާއި މިފަދަ ކަންކަން ހިމެނެއެވެ.

ބައެއް މީހުންނަށް ވެކްސިންގެ ހަވާސަރު ފެންނަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހީމާ ކަމަށް ވެސް ވެދާނެއެވެ. އެހެނީ ފުރަތަމަ ޑޯޒުގައި ދެވެނީ ވެކްސިންގެ އެއްބައިކަމަށް ވެފައި ވެކްސިން ފުރިހަމަވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ފުރިހަމައަށް ޙަރަކާތްތެރިވާން ފަށާނީ ދެވަނަ ޑޯޒު ފުރިހަމަ ކުރީމާ ކަމަށް ވާތީއެވެ.

މުޅި ވާހަކައިގެ ޚުލާޞާއަކީ ކޮވިޑުން ސަލާމަތްވުމަށް ޓަކައި އިތުބާރު ހުރި ވެކްސިނެއްގެ ދެ ޑޯޒު ޖެހުމަކީ މުހިންމު ކަމެއް ކަމެވެ. އަދި ވެކްސިންޖެހުމުން ކުރިމަތިވާ ހަވާސަރުތަކަކީ އާންމުކަމެއްކަމާއި އެއީ ސީރިއަސް ކަމެއް ނޫންކަމެވެ. މި ހަވާސަރުތައް ކުޑަކުރުމަށް ޓަކައި، ނުވަތަ ހަވާސަރު ބޮޑުވެއްޖެ ނަމަ، ޑޮކްޓަރެއްގެ އެހީގައި ތަދުކަނޑުވާ ބޭހެއް ބޭނުންކޮށްގެން އެ ހަވާސަރުތަކުން އަރައިގަނެވޭނެކަމެވެ. އަދި ފިނި ތެތް ފޮތީންނާއި ދިޔާތަކެތި ބުއިމުންނާއި ތުނި ހެދުން ލުން ފަދަ ކަންކަމުން ވެސް މިކަމަށް ލުޔެއް ލިބޭނޭ ކަމެވެ.

(މަޢުލޫމާތު ހޯދީ: ދަ ސްޓާރ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *